Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފައްދަނީ ކޮމިޝަންނާއި ރައްޔިތުންނާ ދެމެދު އޮންނަން ޖެހޭ ގާތްކަން ނެތުމުން: ފުވާދު

22 ސެޕްޓެމްބަރު 2018 | ހޮނިހިރު 18:22

ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައްޔިތުންނަށް ނޭނގޭ

އަމްނާ އިމާދު
އަމްނާ އިމާދު | 22 ސެޕްޓެމްބަރު 2018 | ހޮނިހިރު 18:22
އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު

އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާ މެދު ރައްޔިތުން ސުވާލު އުފައްދަނީ ކޮމިޝަންނާއި ރައްޔިތުންނާ ދެމެދު އޮންނަން ޖެހޭ ގާތްކަން ނެތުމުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ފުވާދު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން މަސައްކަތްކުރަނީ މީޑިއާއާ ދުރުގައި ކަމަށާއި، ކޮމިޝަން މަސައްކަތްތައް ކުރިއަށްދާ ގޮތް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.

Advertisement - newsAdvertisement

ޓެބްލެޓް މެދުވެރިކޮށް ވޯޓު އޮޅުވާލާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ފުވާދު ވިދާޅުވީ ގާނޫނުގައި އޮންނަ ގޮތަށް ޓެބްލެޓް ބޭނުން ކުރާ ނަމަ ވޯޓު އޮޅުވާ ނުލެވޭނެ ކަމަށެވެ. ފުވާދު ވިދާޅުވީ ނަތީޖާ ޓެބްލެޓަށް އެންޓާރ ކުރާނީ މާފަހުން ކަމަށާއި، ވޯޓު ގުނުމަށް ފަހު ރައްޔިތުންނަށް ފެންނަ ގޮތަށް އެތާނގައި ނަތީޖާ ޝީޓު ބަހައްޓަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފުވާދު ވިދާޅުވީ ވޯޓުލުމަށް ގޮސް ވޯޓުބޫތުގައި ދެމިނެޓަކަށް މަޑުކުރަން ނުޖެހޭ ކަމަށާއި، ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކަށް ބަދަލު ނާންނާނެ ކަމަށެވެ. ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަށް ބަދަލު އަންނާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ދޮގު ކަމަށާއި، އެއީ ރައްޔިތުން މާޔޫސްކުރުމަށް ފަތުރާ ވާހަކަތަކެއް ކަމަށް ވެސް އެނާ ވިދާޅުވިއެވެ. ވޯޓުލުމަށް ބޮޑު ކިޔުއެއް އޮންނައިރު ވޯޓުލާ ބޫތުގައި މަޑުކުރާ ނަމަ ކިޔު ދިގުވެ އެކަމުގެ ދަތިކަން އެންމެނަށް ފޯރާނެ ކަމަށް ވެސް ފުވާދު ވިދާޅުވިއެވެ.

ވޯޓުލުމުގައި ރައްޔިތުން ސަމާލުވުމަށް ދޭންޖެހޭ ކަންތައްތަކަށް އަލިއަޅުއްވާލައްވައި ފުވާދު ވިދާޅުވީ ވޯޓުލުމަށް އަމިއްލަ ގަލަމެއް ބޭނުން ކުރުން ވެސް މުހިންމު ކަމަށާއި، ފާހަގަ ޖަހާއިރު ގޮޅީގެ ތެރޭގައި ރަނގަޅު ފާހަގައެއް ޖެހުމުން ރަނގަޅުވާނެ ކަމަށެވެ. ވޯޓުލުން ފެށުމާއެކު ވީހާ ވެސް އަވަހަށް ވޯޓުލާން ދިއުމަށް އެދޭ ކަމަށް ވެސް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ މިކަންކަމަށް ސަމާލުކަން ދީފިނަމަ ދެން ހުރި ކަންކަން ރަނގަޅުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް