Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ދީދީގެ އިލްތިމާސް ޝިޔާމަށާއި ނަވާޒަށް: ހައްގު ދިފާއު ކުރަން ހުވާ ނަގާނުލާ!

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 19:56

ރައްޔިތުންގެ މަންދޫބުންގެ ޒިންމާއަކީ ގާނޫނުތައް ދެމެހެއްޓުންކަމަށް ޑީޑީ ވިދާޅުވި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 19:56
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫގައި ބޭއްވި ޖަލްސާގައި ޑީޑީ ވާހަކަފުޅު ދައްކަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫގައި ބޭއްވި ޖަލްސާގައި ޑީޑީ ވާހަކަފުޅު ދައްކަވަނީ

އެކެއްގެ ހައްގު ދިފާއުކުރުމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ނަގާނުލުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމަށާއި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ އިލްތިމާސް ކުރައްވައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ ގައުމު އަޑިގަނޑަކަށް ވައްޓާލައި އެކެއްގެ މަސްލަހަތު ދިފާއު ކުރުމުން ދުރުވުމަށާއި ﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނެވި ޒިންމާ އަދާކުރެއްވުމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަންދޫބުންގެ ޒިންމާއަކީ ގާނޫނުތައް ދަމަހައްޓާ، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާ ކުރުމުގެ އިތުރުން އިންސާފު ގާއިމް ކުރުން ކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި އެކަމަކީ ﷲ ސުބްހާނަހޫ ވަތައާލާ އަންގަވާފައި އެންމެ މުހިންމު އެއް އަމުރުކަމަށް ޑީޑީ ވިދާޅުވިއެވެ.

"އެއީ އިލްކްޝަން ކޮމިޝަނުކަމުގައި ވިޔަސް، ދިވެހި ފުލުހުން ކަމުގައި ވިޔަސް، ދިވެހި ސިފައިން ކަމުގައި ވިޔަސް މިއިން ކޮންމެ ބައެއްގެ ހުވާގައި، ހުވާކޮށްގެން ތިބީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ، ގާނޫނު އަސާސީއާ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ، އަދި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ﷲ ގަންދީ ހުވާކޮށްގެން"

ޑީޑީ ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަނީ ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ދެމިއޮންނާނީ ރައްޔިތުންނާއެކު ކަމަށެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ވެރިއަކު އައްޔަން ކުރުމަކީ ރައްޔިތު މީހާގެ ހައްގެއް ކަމަށާއި އެއްވެސް ހާލަތެއްގައި އެވަގުތަކު ވެރިކަން ކުރަން ހުރި މީހެއް ވޯޓުން ބަދަލު ކުރުމަކީ ބަގާވާތަކަށް ނުވާނެ ކަމަށެވެ. ރައްޔިތުންގެ އެފަދަ ނިންމުމެއް ނިންމަން ގާއިމްކޮށްފައިވާ ނިޒާމް ފަސާދަ ކުރަން އުޅުމަކީ ދީނީ އަދި ގާނޫނީ ގޮތުން ބޮޑު ކުށެއް ކަމަށެވެ. އެފަދަ ހާލަތެއްގައި ﷲ ގަންދީ ހުވާ ކޮށްގެން ތިބި މީހުންނަށް އެ ތިބެވެނީ ކުރި ހުވަޔާވެސް ޚިލާފުވެގެން ކަމަށާއި ރައްޔިތުންނަށްވެސް ހަރާމްކޯރުވެގެން ކަމަށް ދީދީ ވިދާޅުވިއެވެ. އެކަހަލަ ކަމެއް މެދުވެރިވެއްޖެނަމަ ﷲ ގަންދީ ހުވާ ކުރައްވައިގެން ތިއްބެވި އިލެކްޝަންސް ކޮމިޝަނުންވެސް ޒިންމާ ނަގަން ޖެހޭނޭ ކަމަށް ޑީޑީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް