Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ކާށިދޫ އަށް އާ ސްކޫލެއް އަޅައި، ފަޅުތެރޭ ރިސޯޓެއް ހަދާދޭނަން: އިބޫ

16 ސެޕްޓެމްބަރު 2018 | އާދީއްތަ 05:52

ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 05:52
މިއަދު އިބޫ ކާށިދޫއަށް ވަޑައިގަތުމުން އެރަށުން ޒުވާން ކުއްޖަކު ސެލްފީއެއް ނަގަނީ

މިއަދު އިބޫ ކާށިދޫއަށް ވަޑައިގަތުމުން އެރަށުން ޒުވާން ކުއްޖަކު ސެލްފީއެއް ނަގަނީ

ކ.ކާށިދޫގެ ފަޅު ހިއްކައިގެން ރިސޯޓެއް އަޅާދޭނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވައުދު ވެވަޑައިގެންފި އެވެ.

ކާށިދޫއަށް މިއަދު އިބޫ އާއި އެމަނިކުފާނުގެ ރަނިންމޭޓް އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަޑައިގެން ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިބޫ ވަނީ ކާށިދޫއަށް މުހިންމު ވައުދުތަކެއް ވެވަޑައިގެންފައެވެ. މި ގޮތުން ކާށީދޫގައި ވަޒީފާގެ ފުރުސަތު އިތުރުކުރުމަށްޓަކައި ޓޫރިޒަމް ފުޅާކުރުމަށް އެމްޑީޕީގެ ސަރުކާރުގައި ގެންގުޅުނު ވިސްނުމާ އެއްގޮތަށް ރަށުގެ ފަޅުތެރޭގައި ރިސޯޓެއް އެޅިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިބޫގެ ސަޕޯޓަރުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އިބޫ ވަނީ ކާށިދޫގައި އާ ސްކޫލެއް އަޅާދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ތައުލީމީ ސިޔާސަތުގެ ތެރެއިން ކާށިދޫގައި ތައުލީމީ ފެންވަރު މަތި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ކާށިދޫ ކައިރީގައި މަސް ކަނދުފޮއްޗެއް ހަރުކޮށް މި ރަށުގައި ތިބި މަސްވެރިންނަށް ވެސް މަސްވެރިކަން ކުރެވޭނެ ފަސޭހަ ގޮތް ހައްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ފައިސަލް އާއި އިބޫ މިއަދު ކާށިދޫގައި:- އެމަނިކުފާނު ވަނީ ކާށިދޫއަށް ގިނަ ވައުުދުތަކެއް ވެވަޑައިގެންފައި

ގިނަ އަދަދެއްގެ ދަނޑުވެރިން ތިބި މިރަށުގައި ދަނޑުވެރިކަމުގެ ސިޔާސަތުގެ ދަށުން ދަނޑުވެރިން ހައްދާތަކެތި އަވަހަށް ވިއްކޭނެ ގޮތް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަން ކުރުމަށް ދަނޑުވެރިކަމުން ހައްދާ ތަކެތި ގަންނާނެ ސެންޓަރުތަކެއް ހެދިގެންދާއިރު ދަނޑުވެރިނަށް ބޭނުންވާ ސާމާނު ގަތުމަށް ސަރުކާރުން ސަބްސިޑީ ފޯރު ކޮށްދޭނެ ކަމަށް ވެސް ވައުދުވެ ވެޑައިގެންނެވި އެވެ. މިގޮތުން ވެ ވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި:

  • ފަޅުތެރޭގައި ރިސޯޓެއް ހެދުން
  • އާ ސްކޫލެއް އެޅުން
  • ކާށިދޫ ކައިރި ކަނދުފޮތި އެޅުން
  • ފެނާއި ނަރުދަމާ ގާއިމުކުރުން

ސިއްޙީ ނިޒާމާއި ގުޅޭ ގޮތުން ވިދާޅުވީ މިރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ސާމާނު ގެނެސް ރަނގަޅު ސިއްހީ ފަރުވާ ރަށުގައި ތިބެގެން ލިބޭނެ ކަމުގައެވެ. މީގެ އިތުރުން އެހެން ރަށްރަށެކޭ އެއްގޮތައް ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. ކާށިދޫ އިން އިބޫއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް