Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިރާގު

ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސްތަކުގެ ތެރޭގައި ދިރާގު ހިމެނިއްޖެ!

މިއީ މިފަދަ ޝަރަފުވެރި ބައިނަލް އަގުވާމީ އެވޯޑެއް ދިވެހި ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 14:54
ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސްތަކުގެ ތެރޭގައި ދިރާގު ހިމެނިއްޖެ

ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސްތަކުގެ ތެރޭގައި ދިރާގު ހިމެނިއްޖެ

ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓަރާންސްފޯމޭޝަންގެ އެވޯޑް 2018 ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސްގައި ދިރާގު ހިމެނިއްޖެއެވެ.

މިއީ މިފަދަ ޝަރަފުވެރި ބައިނަލް އަގުވާމީ އެވޯޑެއް ދިވެހި ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

Advertisement - businessAdvertisement

"ރީބްރޭންޑް" އަކީ ދުނިޔޭގެ ބްރޭންޑް ޓްރާންސްފޯމޭޝަންތަކާއި ބެހޭގޮތުން ދިރާސާކުރާ އެންމެ ފުންނާބު އުސް ފަރާތެވެ. އެގޮތުން "ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސް" އަކީ "ރީބްރޭންޑް" އިން ދުނިޔޭގެ ބްރޭންޑް ޓްރާންސްފޯމޭޝަންތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި އެވޯޑެވެ.

މި އެވޯޑުގެ ޖަޖިން ޕެނަލްގައި ހިމެނެނީ ކަމަށް ގާބިލު ބައިނަލްއަގުވާމީ އިންޑަސްޓްރީ އެކްސްޕަރޓުންނެވެ. އަދި މި ޕެނަލް އިން ވަނީ 42 ގައުމެއްގެ 37 އިންޑަސްޓްރީގެ ބްރޭންޑް ތަށް ދިރާސާ ކޮށްފައެވެ.

2018 ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސް އިން ބުނާ ގޮތުގައި، އެވޯޑް ދިނުމުގައި ބަލާފައިވާ މައިގަނޑު ކަންތައްތަކަކީ އެންމެ ފުރިހަމައަށް ބްރޭންޑް ޓްރާންސްފޯމޭޝަންގެ ސްޓެރެޓެޖީތައް އެ ކުންފުންޏެއްގެ ސްޓްރެޓިޖިކް މަގުސަދާއި ކުންފުނީގެ އަމާޒާއި އެންމެ ގުޅޭ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ވޭތޯއެވެ.

"ގިނަ ބައިނަލް އަގުވާމީ ބްރޭންޑް ތަކަކާއި އެކު މިފަދަ އެވޯޑެއްގައި ދިވެހި ކުންފުންޏެއް ހިމެނި، ދިރާގުގެ ނަން ފަވާލެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި ޝަރަފެއް. އަޅުގަނޑުމެންގެ ބްރޭންޑް އަށް ގެނެވުނު ބަދަލާއެކު ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ކަސްޓަމަރުން ބްރޭންޑަށް މި ގެނައި ބަދަލު ބަލައިގަތް ކަމީ އަޅުގަނޑުމެން ވަރަށް އުފާ ކުރާ ކަމެއް. މި ގެނައި ބަދަލަކީ ހަމައެކަނި ކުންފުނީގެ ލޯގޯ އާއި ކުލައަށް ގެނައި ބަދަލެއް ނޫން، މިއައި ބަދަލާއެކު ކުންފުނިން ދޭ ހިދުމަތްތައް ކަމަށްވާ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ފަދަ ހިދުމަތްތަކަށް ވަނީ އިންގިލާބީ ބަދަލުތައް ގެނެސްފައި. މީގެ އިތުރުން އައިޕީ ޓީވީ އަދި މޯބައިލް މަނީ ގެ ހިދުމަތް ފަދަ އައު ޑިޖިޓަލް ހިދުމަތްތައް ވަނީ ތައާރަފްކޮށްފައި. މި ބަދަލަކީ ކުންފުނީގެ ސްޓްރެޓިޖިކް މަގުސަދާއި އަމާޒަށް ފެތޭ ގޮތަށް ގެނައި ބަދަލެއް. މި އައު ބްރޭންޑިންގ އިން ހާމަވެގެން ގޮސްފައި ވަނީ ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރު ހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޑިޖިޓަލް ހިދުމަތް ފޯރުކޮށް ދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއްކަން" ދިރާގުގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

ދިރާގުން ވަނީ މިދިޔަ އަހަރުގެ މޭ 24 ވަނަ ދުވަހު ކުންފުނީގެ މައިގަނޑު ކުލައަކަށް އޮރެންޖް ހިޔާރުކޮށް މުޅިން އާ ލޯގޯއެއް ތައާރަފް ކޮށްފައެވެ. ޒަމާނީ ވިސްނުމާއި، އުޖާލާ މުސްތަޤްބަލަކާއި އެކުވެރިކަން ރަމްޒުކޮށްދޭ ގޮތަށް ދިރާގުގެ މި ބްރޭންޑް ކަށަވަރުކޮށްދީފައި ވަނީ ދިރާގަކީ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވާ ނުވަތަ ލައިފްސްޓައިލް ޑްރިވަން ޑިޖިޓަލް ސާރވިސަސް ކުންފުންޏެއް ކަމެވެ.

"ޓޭކް އޮން ޓުމޯރޯ" ނުވަތަ "މުސްތަޤްބަލަށް ފުރިހަމައަށް ތައްޔާރު" މި ޝިއާރު ހިޔާރުކޮށް، މި ބްރޭންޑިންގް އަކީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ދިރާގު ތައްޔާރަށް އޮތްކަން ދޭހަކޮށްދޭ ބަދަލެކެވެ. އާ ބްރޭންޑިންގ އާއެކު ދިރާގުގެ މަޤްސަދަކަށް ވެގެން ދިޔައީ ކަސްޓަމަރުން ބާރުވެރިކޮށް ޑިޖިޓަލް މުސްތަޤްބަލުގެ ބޭނުން އެންމެ ފުރިހަމަ އަށް ފޯރުކޮށް ދިނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލިގާ ހާޑުވެޔަރ އިން މެޓާބޯ ބްރޭންޑް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި

ވެލިގާ ހާޑުވެޔަރ އިން މެޓާބޯ ބްރޭންޑް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި

03 އޮކްޓޯބަރު 2017
މަންޗީސް ބްރޭންޑްގެ ކްރިމްކްރޭކަރ ބިސްކޯދު ރާއްޖެއަށް ތައާރަފުކޮށްފި

މަންޗީސް ބްރޭންޑްގެ ކްރިމްކްރޭކަރ ބިސްކޯދު ރާއްޖެއަށް ތައާރަފުކޮށްފި

17 ސެޕްޓެމްބަރު 2017
އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި

އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި

20 އޯގަސްޓު 2017
 "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް

"އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް

01 އޯގަސްޓު 2017
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

10 ޖޫން 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު