Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ރައީސް ޔާމިން ނޫނީ ވެރިކަމުގައި ހުންނަވައިގެން އަމިއްލަ ގެ 17 ބުރިއަށް ނަގާ ވެރިއަކު ރާއްޖޭގައި ނެތް:އިންތި

16 ސެޕްޓެމްބަރު 2018 | އާދީއްތަ 03:45

ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަތައް އެކަނިވެސް އެކަންކަން ސާބީތު ކުރުމަށް ހެއްކަކަށް ފުދޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 03:45
އިމްތިޔާޒް ފަހުމީ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

އިމްތިޔާޒް ފަހުމީ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ރައީސް ޢަބްދުﷲ ޔާމީން ނޫނީ ވެރިކަމުގައި ހުންނަވައިގެން އަމިއްލަ ގެ 17 ބުރިއަށް ނެންގެވި ވެރިއަކު ރާއްޖޭގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހުގެރޭ ޅ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ޚިޔާނާތް ނިމެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ހަމައިން ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު މިއަދު ވެސް އަދީބު ދެއްވި ތަކެތީގެ ބޭނުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަދީބު ދެއްވި ބީއެމްޑަބަލިޔު ކާރު މިއަދު ވެސް ދުއްވަމުން ދާކަމަށް އިންތި ވިދާޅުވިއެވެ.

Advertisement - newsAdvertisement
" އަދީބާ ހަމައިންނޯ ޚިޔާނާތް ގޮސް ނިމެނީ މިސަރުކާރުގެ. އަދީބު ދެއްވި ބީއެމްޑަބްލިޔު މިހާރު ވެސް ދުއްވަނީއޭ. ހަމަ ދުއްވަނީއޭ. ބައްލަވާ މާލޭ މަގުމަތީގައި ހަމަ ދުއްވަމުންނޭ އެގެންދަވަނީ. މިހުރިހާކަމެއް އިރުއަރާ އޮއްސޭއިރު ހިނގަމުންދާއިރުގައި އަމިއްލަ ގެ އެއޮށް 17 ބުރިއަށް ހިއްލެމުންދަނީ. ހަމަ ހިއްލެމުންނޭ އެދަނީ. ނިކަން ބައްލަވާ. 17 ބުރިއަށް. ދިވެހިރާއްޖޭގައި ވެރިއަކު ނެތޭ އެވެރިކަމުގައި ހުންނަވައިގެން ބިންގަނެ އަމިއްލަ ބޮޑެތި ގަނޑުވަރު، 17 ބުރީގެ ގަނޑުވަރު ހަދަމުންދާ މީހަކު." ރައީސް ޔާމީން ހެންވޭރުކޮޅުން ބައްލަވައިގެން ކަމަށް ބުނާ ގެއަށް އިޝާރާތް ކުރައްވާ އިންތި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އަސްލު ސޫރަ އިންތިޚާބަށްފަހު ފެނިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައި އިންތި ވިދާޅުވީ އަސްލު ސޫރަ ދައްކަވާ ވާހަކަތަކަށް ނަގްލީ ސޫރަ އެހެން ވާހަކައެއް ދައްކަވާފައި ކޯފާ އިސްކުރައްވާ ކަމަށެވެ.

އިންތި ވިދާޅުވީ ރޭޑިޔޯ ޓީވީތަކުން ގެންނަމުން ދަނީ ރައީސް ޔާމީންގެ އަސްލު ސޫރަ އާއި، ދައްކަވާ ވާހަކަތައް ކަމަށެވެ. އެކަމަކު ކޯފާ އިސްކުރައްވަމުން ދަނީ ނަގްލީ ސޫރަ ކަމަށެވެ.

އިންތި ވިދާޅުވީ ދައުލަތެއްގެ ސިފައިގެ ކަންފުޅެއް ވެސް މިރާއްޖޭގައި މިހާރު ނެތްކަމަށާއި، ހުންނެވި ވެރިއެއްގެ ދުލުން ނުކުންނަ ވާހަކަތަކާއި ކުރައްވަމުން ގެންދަވާ ކަންކަމުގެ ސަބަބުން ކަންބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވާ ވާހަކަތައް ވިދާޅުވާ ގޮތަށް ގެންނެވީމާ މިލިޔަނުން ޖޫރިމަނާކުރަމުންދަނީ ރާއްޖެ ޓީވީ ކަމަށް އިންތި ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގޮންޑިތައް ގެއްލުވާލީ ހަމަ ސީދާ ތިމަންނައޭ. ދިވެހިރާއްޖޭގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ އެ ވިދާޅުވަނީ. ރައީސް ނަޝީދާ ޤާސިމް އިބްރާހީމަށް ވާދަ ނުކުރެއްވޭނޭ ގޮތް ހެއްދެވީ ތިމަންނައޭ" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަތަކުން އެކަނި ވެސް އެކަންކަން އެމަނިކުފާނުގެ މައްޗަށް ސާބިތު ކުރުމަށްޓަކައި ހެއްކަކަށް ފުދޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް