Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ސުޕްރީމް ކޯޓު

ކެވަނައު އަށް ފަނޑިޔާރުކަން ދިނުމަށް ވޯޓަށް އެހުމަށް ރިޕަބްލިކަނުން ބާރުއަޅަނީ

28 ސެޕްޓެމްބަރު 2018 | ހުކުރު 06:34

މައްސަލައަކީ 36 އަހަރު ކުރިން ހިނގާފައިވާ ކަމަށް ބުނެވޭ ކަމެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 28 ސެޕްޓެމްބަރު 2018 | ހުކުރު 06:34
ބްރެޓް ކެވަނޯ އަދި ކްރިސްޓީން ބްލޭސީ ފޯޑްސް ވެސް ވަނީ ސެނޭޓްގައި ހެކިބަސް ދެއްވާފައި

ބްރެޓް ކެވަނޯ އަދި ކްރިސްޓީން ބްލޭސީ ފޯޑްސް ވެސް ވަނީ ސެނޭޓްގައި ހެކިބަސް ދެއްވާފައި

އެމެރިކާގެ ސުޕްރީމް ކޯޓަށް ޢައްްޔަންކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެންގެވި ފަނޑިޔާރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރި އަންހެން މީހާ ސެނޭޓްގައި ހެކިބަސްދީ އަދި ބްރެޓް ކެވަނައު އޭނާގެ ދިފާއުގައި ދެއްކެވި ވާހަކަތަކަށް ފަހު ވޯޓަށް އެހުމަށް ރިޕަބްލިކަނުން ބާރުއަޅަން ފަށައިފިއެވެ.

ކެވަނައުވެސް ގެންދަވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވައި ދޫ ނުދެއްވާނެކަމަށް ވިދާޅުވަމުންނެވެ.

ކްރިސްޓީން ބްލޭސީ ފޯޑްސް ވަނީ ސުޕްރީމް ކޯޓަށް ޢައްްޔަންކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެންގެވި ބްރެޓް ކެވަނޯ އޭނާ ރޭޕް ކުރަން އުޅުނުކަމުގެ ތުހުމަތުކޮށްފައެވެ.

އޭނާ ވަނީ މީގެ 36 އަހަރު ކުރިން ހިނގާފައިވާ އެ ހާދިސާގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔަ ކަމަށް ބުނެފައެވެ.

ކެލިފޯނިއާގައި ސައިކޮލޮޖީ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޕްރޮފެސަރ ކްރިސްޓީން ބްލޭސީ ތުހުމަތުކުރަނީ 1982 ވަނަ އަހަރު ވޮޝިންގޓަންގައި ކެވަނައު އާއި އޭނާ އާއި ދެ މީހުންގެ ފުރާވަރުގެ އުމުރުގައި އުޅުނުއިރު ކެވަނައު މަސްތުގެ ހާލުގައި ހުރެ އޭނާގެ ހެދުން ބާލުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ބްލޭސީ ބުނެފައި ވަނީ އެނދުމައްޗަށް އޭނާ ވައްޓާލުމަށް ފަހު ހަޅޭއްލަވަން އުޅުމުން ކެވަނައު އޭނާގެ އަނގަމަތީގައި އަތްއަޅާފައިވާ ކަމަށެވެ.

އުމުރުފުޅުން 53 އަހަރުފުޅުގެ ކެވަނައު ވަނީ އެ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެވަނައުއަކީ ތެދުވެރިއެއް ކަމަށާއި ވޯޓަށް އެހުން ކުރިޔަށް ގެންދެވުމަށް މެމްބަރުންނަށް ގޮވާލައްވާފައެވެ.

ޑިމޮކްރޭޓުން ގެންދަވަނީ ކެވަނައުގެ އާއިލާއަށް ލިބިފައި އޮންނަ ރަނގަޅު ނަން ސިޔާސީ ބޭނުމަށްޓަކައި ފުނޑުފުނޑުކޮށްލަން ކަމަށް ކެވަނައު ތުހުމަތުކުރައްވާއިރު ރައީސް ޓްރަމް ވަނީ ޑިމެކޮރޭޓުން އުޅެނީ "ކޮނެ ފަސާދަ ކުރަން" ކަމަށް ތުހުމަތުކުރައްވާފައެވެ.

ބްރެޓް ކެވަނޯއަކީ ގިނަ މައްސަލަތަކެއްގައި ކޮންޒަވޭޓިވް ވިސްނުމަށް ބުރަވެ ވަޑައިގެންފައިވާތީ ދެބަސްވެވޭ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރަނީ ރިޓަޔަރ ކުރެއްވި ފަނޑިޔާރު އެންތޮނީ ކެނެޑީގެ ބަދަލުގައެވެ.

ކޮލަމްބިއާ ޑިސްޓްރިކްޓްގެ އިސްތިއުނާފް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް ސުޕްރީމް ކޯޓަށް ޓްރަމްޕް ހޮއްވެވި ކެވަނައުއަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ މުޝީރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެމެރިކާގެ ސިޔާސީ ހަޔާތުގައި މުހިއްމު ދައުރެއް އަދާކުރައްވާ ބައެކެވެ. އުމުރު ދުވަހަށް މަގާމަށް އައްޔަން ކުރެވޭ ނުވަ ބޭފުޅުން ތިއްބަވަ ސުޕްރީމް ކޯޓަކީ ގާނޫނީ ކަންކަމުގައި އެގައުމުގައި އެންމެ ފަހު ބަސް ބުނާ ފަރާތެވެ.

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނާ އެކީތިބިކަން ހާމަކޮށްދިނުމަށް އޮސްޓްރޭލިއާގައި އެއްވުންތަކެއް ބާއްވައިފި

07 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނާ އެކީތިބިކަން ހާމަކޮށްދިނުމަށް އޮސްޓްރޭލިއާގައި އެއްވުންތަކެއް ބާއްވައިފި
21 އޯގަސްޓު 2017

އިރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދޭނީ ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ހަލާކު ކުރުމަށް ފުރުސަތު ނުދިނުމަށް: އެމެރިކާ

21 އޯގަސްޓު 2017
އިރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދޭނީ ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ހަލާކު ކުރުމަށް ފުރުސަތު ނުދިނުމަށް: އެމެރިކާ
17 އޯގަސްޓު 2017

ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި

17 އޯގަސްޓު 2017
ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި
28 ޖުލައި 2017

ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި

28 ޖުލައި 2017
ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި
12 ޖޫން 2017

ގަތަރު މައްސަލައިގައި މެދުވެރިއެއްގެ ރޯލު ކުޅެދިނުމަށް މޮރޮކޯއިން ވެސް ހުށަހަޅައިފި

12 ޖޫން 2017
ގަތަރު މައްސަލައިގައި މެދުވެރިއެއްގެ ރޯލު ކުޅެދިނުމަށް މޮރޮކޯއިން ވެސް ހުށަހަޅައިފި
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
30 އެޕްރީލު 2017

އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި

30 އެޕްރީލު 2017
އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް