Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބް 2018

އިބޫއަށް ތާއިދުކޮށް ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީ ގައި ޓެކްސީ ދުއްވައިފި

2 އޮކްޓޯބަރު 2018 | އަންގާރަ 12:23

މި ހަރަކާތުގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ވަނީ ބައިވެރިވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 އޮކްޓޯބަރު 2018 | އަންގާރަ 12:23
އިބޫއަށް ތާއިދުކޮށް ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވުމުގެ ހަރަކާތުގެ ތެރެއިން

އިބޫއަށް ތާއިދުކޮށް ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވުމުގެ ހަރަކާތުގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއިދުކޮށް ގިނަ އަދަދެއްގެ ޓެކްސީ ޑްރަވައިރުންތަކެއް ބްރިޖްމަތީ ގައި ޓެކްސީ ދުއްވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ހޮނިހިރު ދުވަހުގެ މެންދުރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ވަނީ ބައިވެރިވެފައެވެ. ހަރަކާތް ނިންމާލުމަށް ފަހު ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ޓެކްސީ ޑްރައިވަރުން ބުނީ އެ ހަރަކާތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުންތަކެއް ބޭނުންވި ކަމަށާއި އެހެންނަމަ ވެސް ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ނަގާފައި ހުރި ޓެކްސީތަކަށް އެ ހަރަކާތުގައި ބައިވެރިވުމަށް ހުރަސް އަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ އިތުރަށް ބުނީ ޓެކްސީ ޑްރައިވަރުންނަށް މިނިވަންކަން ލިބެން އޮތީ އިބޫ އަށް ވޯޓުލައިގެން ކަމަށާއި ޓެކްސީ ޑްރައިވަރުންނަށް މި ސަރުކާރުން ވަރަށް ބޮޑެތި އުނދަގޫ ޖައްސާފައިވާ ކަމަށެވެ.

"ޓެކްސީ ޑްރައިވަރުންނަށް މިނިވަންކަން އޮތީ ކެންޑިޑޭޓް ނަންބަރު 2 އަކަށް ވޯޓުދީގެން މިނިވަންކަން އެއީ. ޓެކްސީ ޑްރައިވަރުންގެ އެތައް ބައިވަރު އަސާސީ ހިދުމަތްތައް މި ސަރުކާރުން ވަނީ ހުއްޓުވާފައި. މަގުމަތީގައި ސްޓިކާ ޖެހުން "ފްރީ" ކޮށްދޭނެ ކަމަށް އިބޫ ވިދާޅުވި. އަދި ޕާކިންގް ޒޯން ނުދައްކާ ޕާކް ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވި. އެހެންކަމުން އަޅުގަނޑުމެންނަށް މި އޮތީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ބައެއް ޑްރައިވަރުން އެބަހުރި 3000 ރުފިޔާއިން އަދި 4000 ރުފިޔާއިން ޖޫރިމަނާކޮށްފައި. ޓެކްސީ ބޯޑު ވެސް "ފްރީ" ކޮށްދޭނެ ކަމަށް އިބޫ ވިދާޅުވި. އެހެންކަމުން ހުރިހާ ޑްރައިވަރުން ވެސް ބޭނުން ވަނީ އިބޫ އަށް ވޯޓުދިނުމަށް" ޓެކްސީ ޑްރައިވަރެއް ބުންޏެވެ.

ޓެކްސީ ޑްރައިވަރުން އިބޫއަށް ތާއީދު ކުރާކަން ހާމަކޮށްފައި ވާއިރު މީގެ ދުވަސްކޮޅެއް ކުރިން ރަށްރަށުގައި އާއި މާލޭގައި ތިބި ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންތަކެއް ވަނީ ފާޅުގައި ނިކުމެ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. އަދި ސްކޫލްތަކުގެ ޓީޗަރުން ވެސް ގެންދަނީ އިބޫ އަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 މެއި 2017

ޓެކްސީ ދުއްވަން އިން ޑްރައިވަރަކު މަރުވެއްޖެ

11 މެއި 2017
ޓެކްސީ ދުއްވަން އިން ޑްރައިވަރަކު މަރުވެއްޖެ
02 މެއި 2017

ސްކޫޓެކްސީން ސައިކަލް ޓެކްސީގެ ހިދުމަތް ހުއްޓާލައިފި

02 މެއި 2017
ސްކޫޓެކްސީން ސައިކަލް ޓެކްސީގެ ހިދުމަތް ހުއްޓާލައިފި
23 އެޕްރީލު 2017

އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

23 އެޕްރީލު 2017
އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި
23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
19 މާރިޗު 2017

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް