Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަންޗީސް ބްރޭންޑް

މަންޗީސް ބްރޭންޑްގެ ކްރިމްކްރޭކަރ ބިސްކޯދު ރާއްޖެއަށް ތައާރަފުކޮށްފި

މަންޗީސް ކްރިމްކްރޭކަރ ބިސްކޯދުގެ ރަހަ ބެލުމުގެ ހަރަކާތެއް ހޯމަ ދުވަހު ހެނދުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 14:50
މަންޗީސް ބްރޭންޑްގެ ކްރިމްކްރޭކަރ ބިސްކޯދު

މަންޗީސް ބްރޭންޑްގެ ކްރިމްކްރޭކަރ ބިސްކޯދު

މެލޭޝިޔާ ކުންފުންޏެއް ކަމަށްވާ މަންޗީސް ކުންފުނީގެ ކްރިމްކްރޭކަރ ބްރޭންޑްގެ ބިސްކޯދު ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މި ކްރިމްކްރޭކަރ ބިސްކޯދު ރާއްޖެއަށް ތައާރަފުކޮށްފައިވަނީ ޕިރަމިޑްގެ ފަރާތުންނެވެ.

ޕިރަމިޑްގެ މާކެޓިންގް މެނޭޖަރ މުހައްމަދު ސޮބާހު ވިދާޅުވީ މި ކްރިމްކްރޭކަރ ބިސްކޯދުގެ ޙާއްސަ ސިފައަކީ "ޑިޕް ސައިޒަށް" ބިސްކޯދު ފަރުމާކުރެވިފައިވުން ކަމުގައެވެ. އެހެން ކަމުން ބިންދާލަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސޮބާހު ވިދާޅުވީ މި ބިސްކޯދުގެ ރަހަ ވަރަށް މީރުވާނެ ކަމަށާއި މި ބިސްކޯދަކީ ތެޔޮ މަދުކޮށް ސިއްހަތަށް ފައިދާ ވާ ގޮތަށް ތައްޔާރުކުރެވިފައިވާ ބިސްކޯދެއް ކަމަށެވެ.

ޕިރަމިޑް އިން ވަނީ 15 ސެޕްޓެމްބަރ 2017 އިން 31 ޑިސެމްބަރ 2017 އަށް ޕްރޮމޯޝަން އެއްވެސް ފަށާފައެވެ. އެގޮތުން ވީކްލީ ޕްރައިޒެއްގެ ގޮތުން މި ބިސްކޯދު ބައްލަވައި ގަތުމުން ގުރުއަތުން ހޮވޭ ފަރާތަކަށް މަންޗީސް ޕެކެއް ލިބިގެންދާނެ ކަމަށާއި ގްރޭންޑް ޕްރައިޒެއްގެ ގޮތުން 50 އިންޗީގެ ހައިސަން ޓީވިއެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަންޗީސް ކްރިމްކްރޭކަރ ބިސްކޯދުގެ ރަހަ ބެލުމުގެ ހަރަކާތެއް ހޯމަ ދުވަހު ހެނދުނު 9 އަކުން ރޭގަނޑު 10 އަކަށް އެސްޓީއޯ ޓްރޭޑް ސެންޓަރ (ޕިރަމިޑް ކުރިމަތީ) ގައި ކުރިއަށްދާނެ އެވެ.

މި ބިސްކޯދު ބާޒާރުގައި ވިއްކަން ހުންނާނީ 25 ރުފިޔާ އަށެވެ. އަދި މި ބިސްކޯދަކީ ދަތުރު ފަތުރު ކުރާއިރު ގެންގުޅެވޭ ގޮތަށް ހެޔޮވަރު ސައިޒަކަށް ޕެކެޓްކޮށްފައިވާ ބިސްކޯދެކެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު