Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޕީއެމްގެ މައްސަލަ

ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމަށް ކޯޓު އަމުރަކަށް އެދިއްޖެ

ހުއްޓުވައިދިނުމަށް އެދުނީ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2018 | އަންގާރަ 03:12
ޕީޕީއެމްގެ ބައްދަލުވުމެއްގެ ތެރެއިން

ޕީޕީއެމްގެ ބައްދަލުވުމެއްގެ ތެރެއިން

ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ކޮންގްރެސް ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުން އެދި ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ހުށަހެޅުއްވި މިމައްސަލައިގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ 1586Cv-C/2016/ ނަންބަރު ޤަޟިއްޔާގައި ނިންމެވި ނިންމެވުމާ ގުޅިގެން ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލުން ޕީ.ޕީ.އެމް ހިންގާނީ ޕީ.ޕީ.އެމްގެ މުސްތަޝާރު ކަމަށް ކަނޑައެޅި ގޮތް، ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެކަށައަޅުއްވާފައި އޮތް އުޞޫލާއި، ޕީ.ޕީ.އެމްގެ އަސާސީ ގަވާއިދާ ޚިލާފުވާތީ، އެނިންމުން ބާޠިލް ކުރަން އެދި ހުށަހެޅި މައްސަލައިގައި، އެނިންމުން ބާޠިލުކޮށްފިނަމަ، ޕީ.ޕީ.އެމްގެ ޢާންމު ޖަލްސާއެއް ބާއްވާ، އެޢާންމު ޖަލްސާއާއި އެޖަލްސާއިން ނިންމާ ނިންމުންތައް ބާޠިލުވާނެތީ، ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި ޢާންމު ޖަލްސާއެއް ބާއްވައިފިނަމަ، އިޢާދަ ނުކުރެވޭނެ މާލީ އަދި މަޢުނަވީ ގެއްލުން ޕާޓީއަށް ކުރިމަތިވާނެތީ، މިމައްސަލައިގައި ގޮތެއް ނިންމެންދެން ޕާޓީގެ ޙަރަކާތްތަކާއި، ޢާންމު ޖަލްސާތައް ބޭއްވުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެންޖެހޭކަމަށް ފެންނަ ކަމަށެވެ.

Advertisement - newsAdvertisement

އެމައްސަލައިގައި ބުނެފައި ވަނީ މި އަމުރު ނު ނެރެފިނަމަ، ޕީ.ޕީ.އެމް. ގެ ޖަލްސާ އެއް ބޭއްވުމަށް އެތައް ޚަރަދެއް ހިނގާނެ ކަމަށެވެ. އަދި އެހައި ބޮޑު ޚަރަދެއް ހިނގުމަށްފަހު ބާއްވާ ޖަލްސާގެ ނިންމުންތައް، އެއީ، މިމައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލާއިރު، ޣައިރު ޤާނޫނީ ނިންމުންތަކަކަށް ވެއްޖެނަމަ، އެތައް ހާސް ބައެއްގެ ވަގުތާއި، ފައިސާ، އިޢާދަ ނު ކުރެވޭ މިންވަރަށް ގެއްލިގެން ދާނެ ކަމަށެވެ.

އެމައްސަލައިގާ ބުނެފައި ވަނީ ސިވިލް ކޯޓުގެ 1586/Cv-C/2016 ނަންބަރު ޤަޟިއްޔާގައި ނިންމެވި ނިންމެވުމާ ގުޅިގެން ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލުން ޕީ.ޕީ.އެމް. ހިންގާނީ ޕީ.ޕީ.އެމްގެ މުސްތަޝާރު ކަމަށް ކަނޑައެޅި ގޮތް، ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެކަށައަޅުއްވާފައި އޮތް އުޞޫލާއި، ޕީ.ޕީ.އެމް. ގެ އަސާސީ ގަވާއިދާ ޚިލާފުވާތީ، އެނިންމުން ބާޠިލް ކުރަން އެދި ހުށަހެޅި މައްސަލައިގައި، ސިވިލް ކޯޓުން ގޮތެއް ނިންމަވަންދެން، ޕީ.ޕީ.އެމް. ގެ ޢާންމު ޖަލްސާ އެއް ނު ބޭއްވުމަށް ޕީ.ޕީ.އެމް. ގެ ކައުންސިލަށާއި މުސްތަޝާރަށް އަންގާ އަމުރުކުރުމަށް އެދޭ ކަމަށެވެ.

ޔުމްނާ މައުމޫން މިމައްސަލަ ހުށަހަޅުއްވާފައި ވާއިރު އެ ޖަލްސާތައް ހުއްޓުވައިދިނުމަށް ޕީޕީއެމް ކައުންސިލުގެ ކުރީގެ މެންބަރު އަދި ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު