Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު އަބްދުﷲ ރިޔާޒު

އަބްދުﷲ ރިޔާޒު ކޯޓުން މިނިވަންކޮށްފި

24 ސެޕްޓެމްބަރު 2018 | ހޯމަ 13:21

ހައިކޯޓުން ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްގެ މުއްދަތަށް ވުރެ ވެސް މިހާރު އިތުރުވެއްޖެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 ސެޕްޓެމްބަރު 2018 | ހޯމަ 13:21
މެމްބަރު އަބްދުﷲ ރިޔާޒު

މެމްބަރު އަބްދުﷲ ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކްރިމިނަކް ކޯޓުން މިނިވަންކޮށްފިއެވެ.

އަބްދުﷲ ރިޔާޒު މިނިވަންކުރަން ނިންމީ ހޯމަ ދުވަހު ކްރިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. އަބްދުﷲ ރިޔާޒު ދޫކޮށްލީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާކުރެއްވުމާ ގުޅިގެން ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވާފައި ވަނިކޮށެވެ. ސިޔާސީ ބޭފުޅުން މިނިވަންކުރުމަކީ އިބޫގެ ވައުދެކެވެ.

Advertisement - newsAdvertisement

އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލުން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުން 2018 މާރޗު 2 ވަނަ ދުވަހުގެ ހަވީރު ޞުލްހަވެރިކަމާ އެކު މާލޭގައި ބޭއްވި އެއްވުމެއްގައި ރިޔާޒު، އެއްވެ އުޅުމުގެ ޙައްޤުގެ ބޭނުން ކުރަމުންދަނިކޮށް ހައްޔަރުކުރުމަށް ފަހު ޖަލުގައި ބަންދުކޮށްފައިވާތާ މިއަދަށް ހަ މަސްދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ދުވަހު ބަންދުކުރުމަށް ފަހު އޭގެ 12 ދުވަސް ފަހުން އިއްވި ތުހުމަތުތަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރެވޭނެ ތަނެއް ނެތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާކަން 14 އޮގަސްޓް 2018 ވަނަ ދުވަހު ރިޔާޒަށް ވަނީ ލިޔުމުން އަންގާފަ ކަމަށެވެ.

ރިޔާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްގެ މުއްދަތަށް ވުރެ އިތުރަށް ވެސް ރިޔާޒު މިހާރު އެވަނީ ޖަލު ބަންދުގައި ހޭދަކުރައްވާފައި ކަމަށެވެ. ވުމާ އެކު މިހާރުން މިހާރަށް ރިޔާޒުގެ ޙުކުމް ތަންފީޒުވެ ނިމިއްޖެކަމުގައި ކަނޑައަޅައި ރިޔާޒު ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށް ވެސް ރިޔާޒުގެ ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.

ހައިކޯޓުން ރިޔާޒުގެ މައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ، ފުލުހުންނަށް ރިޔާޒުގެ ފޯނުގެ ޕިންކޯޑު ދީފައި ނުވާތީ ކަމަށް ކަނޑައަޅުއްވައެވެ. ނަމަވެސް އެމައްސަލަ ދަށު ކޯޓުން ސާބިތުނުވާ ކަމަށް ކަނޑައެޅުއްވި އެއް ސަބަބަކީ ވެސް ދަށު ކޯޓުގެ ޝަރީޢަތުގައި ރިޔާޒު ފުލުހުންނާ ހިއްސާކުރި ކޯޑުން ފުލުހުން ބޭނުންވި ފޯނު ހުޅުވިފައިވުމެވެ.

އެފަދައިން އޮތް މައްސަލައެއްގައި 4 މަހާއި 24 ދުވަހަށް ރިޔާޒު ޖަލަށްލުމަށް ޙުކުމްކޮށްފައިވާއިރު، ރިޔާޒު ހައްޔަރުކުރި ފަހުން މިއަދަށް 6 މަސް ދުވަސް ފާއިތުވީ އިރު ވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އިލްތިމާސްއާ މެދު އެކޯޓުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާތީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ރިޔާޒަށް ލިބިވަޑައިގަންނަވަންޖެހޭ ޙައްޤުތައް ލިބިވަޑައިގަންނަވަމުން ނުދާކަމުގައި ރިޔާޒު ދެކެވަޑައިގަންނަވާ ކަމަށްވެސް ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ރިޔާޒާ ދެކޮޅަށް ހިންގޭ ޝަރީޢަތްތައް ހިންގުމުގަޔާއި މައްސަލަ ބައްލަވާ ފަނޑިޔާރުން ބަދަލުކުރުމަށް ފަހު ވަކި ނަތީޖާއެއް ނެރެވިގެންދިޔައީ އެއުސޫލުގެމަތީންކަމަށް ދޭހަވާގޮތަށް ކަންކަން ހިނގާފައިވުމާއި ރިޔާޒުގެ ފަރާތުން ހުށައަޅާ އިސްތިއުނާފުގެ މައްސަލަތައް ކޯޓުތަކުގައި ނުހިނގައި ލަސްވަމުން ދިޔުމާއި ރިޔާޒުގެ ފަރާތުން ހުށައަޅާ ޝަކުވާގެ ސިޓީތަކާއި ގުޅިގެން ކޯޓުތަކުން ޖަވާބު ނުދިނުންފަދަ ކަންކަމަކީ ދިވެހި އެއްވެސް ރައްޔިތަކާ މެދު ޢަމަލުކުރެވިގެންވާނެ ގޮތެއް ކަމުގައި ރިޔާޒު ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ވުމާއެކު، ޖަލުން މިނިވަންވުމާ އެކު ދިވެހިރާއްޖޭގެ ޤާނޫނޫ އަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނުކުންނަވާނެ ކަމާއި ދައުލަތުގެ މުއައްސަސާތައް ޑިމޮކްރަސީގެ ހަމަތަކުގެ މައްޗަށް އިޢާދަކުރުމުގެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަން މިއަދުވެސް ޢަބްދުﷲ ރިޔާޒު ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ބުނެއެވެ. އޯގާތެރި ސަރުކާރަކާއި ނުފޫޒުން އެއްކިބާވެފައިވާ ޖުޑީޝަރީއަކާއި މިނިވަން ރައްޔިތުންގެ މަޖިލީހެއް ރައްޔިތުންނަށް ލިބުމުގެ ކުރިން ރިޔާޒުގެ ސިޔާސީ ޙަޔާތަށް ކުޑަނަމަވެސް ހުއްޓުމެއް ނާންނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ރިޔާޒުގެ ފަރާތުން ގާނޫނީ ވަކީލުން ނެރެފައިވާ އެ ބަޔާނުގައި ވެއެވެ.

ރިޔާޒްގެ އިތުރުން ޖަލުގައި ތިއްބެވި ސިޔާސީ އިތުރު ބޭފުޅުން ވެސް މިއަދުގެ ވަގުތެއްގައި ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް