Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސާ ސިރާޖް

މުވައްކިލު ދޭ ބަޔާނެއް އާންމުކުރުން މަނާކުރާ ގާނޫނެއް ނުދެއްކުނު، އެހެން ނަމަވެސް ސިރާޖުގެ ބަންދަށް ހަ ދުވަސް!

ރައީސް ޔާމީނާއި ޖެނަރަލް ޝިޔާމްގެ ހައްގު ގެއްލިފައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 1 އޮކްޓޯބަރު 2018 | ހޯމަ 06:19
ގާނޫނީ ވަކީލު މޫސާ ސިރާޖު

ގާނޫނީ ވަކީލު މޫސާ ސިރާޖު

މުވައްކިލު ދޭ ބަޔާނެއް އާންމުކުރުން މަނާކުރާ ގާނޫނެއް ފުލުހުންނަށް ނުދެއްކުނު ނަމަވެސް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖުގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފި އެވެ.

އަދީބު ނެރުއްވި ބަޔާންތަކެއް އާންމުކުރުމަކީ ޖިނާއީ މައްސަލައަކަށް ހަދައިގެން މޫސާ ސިރާޖު ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. ސިރާޖު ހައްޔަރުކުރުމަށް ފަހު ހުކުރު ދުވަހުގެ ހެނދުނު ފުލުހުން ވަނީ ސިރާޖު ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކޮށްފައެވެ.

Advertisement - newsAdvertisement

ސިރާޖުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހުގެ ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ސިރާޖު ވަނީ އަދީބުގެ ބަޔާންތައް އާންމުކުރެއްވި ކަމަށް އިއުތިރާފުވެފައެވެ. ސިރާޖު ވިދާޅުވީ އޭނާއަކީ ގާނޫނީ ވަކީލެއް ކަމަށާއި އޭނާގެ މުވައްކިލުގެ ހައްގުގައި ކުރަންޖެހޭ ކަންތައްތައް ކޮށްފައިވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންވާތޯ ލޯޔަރ ކްލައިންޓް ޕްރިވިލެޖަސް ކިޔާ އެއްޗެއް އޮންނަކަން،" ސިރާޖު ވިދާޅުވިއެވެ.

މިކަން ފާހަގަކުރައްވައި ސިރާޖު ވަނީ އޭނާގެ މުވައްކިލުގެ ފަރާތުން ބަޔާނެއް ނެރުން މަނާކުރާ ގާނޫނެއް ދެއްކުމަށް ފުލުހުންނާ ޗެލޭންޖް ކުރައްވާފައެވެ.

އެހެން ނަމަވެސް، އެކަން މަނާކުރާ ގާނޫނެއް ފުލުހުންނަށް ނުދެއްކުނެވެ. މި މައްސަލަ ތަހުގީގުކުރާ އޮފިސަރު ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު، އެ ބަޔާން ރައްދުވާ "ރައީސް ޔާމީނާއި ޖެނަރަލް ޝިޔާމް" ގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.

"ރައީސް ޔާމީނަކީ" ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓެއްކަން ފާހަގަކުރައްވައި އޮފިސަރު ވިދާޅުވީ ބަޔާންތައް ނެރުމުގެ ސަބަބުން މުޖުތަމަޢަށާއި، ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ސިރާޖު ވެފައިވާ ކަމަށެވެ.

ފުލުހުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސިރާޖު ވިދާޅުވީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނެއް މަޖިލީހުން ފާސްކޮށްފައި އެބައޮތް ކަމަށާއި އެހެންކަމުން "ރައީސް ޔާމީނާއި ޖެނަރަލް ޝިޔާމްގެ" އަބުރު ގެއްލިފައިވާ ކަމަށް ގަބޫލުކުރާނަމަ އެ ގާނޫނުގެ ދަށުން މައްސަލަ ބެލުން މާ ރަނގަޅުވާނެ ކަމަށެވެ.

މުއްދަތު މަޖިލީހުގައި އިންނެވި ގާޒީ އަލީ އާދަމްގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ސާފުކޮށް، އަދި ގިނަ ކަންތައްތަކެއް ފާހަގަކުރައްވަމުށް ނިންމެވީ ހަ ދުވަހުގެ މުއްދަތަކަށް ސިރާޖު ބަންދުކުރުމަށެވެ.

އަދީބުގެ ގާނޫނީ ވަކީލުން ނެރުއްވި ނޫސްބަޔާންތަކުގައި އާންމުކޮށްފައި ވަނީ މީގެ ކުރިން އަދީބު ހާމަނުކޮށް ހުރި ވާހަކަތަކެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް ކުރެއްވި ކަމަށް ބުނާ ކަންތައްތަކާއި ކޮރަޕްޝަނާއި ފަސާދަ އާއި ސިހުރާ ގުޅުން ހުރި ވާހަކަތަކެއް އަދީބު ވަނީ ފެންމަތި ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

އަބުރުގެ ގާނޫނަކީ ދެ ބޭފުޅެއްގެ އަބުރު ރައްކާތެރިކުރުމަށް ހެދުނު ގާނޫނެއް ނޫން: އަމީތު

22 މެއި 2017
އަބުރުގެ ގާނޫނަކީ ދެ ބޭފުޅެއްގެ އަބުރު ރައްކާތެރިކުރުމަށް ހެދުނު ގާނޫނެއް ނޫން: އަމީތު
22 މެއި 2017

ނޫސްވެރިންނާއި ދެކޮޅަށް ބަލަމުންދާ މައްސަލަ ބާތިލް ކަމަށް ދޭހަވާގޮތަށް އެމްއެމްސީން ބަޔާނެއް ނެރެފި!

22 މެއި 2017
ނޫސްވެރިންނާއި ދެކޮޅަށް ބަލަމުންދާ މައްސަލަ ބާތިލް ކަމަށް ދޭހަވާގޮތަށް އެމްއެމްސީން ބަޔާނެއް ނެރެފި!
23 އެޕްރީލު 2017

ފޯނު ހުޅުވުމަށް ކޯޓަށް އަމުރެއް ނުކުރެވޭނެ، ބާރުދޭ ގާނޫނެއް ނެތް: ރިޔާޒް

23 އެޕްރީލު 2017
ފޯނު ހުޅުވުމަށް ކޯޓަށް އަމުރެއް ނުކުރެވޭނެ، ބާރުދޭ ގާނޫނެއް ނެތް: ރިޔާޒް
05 އެޕްރީލު 2017

ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

05 އެޕްރީލު 2017
ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
26 މާރިޗު 2017

ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!

26 މާރިޗު 2017
ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު