Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ މަޝްރޫއު

ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!

22 ސެޕްޓެމްބަރު 2018 | ހޮނިހިރު 02:44

ފްލެޓްތަކަށް އެދި 18،000 މީހުން ވަނީ ހުށަހަޅާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 ސެޕްޓެމްބަރު 2018 | ހޮނިހިރު 02:44
ހިޔާ ފްލެޓްތައް ލިބުނު ކަމުގެ ލިޔުންތަކެއް...

ހިޔާ ފްލެޓްތައް ލިބުނު ކަމުގެ ލިޔުންތަކެއް...

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ދޫކުރާ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް އެ ފްލެޓްތަކުގެ ޑިޕޮސިޓް ފީ ނަގައި ފްލެޓްތައް ލިބުނުކަމުގެ ލިޔުން ދޭން ފަށާފައިވާކުގެ މައުލޫމާތު ލިބިއްޖެއެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން ސަރުކާރުން ދޫކުރަނީ 7،000 ފްލެޓެވެ.

Advertisement - newsAdvertisement

ޑިޕޮސިޓް ފީ ނަގާފައިވާ ލިޔުންތަކާއި ފްލެޓް ލިބުނުކަމުގެ ފީ ނެގުމަށް ފަހު ފްލެޓް ލިބުނުކަން އަންގައިދޭ ލިޔުންތަކެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

ޑިޕޮސިޓް ފައިސާގެ ގޮތުގައި 50،000ރ. ދެއްކި ކަމުގެ ލިޔުން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ތައްގަނޑު ޖަހާފައިވާ ލެޓަރ ހެޑްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިބްރާހިމް މަނިކު ސޮއިކުރައްވާ ފްލެޓް ލިބުނުކަން އަންގާ ސިޓީ ދީފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 18 ގައެވެ. އަދި ޑިޕޮސިޓް ފައިސާގެ ގޮތުގައި 50،000ރ. ވަނީ ދައްކާފައެވެ.

ފްލެޓް ލިބުނު ކަމުގެ ލިޔުން

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިޕޮސިޓް ފީގެ ގޮތުގައި 50،000ރ. ދެއްކުމުން ގާތްގަނޑަކަށް 200 އެއްހާ މީހުންނަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ވަނީ ދީފައެވެ.

މިކަމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭނޭ ގޮތް ނުވެފައެވެ.

ރިޔާސީ އިންތިޚާބަށް ކައިރި ވެފައި ވަނިކޮށް "ހިޔާ" މަޝްރޫއަށް ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ލިބޭނެ ކަމަށް މިމަހުގެ 20ގައި ވިލިމާލެ ދެ ވަނަ ފިޔަވަހީގެ ޕްލޭން ލޯންޗު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއަށް މިހާތަނަށް ފޯމު ހުށަހެޅި މީހުންނާއި މި މަހުގެ 30 ގެ ނިޔަލަށް ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށެވެ. ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އެ ފްލެޓްތަކަށް އެދި 18،000 މީހުން ހުށަހަޅާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިހާރު މަސައްކަތްކުރަނީ އަދި އިއުލާނު ވެސް ކޮށްފައި ވަނީ 7000 ފްލެޓް ކަމަށްވާއިރު ބަކީ 11،000 މީހުންނާއި އަދި 30 ގެ ކުރިން ހުށަހަޅާ އިތުރު އެތައް ހާސް ބަޔަކަށް ފްލެޓް ދޭނީ ކިހިނެއް ކޮންތާކުން ކޮން ގޮތަކަށް ކަމެއް މުއިއްޒު ވިދާޅެއް ނުވެއެވެ.

މި މަޝްރޫއުގެ ތެރެއިން ޖުލައި 31 ގެ ނިޔަލަށް ފޯމު ދޫކުރުމަށް ހަމަޖެއްސުމަށް ފަހު، ފަހުން ވަނީ އޮގަސްޓް 31 އަށް ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ވަނީ ސެޕްޓެމްބަރު މަހުގެ 30 އަށް އިތުރު ކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް