Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ޕީޕީއެމްގެ އެތައް ބަޔަކު މިހަފުތާގެ ތެރޭގައި ޔާމީނާ ދެކޮޅަށް ނިކުންނަތަން ފެންނާނެ: ނާދިރާ

16 ސެޕްޓެމްބަރު 2018 | އާދީއްތަ 16:23

ރައީސް ޔާމީނަށް ރައީސް ޔާމީންގެ ސައިޒް ފެނިގެންދާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 16:23
އާމިނަތު ނާދިރާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އާމިނަތު ނާދިރާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ޕީޕީއެމްގެ ގިނަ އަދަދެއްގެ ބަޔަކު މިހަފުތާގެ ތެރޭގައި ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށް ނިކުންނަތަން ފެނިގެންދާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނާއިބު ލީޑަރ އަދި މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރއެމް)ގެ މެމްބަރު އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ހޯއްދެވުމަށް އެމްއާރުއެމްގެ ޓީމް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާދިރާ ވިދާޅުވީ މިހާރު އަތޮޅުތަކަށް ކުރަމުންދާ ދަތުރުތަކަކީ ޕީޕީއެމްގައި ތިބި ރައީސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކާ ބައްދަލު ކުރުމަށް ކުރަމުންދާ ދަތުރުތަކެއް ކަމަށާއި މިދަތުރުން ފެނިގެންދަނީ ރައީސް މައުމޫނަށް ތާއީދު ކުރާ މީހުން އެއްގޮތަކަށް ވެސް ރައީސް ޔާމީނަށް ތާއީދު ނުކުރާތަން ކަމަށެވެ. ތާއީދު ނުކުރާ ސަބަބަކީ އަނިޔާވެރިކަން ކަމަށާއި ޕާޓީގެ ތެރޭގައި ހިނގާފައިވާ ކަންކަން އެފަރާތްތަކަށް މިހާރު ސާފުވެގެން ދިއުން ކަމަށެވެ.

Advertisement - newsAdvertisement
"ރައީސް މައުމޫނާ ނުލައި ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެކަން ވަރަށް ސާފުކޮށް މިފަހަރު ރައީސް ޔާމީނަށް އަޅުގަނޑުމެން ދައްކާލާނަން" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ޤަވާއިދު ބުނާގޮތުން އަދިވެސް ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫން ކަމަށާއި ކިތައްމެ ވަރެއް އަރުވާ ރައީސް މައުމޫން ޕާޓީން ބޭރު ކުރެއްވި ކަމުގައިވީ ނަމަވެސް ޕީޕީއެމްގެ ރައީސެއް ބަދަލު ނުވާ ކަމަށެވެ.

ނާދިރާ ވިދާޅުވީ އިރާދަކުރެއްވިއްޔާ 17 ނޮވެމްބަރަކީ ރައީސް މައުމޫނަށް ދިން އަނިޔާގެ ބަދަލުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ އަދި ހައްޔަރުކޮށްފައިވާ އެހެނިހެން ސިޔާސީ ބޭފުޅުން މިނިވަންވެގެންދާނެ ދުވަސް ކަމަށެވެ. އެކަން މުޅި ރާއްޖެއިން ފެންނަމުން ދާކަމަށާއި ރައީސް ޔާމީނަށް ރައީސް ޔާމީންގެ ސައިޒް މިހާރު ވަރަށް ރަނގަޅަށް އެނގިގެންދާނޭ ކަމަށް ނާދިރާ ވިދާޅުވިއެވެ.

ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާދިރާ ވިދާޅުވީ މިފެށުނު ހަފްތާއަކީ ޕީޕީއެމްގައި ތިބި ރައީސް މައުމޫނަށް ތާއީދުކުރާ ވަރަށް ގިނަ ފަރާތްތައް ވަރަށް ހަރަކާތްތެރިކަމާއެކު ފެނިގެންދާނެ ހަފުތާއެއް ކަމަށެވެ.

"ވަރަށް ގިނަ ބޭފުޅުން މިހާރުވެސް ނުކުމެވަޑައިގެންފި. ލ އަތޮޅަކީ އޭގެ ނަމޫނާ އަތޮޅެއް. ހަމަ އެގޮތަށް އެހެން ރަށްރަށުގައި ވެސް. އަޅުގަނޑުމެން މިކުރި ދަތުރުތަކުގައި އަޅުގަނޑުމެންނާ ބައްދަލުކުރޭ. އެ އެކްޓިވްނެސް މިހަފުތާގެ ތެރޭގައި ވަރަށް ބޮޑަށް ފެނިގެންދާނެ. އިރާދަކުރެއްވިއްޔާ މިއީ ވަރަށް ރަނގަޅު ބަދަލެއް. މިބަދަލު ފެނިގެންދާނީ ދިވެހިރައްޔިތުންގެ އުއްމީދާ ގުޅިގެން ދިވެހި ރައްޔިތުންނަށްޓަކައި މިއަންނަން އުޅޭ ސަރުކާރާއެކު ވާކަން" ނާދިރާ ވިދާޅުވިއެވެ.

މިހާތަނަށް އެމްއާރއެމްގެ ޓީމްތައް ވަނީ ށ، ނ، ރ، ބ އއ، އދ، ވ، މ، ފ، ދ، ތ، ލ އަދި ގދ އަތޮޅަށް ވަޑައިގެންފައެވެ. މީގެއިތުރުން އިންތިހާބުގެ ކުރިން ގއ އަދި އައްޑޫ އަތޮޅާއި ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް