Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އައިސީޓީގެ މައި މަރުކަޒަކަށް ފުވައްމުލަކު ހަދާނަން: އިބޫ

19 ސެޕްޓެމްބަރު 2018 | ބުދަ 19:23

25 އަހަރު ވެސް ދެއްކީ އަސްލު ސޫރަ: އިބޫ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 19 ސެޕްޓެމްބަރު 2018 | ބުދަ 19:23
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އައިސީޓީ)ގެ ދާއިރާއިން ގައުމީ ޔުނިވާސިޓީގައި ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީގެ މައި މަރުކަޒަކަށް ފުވައްމުލަކު ސިޓީ ހައްދަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެ ސިޓީއަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް އިއުލާން ކުރައްވާފައެވެ.

Advertisement - newsAdvertisement

ފުވައްމުލަކުގެ ހުރިހާ ބޮޑު މަގެއްގައި ތާރު އަޅައި، ގިރާ ސަރަހައްދު ހިމާޔަތްކޮށް، ފަތާ ފެންގަނޑެއް ހަދާނެ ކަަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެ ރަށުގައި ސިޓީ ހޮޓަލެއް ގާއިމުކޮށް، އެ ރަށުގައި 1000 ޓޫރިސްޓު އެނދު ތަރައްގީ ކުރައްވާނެ ކަމަށެވެ.

ފުވައްމުލަކަކީ ތައުލީމީ ގިނަ ބަޔަކު އުފެއްދި ރަށެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސީޓީގައި އައިސީޓީއަށް ހާއްސަ ފެކަލްޓީއެއް ހައްދަވާނެ ކަމަށާއި އެ ފެކަލްޓީގެ މައި މަރުކަޒަކަށް ފުވައްމުލަކު ހައްދަވާނެ ކަމަށެވެ. ތާރީހީ މުހިއްމު ބިނާތަކެއް ހުރި ފުވައްމުލަކުގައި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އޯޕަން މިއުޒިއަމެއް ތަރައްގީ ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ފުވައްމުލަކުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އިބޫ ވިދާޅުވީ ވޭތުވެދިޔަ 25 އަހަރު އެމަނިކުފާނު ދެއްކެވީ އަސްލު ސޫރަ ކަމަށާއި ދައުލަތުގެ ލޯ ލާރިއެއްގައި ވެސް އެމަނިކުފާނު ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންތައްތަކަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ ވޯޓަކީ، ފައިސާގެ ނޫޓަށް ގަނެވޭނެ އެއްޗެއް ނޫންކަން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ނިންމުން ބަދަލު ކުރާނެ މުއައްސަސާއެއް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
11 ފެބުރުއަރީ 2017

ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ފެބުރުއަރީ 2017
ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް