Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާޒްގެ ޝަރީއަތް

ފޯނު ހުޅުވުމަށް ކޯޓަށް އަމުރެއް ނުކުރެވޭނެ، ބާރުދޭ ގާނޫނެއް ނެތް: ރިޔާޒް

ފޯނުގައި ހުންނަނީ ޒާތީ މައުލޫމާތު، ގާނޫނު އަސާސީން ވަނީ ރައްކާތެރިކޮށްފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2017 | އާދީއްތަ 18:22
ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް

ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް

މޯބައިލް ފޯނު ހުޅުވުމަށް ކޯޓުތަކަށް އަމުރުނުކުރެވޭނެ ކަމަށާއި އެކަމަށް ބާރުދޭ ގާނޫނެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ރިޔާޒްގެ ފަރާތުން އެގޮތަށް ބުނެފައި ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފޯނު ހުޅުވައިދިނުމަށް އެދުމުން ލޮކްކޯޑް ދިނުމަށް ރިޔާޒު ދެކޮޅު ހައްދަވާފައިވާ ކަމަށް ބުނެ ހިންގަމުންދާ ޝަރީއަތުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގަ އެވެ.

Advertisement - newsAdvertisement

ރިޔާޒްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ކޯޓުތަކުން އަމަލުކުރަންޖެހޭނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށާއި އެހެންކަމުން ފޯނުގެ ލޮކްކޯޑް ދިނުމަށް އެންގުމުގެ ބާރު ލިބިދޭ ގާނޫނެއް ނެތް އިރު އެފަދަ އަމުރެއް ނެރުމުގެ ގާނޫނީ ބާރުވެރިކަން ލިބިގެންނުވާ ކަމަށެވެ.

ނޫރުއްސަލާމް ވިދާޅުވީ ސީދާ މީހުންގެ ފޯނުގެ ލޮކްކޯޑް ދިނުމަށް ކޯޓުން މީގެ ކުރިން އަމުރުކޮށްފާއިރު، ރިޔާޒުގެ މައްޗަށް ނެރުނު އަމުރުގައި ލޮކްކޯޑް ދިނުމަށް ނެތް ކަމަށެވެ. އަދި އެކަން ފާހަގަކުރުމުން ލޮކްކޯޑް ދިނުމަށް އަންގާ އަމުރެއް ހޯދުމަށް ފުލުހުން މަސައްކަތް ކޮށްފައިވާކަން އެނގެން އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫރުއްސަލާމް ވިދާޅުވީ ފޯނުގެ ލޮކްކޯޑް ދިނުމަށް ދެކޮޅު ހެދުމަކީ ހަނުހުރުމުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ހެކީގެ ގޮތުގައި އޭނާގެ އަތު ލިޔުން ދިނުމަށް އެންގުމުން، އެކަމަށް އިންކާރުކުރި މައްސަލައިގައި އެއިރުގެ މަދަނީ ކޯޓުން އިއްވި ހުކުމް އޭނާ ފާހަގަކުރެއްވި އެވެ.

ރިޔާޒްގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވީ ފޯނުގައި ހުންނަ މައުލޫމާތުތަކަކީ ޒާތީ އެއްޗެއް ކަމަށާއި ޒާތީ މައުލޫމާތާއި މުއާމަލާތުތައް ހުރުމަތްތެރިވެގެންވާ ކަމަށް ގާނޫނު އަސާސީގެ 24 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި ފޯނަކީ ޒާތީ މައުލޫމާތު ހިމެނޭ އެއްޗަކަށް ވާއިރު، އެފަދަ އެއްޗެއް ހުޅުވައި ނުދިނުމަކީ ތިމާއާ ދެކޮޅަށް އަމިއްލައަށް ހެކިބަސް ނުދިނުމަށް ލިބިފައިވާ ހައްގުގެ ބޭނުން ހިފުމުގެ ގޮތުގައި ބެލެވޭނެ ކަމެއް ކަމަށެވެ. އަދި ތިމާއާ ދެކޮޅަށް ހެކިބަސް ނުދިނުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ވަކީލު އަލީ އަކްބަރު ވެސް ވަނީ މީހެއްގެ ފޯނު ހުޅުވަން އެންގުމުގެ ގާނޫނީ ބާރުވެރިކަން ކޯޓްތަކަށް ލިބިގެންނުވާ ކަމަށް ރިޔާޒުގެ ވަކީލުން ވިދާޅުވާ ވިދާޅުވުމަށް އެއްބަސްވެފަ އެވެ. ނަމަވެސް، އޭނާ ވިދާޅުވީ ގާނޫނެއް ނެތަސް ކޯޓުން ފޯނު ހުޅުވަން އަމުރުކޮށްފިނަމަ އެކަން ކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރިޔާޒްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހަތަރު ފުލުހުންނާއި ފޮރެންސިކް ރިޕޯޓެއްގެ އިތުރުން ކޯޓުން ނެރުނު އަމުރު ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.

ދައުވާއިން ދިފާއުވުމަށް ރިޔާޒްގެ ފަރާތުން ވަނީ، އޭނާގެ މައްޗަށް ނެރުނު އަމުރާއި ފޯނު ހުޅުވަން އަންގައި ނެރޭ އަމުރާ ތަފާތުކަން އެންގުމަށް، ފޯނުތަކެއް ހުޅުވަން އަމުރުކޮށް ކޯޓުން ނެރެފައިވާ ތިން އަމުރެއް ހުށަހަޅާފަ އެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރު 3:00 ގަ އެވެ. އެ އަޑުއެހުމުގައި އޮންނާނީ ހެކީން ހާޒިރުކޮށް ހެކި ބަސް ނެގުމެވެ.

ރިޔާޒްގެ މައްޗަށް ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ހިންގަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ރިޔާޒް ވަނީ ފޯނުގެ ލޮކްކޯޑް ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު