Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވެލިގާ ހާޑްވެޔަރ

ވެލިގާ ހާޑުވެޔަރ އިން މެޓާބޯ ބްރޭންޑް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި

ވެލިގާ ހާޑްވެޔަރގެ ދެ ފިހާރައިން މެޓާބޯ ޓޫލްސް ލިބެން ހުންނާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2017 | އަންގާރަ 14:03
ވެލިގާ ހާޑްވެޔަރ އިން މެޓާބޯ ބްރޭންޑްގެ ޓޫލްތައް ރާއްޖޭގެ މާކެޓަށް ތައާރަފް ކުރުން

ވެލިގާ ހާޑްވެޔަރ އިން މެޓާބޯ ބްރޭންޑްގެ ޓޫލްތައް ރާއްޖޭގެ މާކެޓަށް ތައާރަފް ކުރުން

ވެލިގާ ހާޑުވެޔަރ އިން ޖަރުމަނުވިލާތުގެ ބްރޭންޑެއް ކަމުގައިވާ މެޑާބޯގެ ހާޑްވެޔަރ ސާމާނު ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެލިގާ ހާޑްވެޔަރގެ މެނޭޖިންގ ޑިރެކްޓަރ ޒައިދު މުހައްމަދު ވިދާޅުވީ، މެޓާބޯގެ އުފެއްދުންތަކަކީ، ރައްކާތެރި ކަމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދީފައިވާ އުފެއްދުންތަކެއް ކަމަށެެވެ. މި ފަދަ ޕްރޮޑަކްޓެއް ރާއްޖޭގެ މާކެޓަށް ގެނައުމުގެ ސަަބަބުން ވަރަށް ބޮޑު ފަސޭހައެއް ޕަވަރ ޓޫލް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ރާއްޖޭގެ މާކެޓަށް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އަދި މިއަދު ތައާރަފް ކުރެވިގެންދާ މެޓާބޯ އަކީ ޕަވަރ ޓޫލްސް އާއި ބެޓެރި ޓެކްނޮލޮޖީގައި ވެސް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް." ޒައިދު ވިދާޅުވި އެވެ.

ވެލިގާ ހާޑްވެޔަރގެ ޑިރެކްޓަރ އައްބާސް މުހައްމަދު ވިދާޅުވީ، މެޓާބޯ ބްރޭންޑް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފައިވާ އިރު މިވަގުތު ވެލިގާ ހާޑްވެޔަރ އިން މެޓާބޯގެ 100 ޕްރޮޑަކްޓް ލިބެން ހުންނާނެ ކަމަށެވެ. މެޓާބޯ ބްރޭންޑްގެ 3000 ވުރެ ގިނަ ޕްރޮޑަކްޓްތަކާއި އެކްސެސަރީސް މާކެޓްގައި ހުރެ އެވެ.

މިހާރު ހުޅުވާލާފައިވާ ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ މެޓާބޯ ޓޫލް އަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި މެޓާބޯގެ ކޮންމެ 1000ރ. ގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ ކަމަށް ވެލިގާ ހާޑުވެޔަރ އިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެއްވަނަ އަށް ދާ ފަރާތަކަށް 15000ރ. ގެ ވައުޗާއެއް ލިބޭ އިރު ދެވަނަ އިނާމަކަށް 10000ރ. އަދި ތިން ވަނަ އިނާމަކަށް 5000ރ.ގެ ވައުޗަރއެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ. މީގެ އިތުރުން ކޮންމެ ވިޔަފާރި އަކަށް 100ރ. ގެ އެކްސެސަރީސް ހިލޭ ލިބިގެންދާނެ އެވެ. އަދި 10000ރ. އިން މަތީގެ ވިޔަފާރިއަކަށް 1000ރ. އެކްސެސަރީސް ހިލޭ ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ، އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވެލިގާ ހާޑްވެޔަރގެ ފަސް ފިހާރަ ގާއިމް ކުރެވިފައި ހުންނަ އިރު މާލޭގެ މަޖީދީ މަގުގައި ހުންނަ ވެލިގާ ހާޑްވެޔަރ ފިހާރައިންނާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވެލިގާ ހާޑްވެޔަރ ފިހާރައިން މެޓާބޯ ބްރޭންޑްގެ ޓޫލްތައް ލިބިގެންދާނެ އެވެ.

މެޓާބޯ އުފެއްދުންތައް އީޖާދު ކުރަނީ އެ އާލާތްތައް ބޭނުން ކުރާ މީހާގެ ރައްކާތެރި ކަމަށް އިސްކަން ދީގެންނެެވެ. މެޓާބޯގެ އުފެއްދުންތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން އެ އުފެއްދުންތައް މަރާމާރު ކޮށްދިނުމުގެ ހިދުމަތް ވެސް ވެލިގާ ހަޑްވެޔަރ އިން ލިބިގެންދާނެ އެވެ. އަދި އެއް ބެޓެރިއެއް މެޓާބޯގެ ހުރިހާ އުފެއްދުންތަކެއްގައި ބޭނުން ކުރެވޭ އިރު އެ އުފެއްދުމުގެ އިންޓެލިޖެންޓް ބެޓެރި މެނޭޖްމެންޓްގެ ސަބަބުން ބޭނުންކުރާ ބެޓެރީގެ އުމުރު ދިގުވެ އެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
11 މާރިޗު 2017

ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން

11 މާރިޗު 2017
ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު