Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިކްރާމްގެ ކޮރަޕްޝަން

ޕީއެސްއެމްގެ އިކުރާމާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެ

ވަކިބަޔަކަށް ކަންކަން ހަވާލުކޮށްފައިވަނީ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 09:53
ކޯޓު ލައްވައިގެ އިކްރާމް ޕީއެސްއެމްގެ އެމްޑީ ޚަލީލްއާ އެކު

ކޯޓު ލައްވައިގެ އިކްރާމް ޕީއެސްއެމްގެ އެމްޑީ ޚަލީލްއާ އެކު

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ޤާނޫނާ ގަވާއިދާ އެއްގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށާއި އެކަންކަމާ އެތަނުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަ މުހައްމަދު އިކްރާމަށް ތުހުމަތު ކުރެވޭކަމަށް އެތަނުގެ ކުރީގެ ލީގަލް ޕީއެސްއެމްގެ ކުރީގެ މެނޭޖާ ލީގަލް އެންޑް ރެގުއުލޭޓްރީ އެފެއާޒް އަބްދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެން އެކޮމިޝަނަށް މައުލޫމާތު ހިއްސާ ކުރެއްވުމަށްފަހު ހިލްމީ ވިދާޅުވީ ޕީއެސްއެމްގެ އެއްވެސް ކަމެއް ޤާނޫނާ އެއްގޮތައް ކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި އެއްކަމކީ އޭސީސީއިން ތަހުގީގު ކުރަމުންދާ މޯލްޑިވްސް މީޑިއާ އިންޓިޓިއުޝަން، އެމްއެމްއައި ހުޅުވުމަށް އިމާރާތަށް އެތައް ހަރަދެއް ގަވާއިދާ ހިލާފަށް ކޮށްފައިވާ މައްސަލަ އެވެ.

Advertisement - newsAdvertisement

އެ މައްސަލައަކީ ކުރިން ވެސް އޭސީސީއިން ބަލާފައިވާ މައްސަލައެކެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ އޭރު ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި ހުންނެވި މުހައްމަދު ހާޝިމްގެ މައްޗަށް ދައުވާކުރުމަށް ކަމަށާއި އެކަމަކު އެކަން ހިނގިއިރު ހާޝިމް ހުރީ ޗުއްޓީގައި ކަމަށް ހިލްމީ ވިދާޅުވިއެވެ. އެހެންވެ އެ ޝަކުވާ އޭސީސީއަށް ލިބިފައިވާތީ އަލުން މައްސަލަ ބަލަން ވަނީ ފަށާފައި ކަމަށާއި ގުރާސްފަތި ދުވަހު ހިލްމީ އޭސީސީއަށް ހާޒިރުކުރީ އެކަން ހިންގާފައިވާ ގޮތެއްސާފު ކުރުމަށް ކަމަށެވެ.

އޭސީސީއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުﷲ ހިލްމީ ވިދާޅުވީ އޭނާއާ ސުވާލުކުރީ މީޑިއާ އިންޓިޓިއުޝަން ހުޅުވުމަށް ނުނިމި ހުރި އިމާރާތެއް ނިމިއްޖެ ކަމަށް ހަދައިގެން އެތަނަށް ބޮޑު ކުއްޔެއް ދައްކާ މައްސަލަ ފަޅާ އެރި މައްސަލައާ ގުޅިގެން ކަމަށެވެ.

ޕީއެސްއެމްގައި ހިންގާ ޤާނޫނާ ގަވާއިދާ ޚިލާފް ކަންކަމާހުރެ އެތަނުގައި ނޫޅެވިގެން ވަޒީފާ އަމިއްލައަށް ދޫކޮށްލައްވައި މިހާރު ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރެޖިސްޓްރާގެ މަގާމު އަދާކުރައްވާ އަބްދުﷲ ހިލްމީ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ތުހުމަތު ކުރެވެނީ އަދި ރައްދު ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމަށް ކަމަށާއި އޭރު ކަންކަން ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވީ އިކްރާމް ކަމަށެވެ.

ޕީއެސްއެމުން މީޑިޔާ އިންސްޓިޓިއުޓް ހިންގަން ހެންވޭރުގައި ހުރި އެ އިމާރާތަށް މަހު ކުލީގެ ގޮތުގައި 37،000 ރުފިޔާ ދައްކަމުން ދިޔަ ކަމަށާއި އެޑްވާންސްގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދައްކާފައިވާއިރު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އަށް ލައްކަ ރުފިޔާ ދައްކާފައިވާ ކަމަށް ހިލްމީ ވިދާޅުވި އެވެ. ނަމަވެސް އެ ހުރިހާ ހަރަދެއްކޮށްފައިވާ އެ އިމާރާތުގައި އެއްވެސް މަސައްކަތެއް ނިމިފައިނުވާ ކަމަށާއި އެންމެ ކުޑަ މިނުން ޕާޓިޝަނެއް ވެސް އިމާރާތުގައި ޖަހާލާފައިނުވާ އިރު އެތަނުގައި ހުރީ ހަތަރު ފާރު ކަމަށް ހިލްމީ ވިދާޅުވިއެވެ.

އެތައް ހަރަދެއް އެ އިމާރާތަށް ކުރުމަށް ފަހު، އެންމެ ފަހުން މީޑިއާ އިންޓިޓިއުޝަން ހުޅުވާފައިވަނީ މާފަންނުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގަ އެވެ. އަދި އެތަންވެސް މަރާމާތުކޮށްފައިވަނީ ވަކިބަޔަކު ލައްވައި ގަވާއިދާ ޚިލާފަށްކަމަށްވެސް ހިލްމީ ވިދާޅުވިއެވެ.

"އަޅުގަނޑަކީ ޕީއެސްއެމްގައި 17 އަހަރު މަސައްކަތްކޮށްފަ ހުރި މީހެއް، އަޅުގަނޑު އެ ތަނުން ނުކުތީ މަސައްކަތް ކުރަން އުނދަގޫ ވެގެން، އެތަނުގަ މަސައްކަތް ނުކުރެވުނީ އޮންނަ އުސޫލުތައް އެ ބޭފުޅުން ގަބޫލު ނުކުރާތީ، މިސާލަކަށް ޕްރޮގްރާމެއް ކަމަށްވީ ނަމަވެސް ދޮރެއް ޖެހި ކަމަށްވީ ނަމަވެސް ކުލަލުން ކަމަށްވީ ނަމަވެސް ނުވަތަ ތަޅުން ގަނޑެއް އެޅި ކަމުގައިވީ ނަމަވެސް ފުރާޅެއް އެޅުން ކަމަށްވީ ނަމަވެސް އެއްވެސް ކަމެއް ނީންނާނެ ގާނޫނާއި ގަވައިދާ އެއްގޮތަށް ގޮސްފައެއް،"ހިލްމީ ވިދާޅުވި އެވެ.

ހިލްމީ ވިދާޅުވީ، ޕީއެސްއެމް އިން ހުރިހާ މަސައްކަތެއް ހަވާލުކުރަނީ އިކްރާމްއާ ގުޅުން އޮންނަ މީހުންނަށް ކަމުގެ ޝަކުވާތައް އޭނާ ޕީއެސްއެމްގައި މަސައްކަތް ކުރެއްވި އިރުވެސް އަދި ވަކިވެވަޑއިގެންނެވި ފަހުން ވެސް ލިބޭ ކަމަށެވެ.

ހިލްމީ ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވި އިރު މައްސަލައެއް ފެންމަތިވެއްޖެ ނަމަ އެ މައްސަލައެއް ބެލުމަށް މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލް އަންގަވާ ކަމަށެވެ. އިސްލާހުތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އެންގުމުން ހަލީލް އެ ފިޔަވަޅުތައް އެޅުއްވިކަން ވެސް ހިލްމީ ފާހަގަކުރެއްވިއެވެ. ނަމަވެސް ތަހުގީގީ އިދާރާއަކަށް އެ މައްސަލަތައް ނުފޮނުވާ ކަމަށާއި ތަހުގީގުކުރަންޖެހޭ ބޮޑެތި މައްސަލަތައް ފެންމަތިވަމުން ދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހިލްމީ ވިދާޅުވީ މަޝްހޫރު މާލްދީބް ނެރުމަށް ކުރި މަސައްކަތާއި ޕީއެސްއެމް އިމާރާތުގައި ކުލަލުން އަދި އަޑުގެ އެންޓަނާތައް ބަދަލު ކުރުން ފަދަ ކަންކަމަކީ ވެސް މިލިޔަނުން އިކްރާމްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަންކަން ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިކްރާމްގެ ބަހެއް ހޯދުމަށް ރާއްޖެ އެމްވީން އިކްރާމަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އިކްރާމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޕީއެސްއެމްގައި ހިނގާފައިވާ ގިނަ ގާނޫނާ ހިލާފު މައްސަލަތަކެއް ހުރުމުން އެކަންކަމުގެ މައުލޫމާތު އެނގޭ މީހުން މައްސަލަތައް އަވަހަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ހިލްމީ ވަނީ އެދިފައެވެ.

އިކްރާމަކީ ޕީއެސްއެމްގެ ބޯޑުގައި ހުންނަވައިގެން ރައީސް ޔާމީންގެ ކެމްޕެއިންގައި ވަރަށް ބޮޑަށް އުޅުއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީނަށް ހުޝާމިދު ކުރުމާއި އިންތިޚާބާ ދިމާކޮށް ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުންނަށް ނިސްބަތްކޮށް ތަފާތު ރިޕޯޓްތަކާއި ޕްރޮގްރާމްތައް ގެނައުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ބޭފުޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު