Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ހުތުބާ

މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ފައިސާ އާއި ސިޔާސީ ނުފޫޒު ބޭނުން ކުރޭ: ޚުތުބާ

21 ސެޕްޓެމްބަރު 2018 | ހުކުރު 09:44

މުސްލިމުން ދީނުން ބޭރުކުރުމަށް ތަފާތު ގައުމުތަކުން އެއްބައިވެގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 21 ސެޕްޓެމްބަރު 2018 | ހުކުރު 09:44
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

އިސްލާމްދީނާ ހިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ގިނަ އަދަދެއްގެ ފައިސާ އާއި ސިޔާސީ ނުފޫޒު ބޭނުންކުރާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އިސްލާމް ދީނަށް ނަސްރު ދިނުން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމްދީނާ ހިލާފު ފިކުރުގެ މީހުން އެ މީހުންގެ މިނިވަންކަމުގެ ޝިއާރުތައް ބޭނުންކޮށް އެ މީހުންގެ ދީނަކީ ވަރަށް އޯގާތެރި ދީނެއްކަން މުސްލިމުންނަށް ދެއްކުމަށް މަސައްކަތްކުރާ ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މުސްލިމުން ދީނުން ބޭރުކުރުމަށް ތަފާތު ގައުމުތަކުން އެއްބައިވެގެން ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ހަރުކަށިކަން އިސްލާމީ ބައެއް ގައުމުތަކުން ފެންނަމުންދާ ކަމަށެވެ. އަދި ފަލަސްތީނުގެ މީހުން ދިރިއުޅޭ ދަތިހާލު ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޚުތުބާގައި ބުނީ މި ވަތަނުގައި އިސްލާމްދީން ދެމެހެއްޓުމަށް ގިނަ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. ދަރިންނަށް އިސްލާމްދީން އޭގެ ފުރިހަމަ ގޮތުގައި އުނގަންނައިދޭން ސަރުކާރުންނާއި ބެލެނިވެރިން މަސައްކަތް ކުރަންޖެހޭ ކަމަށާއި، އިސްލާމްދީން ހިމާޔަތް ކުރުމަށްޓަކައި، އެދީން އުނގެނުމާއި އެދީނާ އެއްގޮތަށް އަމަލުކުރުމަކީ ކޮންމެ މުސްލިމަކަށް ލާޒިމު ކަމެއް ކަމަށެވެ. ޚުތުބާގައި ބުނީ ޤުރުއާން ކިޔަވަން ދަސްކޮށްދީ ހަތިމްކޮށްދީ ޤުރުއާނުގެ މިންވަރެއް ހިތުދަސްކޮދިނުން ބެލެނިވެރިންނާއި، ކަމާބެހޭ މުއައްސަސާތަކަށް ލާޒިމުވާ ކަމަށެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވޭ "އަދި ޔަހޫދީން ވެސް ނަސާރާއިން ވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބާވެ ވަޑައިގެންފުމަށް ދާންދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން މާތްﷲގެ މަގު އެއީ ތެދުމަގެވެ. އަދި ކަށަވަރުން ވެސް ކަލޭގެފާނުގެ އަރިހަށް އިލްމުގެ ތެރެއިން އައި ކަންތަކަށް ފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަސްރުދޭނޭ މީހަކު ވެސް ނުވާނެއެވެ"

ދިވެހިރާއްޖެ އިސްލާމްވުމާ އެކު ރާއްޖޭގެ ރައްޔިތުން އިސްލާމްދީނުން ބޭރަށް ނެރެވޭތޯ އެކި ދުވަސްވަރު ތަފާތު އެތަކެއް މަސައްކަތް ކޮށްފައިވާކަން ތާރީހުން ހެކިދޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެންމެ ފާޅުކަންބޮޑު ގޮތެއްގައި މިކަން ކޮށްފައި ވަނީ ޕޯޗުގީޒު އިސްތުމާރުގެ ޒަމާނުގައި ކަމަށެވެ. އަދި އިސްތިއުމާރަކީ ގައުމުތަކުން އެކި ގައުމުތަކަށް އަރައި އެގައުމުތަކުގެ މީހުން އެމީހުންގެ ދީނުން ބޭރުކަމުން އައި ކަމަށާއި، ރާއްޖޭން ވެސް ގަދަކަމުން އެމީހުންގެ ދީނަށް ވެއްދޭތޯ ގިނަގުނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ މަސައްކަތް ނާކާމިޔާބުވެ، ރާއްޖެ އިސްލާމް ދީންމަތީ ދެމިއޮތީ މާތް ﷲގެ ފަޟްލުވަންތަކަމާއި ބޮޑުތަކުރުފާނުގެ އަގުހުރި ޖިހާދާއި މިންނެތް މަސައްކަތްފުޅުގެ ސަބަބުން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވޭ "އެއުރެން އެދެނީ ﷲގެ ނޫރުފުޅު (އެބަހީ: އިސްލާމްދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވާލުމަށެވެ. ނަމަވެސް ކާފިރުން ކިތަންމެ ނުރުހުނަސް ﷲ، އެކަލާނގެ ނޫރުފުޅު ފުރިހަމަ ކުރެއްވުމަށް މެނުވީ އެކަލާނގެ އިރާދައެއް ނުކުރައްވަތެވެ."

ޚުތުބާގައި ބުނީ މީސްތަކުން އިސްލާމްދީނާ ދުރުހެލިވަމުން ދިޔަވަރަކަށް އެ މީހުންގެ ސުލޫކާއި އުޅުންތައް ނުބައިވެ އެބަޔަކު ހަލާކުވެދާނެ ކަމަށާއި، ސިޔާސީ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމުގެ ލަގަން އޮތީ ﷲ ރުއްސަވާ އިސްލާމްދީނުގައި އަޅަމެން ހިފެހެއްޓި މިންވަރެއްގެ މަތީގައި ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް