Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުން ކުރާނެކަމަށް ބުނަނީ ބިރު ދައްކަން: ޕީޕީއެމް

19 ސެޕްޓެމްބަރު 2018 | ބުދަ 14:56

ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ ނޫސްވެރިންނަށް ދައްކާލައިފައިވަނީ މެލޭޝިޔާގައި ކުރިއަށްގެންދިޔަ ކެމްޕޭން ހަރަކާތަށްފަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ސެޕްޓެމްބަރު 2018 | ބުދަ 14:56
ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ މަސައްކަތް ކުރާގޮތް ނޫސްވެރިންނަށް މެލޭޝިއާގައި ދައްކާލަނީ

ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ މަސައްކަތް ކުރާގޮތް ނޫސްވެރިންނަށް މެލޭޝިއާގައި ދައްކާލަނީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް، އެމްޑީޕީ ބޭނުންކުރާނެކަން އިއުލާންކުރި އިންސާނާގެ ސޫރައިން އޭނާގެ ވަނަވަރު ދެނެގަންނާނެ ގޮތް ނުވަތަ ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރާނެކަމަށް އެޕާޓީން ބުނަނީ ބިރުދެއްކުމަށް ކަމަށް ވެރިކަންކުރާ ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެފަދަ ޓެކްނޮލޮޖީއެއް ހަދާފައިވާ ކަމަށް ބުނެ ވާހަކަ ދައްކަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށެވެ. އެފަދަ ސޮފްޓްވެއަރއެއް މިހާތަނަށް އުފެއްދިފައި ނެތްކަމަށް ވިދާޅުވެ ނިހާނު ވިދާޅުވީ އެފަދަ ސޮފްޓްވެއަރއެއް އުފެއްދިފައިވާނަމަ އެޕަލް އެންޑްރޮއިޑް ކަހަލަ ބޮޑެތި ޕްލެޓްފޯމްތަކުން އެ ސޮފްޓްވެއަރ މިލިއަނުން ގަންނާނެކަމަށެވެ.

Advertisement - newsAdvertisement
"މިހާރު ކުއްލިއަކަށް ވަރަށް ބޮޑު މާސިންގާ ވާހަކައަކަށް ވެގެން ކިއުގައި ވޯޓުލާން ތިބޭ މީހުން ނުވަތަ ވޯޓުލާފަ ނިކުންނަ މީހުން ދެނެގަންނާނެ ސޮފްޓްވެއަރއެއް މިމީހުންނަށް އުފެދިއްޖެ. މިވަރުގެ ސޮފްޓްވެއަރއެއް އުފެދިއްޖެނަމަ މިމީހުން ރާއްޖެއަކު މި ބޭނުންކުރާކަށް މަޑެއް ނުކުރާނެ. އެޕަލް އެންޑްރޮއިޑް ކަހަލަ ބޮޑެތި ޕްލެޓްފޯމްތަކުން ބޮޑެތި ގައުމުތަކުން މި ސޮފްޓްވެއަރ ގަންނާނެ މިލިއަނުން ޑޮލަރު ދީފައި. އެހެންވީމަ އެއްވެސް ކަމެއް ވެގެން ނޫން މިއުޅެނީކީ. ހަމަ އެއްކަލަ މީހުންގެ ހިތަށް ބިރުވެރިކަން ގެނައުމަށްޓަކައި ނުވަތަ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ހަމަ ކަނޑައެޅިގެން ދޫކޮށްލި ދޮގު ޚަބަރެއް މިއީ، އެއްވެސް ގޮތަކަށް ތަރުތީބު ކުރުވަނިވި އެއްވެސް އުސޫލަކުން ތަނަކުން ހިނގާފައި އަންނަ ބަޔަކު ކިޔޫގައި ތިބި ބަޔަކު ވޯޓުދޭނެ ގޮތް އެމީހުންގެ މޫނު މައްޗަކުން ނުފެންނާނެ ނުވެސް އެނގޭނެ. އެތިއްބެވި ހިސާބުގެ ޕްރޮފެސަރުން އަޅުގަނޑަށް ހީވަނީ އެ ތިއްބަވަނީ ވަރަށް އިހުޒަމާނުގައިހެން،" ނިހާނު ވިދާޅުވިއެވެ.

ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ އަކީ ނެތް ޓެކްނޮލޮޖީއެއްކަމަށް ނިހާނު ވިދާޅުވާއިރު އޭޝިއާ ސަރަހައްދުގައި ވެސް އެ ޓެކްނޮލޮޖީ އޭޝިއާގެ ޤައުމުތަކުގައި ބޭނުންކުރެއެވެ. މަގުތަކާއި މީހުން އެއްވެ އުޅޭ ތަންތަނުގައި ފޭސް ރެކޮގްނިޝަން ކެމެރާ ހަރުކޮށްގެން، މޮނީޓާ ކުރަމުންދާ އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާގެ އިތުރުން ޗައިނާ ހިމެނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ދިމާކޮށް، އެމްޑީޕީއިން ބޭނުންކުރާނެކަން އިއުލާންކުރި އިންސާނާގެ ސޫރައިން އޭނާގެ ވަނަވަރު ދެނެގަންނާނެ ގޮތް ނުވަތަ ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ ނޫސްވެރިންނަށް ދައްކާލާފައިވަނީ މެލޭޝިޔާގައި ކުރިއަށްގެންދިޔަ ކެމްޕޭން ހަރަކާތަށްފަހު މިމަހުގެ 14 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް