Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

އިންތިޚާބުން ބަލިވުމުން ރައީސް ޔާމީންގެ އުދާސްތައް ބަންޑުންކޮށްލައިފި!

29 ސެޕްޓެމްބަރު 2018 | ހޮނިހިރު 00:52

ކޮންގްރެސް ނިންމި ޖަލްސާގައި ގިނަ ވާހަކަތަކެއް ދެއްކެވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 29 ސެޕްޓެމްބަރު 2018 | ހޮނިހިރު 00:52
ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

ރިޔާސީ އިންތިޚާބުން ބަލިވުމުން ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅުގައި އުފެދިފައިވާ އުދާސްތައް އެމަނިކުފާނު ބަންޑުންކޮށްލައްވައިފިއެވެ.

ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އިންތިޚާބުން ބަލިވުމުން އެމަނިކުފާނުގެ ހިތުގައި އުފެދިފައިވާ ސުވާލުތަކާއި އުދާސްތައް ޕާޓީގެ އާންމު މެންބަރުންނާއި ހިއްސާކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުން ބަލިވި ސަބަބު އަދިވެސް ގަބޫލު ކުރަން ދަތިފުޅު ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުން ބަލިވާންޖެހުނު ސަބަބަކީ ހައެއްކަ އިސް ފަރާތެއް ކުށްވެރިވެގެން ޖަލުގައި ތިބެންޖެހުމުންތޯ ވަނީ ސުވާލުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ ސަބަބުން އެމަނިކުފާނު ރައްޔިތުން ކުށްވެރިއެއް ނުކުރައްވާ ކަމަށެވެ. އަދި ގައުމަށް ގެނެސްދިން ތަރައްޤީއަށް ފަސްޖެހި އެހެން ބަޔަކަށް ވޯޓް ދިނީ ކޮން ޖާދުލެއްގައި ޖެހިކަން ގަބޫލު ކުރަން ދަތި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑަށް ނުކުރެވުނީ ކޮންކަމެއްތޯ، މީގެ ކުރިން ނުކުޅެދުންތެރި ކުދިންނާއި ކަނބަލުންނާއި ދޮށީ އުމުރުގެ މީހުން ތިބިކަން ހަނދާން ހުރިތޯ؟ މުޅި ގައުމު ހުޅުދާން ކުރި ހަނދާން އެބަހުރިތޯ، މިހާރު މިއާރާސްތު ކުރި ހުރިހާ ހަރުމުދާ ދެން ވިއްކާލާނީތޯ" ރައީސް ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ބެލީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ގެނެސް ދެއްވުމަށް ކަމަށާއި ނަމަވެސް ރައްޔިތުން ވޯޓް ދެއްވިއިރު އެކަންކަމަށް ބައްލަވާފައި ނުވާ ކަމަށެވެ.

"ތަރައްގީ މަޝަރ ކޮށްފައި ރައީސް ޔާމީނަށް ވޯޓް ދެއްވުމުގެ ވިސްނުމެއް އެ ބޭފުޅުންގެ ނެތޭ. މުޅިން އެހެން ވިސްނުމެއްގައި ނޫންތޯ ވޯޓު އެދިޔައީ،" ގުޅިފައިވާ ޕާޓީތަކިގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި 58 ޕަސެންޓް ވޯޓް ބަލިވެފައިވާއިރު، އެކަމަށް އިޝާރަތްކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

"ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ދިނީމަ ރާއްޖޭގެ ރައްޔިތުން ހަމަޖެހިގެން އުޅޭނޭ، ޒުވާނުންނަށް ލައްކައެއްހާ ގިނަ ވަޒީފާ އުފައްދައި ދިނީމާ ޒުވާނުންނަށް ވަޒީފާ ލިބިގެން އާމްދަނީ ހޯދައިގެން އެ ބައިމީހުން ހިތްހަމަޖެހިގެން އުޅޭނޭ. އެހެނެއް ނުވި ދެއްތޯ؟ ދޮށީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުދިގެން ދިޔައީމާ އަޅުގަނޑު ހީކުރިން ދޮށީ ރައްޔިތުން ތިއްބަވާނީ ހަމަޖެހިގެންނޭ. އެހެނެއް ނުވި ދެއްތޯ؟ ގައުމުގެ ކޮންމެ މީހެއްގެ ޖީބަށް ވަންނަ ފައިސާ ދެގުނަ ވެގެން ދިޔައީމާ އަޅުގަނޑު ހީކުރީ ދިވެހި ރައްޔިތުން ތިއްބަވާނީ ހިތްޕުޅު ހަމަޖެހިގެންނޭ. އެހެނެއް ނުވި ދެއްތޯ؟ ރަށްރަށުގެ ކުނިގޮނޑުތައް ނައްތާލީމާ ރަށްރަށުގެ ރައްޔިތުން ތިއްބަވާނީ އެކަމާ އުފަލުންނޭ. ރައީސް ޔާމީން މިވަރުގެ ޚިދުމަތއް ކޮށް ދިނީމަ. އެހެންތޯ ވީ؟ މާލޭގެ ކުނިގޮނޑު ނަގައި ސާފުކުރީމަ އަޅުގަނޑު ހީކުރީ ރައްޔިތުން ގަބޫލުކުރައްވާނެއޭ ރައީސް ޔާމީން ހިދުމަތެއް ކޮށްފިއޭ. ހުޅުމާލޭގެ ރައްޔިތުންގެ ދަތުރުފަތުރު ފަސޭހަވީމަ، ދަތުރުފަތުރު އަމާން ވެގެން ދިޔައީމަ އަޅުގަނޑު ހީކުރީ އެ ބޭފުޅުން ގަބޫލުކުރައްވާނެ އޭ ރައީސް ޔާމީން ކަންތައްތަކެއް ކޮށްދީފި ކަމަށް. އެހެނެއް ނުވި ދެއްތޯ؟"

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީ ބައިބައިވެގެން ދިޔުން ކަމަށެވެ. ޕާޓީގެ ހިންގާ ސިޔާސީ ހަރަކާތްތައް ވެސް ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔަ ކަމަށާއި ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި ސިޔާސީ ހަރަކާތް ކުރިއަކަށް ނުގެންދެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ތިން އަހަރުން މި ތާރީޚަކީ އެންމެ ހިތް ދަތި ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެދުވަހު ހުންނަވަން ޖެހުނީ ހޮސްޕިޓަލުގައި ކަމަށާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ މައިބަދައިން ބިންދައިގެންދިޔައީ ކިތައް ބަދަކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މީގެ ތިން އަހަރު ކުރިން ސެޕްޓެމްބަރ 28 ވަނަ ދުވަހު އަޅުގަނޑު ހުރީ ހޮސްޕިޓަލްގައި. މިއީ އެންމެ ކައިރީގައި މަސައްކަތް ކުރި މީހުންގެ ސަބަބުން ދިމާވި ކަންތައްތައް. ނަމަވެސް އެއުނދަގުލުން ސަލާމަތް ވެގެން އަޅުގަނޑުމެން މިއައީ." ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ބަދަލުވަމުންދާ ހާލަތެއްގައި އެންމެންގެ ޚިޔާލުތައް މަސްހުނިވާނެ ކަމަށާއި މިވަގުތު މި ހުރެވެނީ ވަރަށް އުނދަގޫ އިހުސާސްތަކެއްގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ތަންކޮޅެއް އުނދަގޫ ދުވަސްކޮޅެއް ކުރިމަތިވެފައި ވީނަމަވެސް މިއީ މާޔޫސް ވާން ޖެހޭ ވަގުތު ނޫންކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް