Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ބެލުމުގެ ދަށުގައި ތ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 6 ކުއްޖަކު މި އަހަރު ފޮސްޓަރކޮށްފި

16 ސެޕްޓެމްބަރު 2018 | އާދީއްތަ 19:24

އާއިލާތަކާއި ހަވާލުކުރެވުނު ކުދިންގެ ތެރޭގައި ހިމެނެނީ ފިޔަވަތީގައި ދިރިއުޅޭ ކުދިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 19:24
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ

ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން 6 ކުއްޖަކު މި އަހަރު ފޮސްޓަރކޮށްފިއެވެ.

އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފޮސްޓަރކުރުމަށް އާއިލާތަކާއި ހަވާލުކުރެވުނު ކުދިންގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ފިޔަވަތީގެ 6 ކުދިންނެވެ. އެއީ އުމުރުން 5 މަހާއި 11 އަހަރާ ދެމެދުގެ 3 ފިރިހެން ކުދިންނާއި 3 އަންހެން ކުދިން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

ފޮސްޓަރކުރެވުނު ކުދިންގެ އިތުރުން، މި މުއްދަތުގެ ތެރޭގައި 10 ކުއްޖަކު ވަނީ އެ ކުދިންގެ އާއިލާތަކާ "ރީއިންޓަގްރޭޓް" ކުރުމުގެ ތެރެއިން ހަވާލުކޮށްފައެވެ. މި ކުދިންގެ ތެރޭގައި ހިމެނެނީ ފިޔަވަތި އަދި ވިލިމާލޭގައި ގާއިމުކުރެވިފައިވާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 8 މަހާއި 17 އަހަރާ ދެމެދުގެ 6 ފިރިހެން ކުދިންނާއި 4 އަންހެން ކުދިންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިން ފޮސްޓަރކުރުމަށް އަދި ރީއިންޓަރގްރޭޓް ކުރުމަށް ނިންމަނީ ފޮސްޓަރކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޤާބިލު ފަރާތްތައް ދެނެގަތުމަށް ފަހު ފޮސްޓަރ ޕެނަލުން ކަމަށާއި ފޮސްޓަރ ޕެނަލަކީ މިނިސްޓްރީ އާއި ކަމާބެހޭ ދާއިރާތަކާއި މަދަނީ ޖަމުއިއްޔާތައް ތަމްސީލުކުރާ މަންދޫބުން ހިމެނޭ ގޮތަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އެކުލަވާލައިފައިވާ ކޮމިޓީއެކެވެ.

ކުދިންނަށް އެންމެ ރަނގަޅީ އާއިލާއެއްގެ ލޯތްބާއި އަޅައިލުމާއެކު ބޮޑުވުން ކަމުގައިވާތީ "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރުމާ ބެހޭ އުސޫލު"ގެ ދަށުން ކުދިން ފޮސްޓަރކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ ހާއްސަ ޝަރުތުތަކެއްގެ މަތިން ކުދިންގެ ބެލެނިވެރިކަން އަންނަނީ ހަވާލުކުރަމުންނެވެ.

ފޮސްޓަރ ޕެނަލް މެދުވެރިކޮށް މިދިޔަ އަހަރު ވެސް 7 ކުއްޖަކު ފޮސްޓަރކޮށް، 20 ކުއްޖަކު ރީއިންޓަރގްރޭޓް ކުރެވިފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް