Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2018

މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރާނަން: އިބޫ

ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ލޯނުތައް ދޫކުރާނަން

އަމްނާ އިމާދު
އަމްނާ އިމާދު | 14 ސެޕްޓެމްބަރު 2018 | ހުކުރު 13:37
ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

ކޯލިޝަންގެ ސަރުކާރުގައި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ އިސްކަމެއްދީގެން އެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އދ.ދިގުރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ގެނެސްދިން ގެސްޓުހައުސް ވިޔަފާރި އަންނަނީ މުޅި ރާއްޖޭގައި ފުޅާ ވަމުން ކަމަށެވެ. އަދި ދިގުރަށަކީ ވެސް ގެސްޓު ހައުސް ވިޔަފާރި ކުރިއަރަމުން އަންނަ ރަށެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިވިޔަފާރި ކުރިއެރުވުމަށް ލޯނުތައް ދޫކުރެވިގެންދާނެ ކަމަށާއި، ކޯލިޝަންގެ ސަރުކާރުގައި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުތައް ފަހި ކޮށްދޭނެ ކަމަށެވެ.

ޓެކްނޮލޮޖީ ގޮތުން އަންނަ ކުރިއެރުންތަކާއެކު ރަށްތައް ވެސް ތަރައްގީވާންޖެހޭކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ދިގުރަށުގައި ވެސް އޭޓީއެމް ބެހެއްޓިގެންދާނެ ކަމަށެވެ. އަދި އެރަށުގެ ސްކޫލާއި، ސިއްހީ މަރުކަޒު ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކޮށްދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރަށް އިބޫ ވިދާޅުވީ ދިގުރަށުގެ ބަނދަރު ބޮޑު ކުރެވި އެންމެނަށް ވެސް ފަސޭހަ ކަމާއެކު ބޭނުން ކުރެވޭ ބަނދަރަކަށް ހަދާދޭނެ ކަމަށެވެ.

އދ.ގެ އޮމަދޫއާއި، ދަގެއްޗާއި، މަންދޫއާ، އަދި ދިއްދޫއަށް އަލިއަޅުއްވައި ލައްވަމުން އިބޫ ވިދާޅުވީ އެރަށްރަށް ވެސް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރެވި ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށްރަށުގެ ހާލަތު ބެލުމަށްފަހު ރަށްގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މަންދޫއަކީ ބަނދަރެއް ނެތް ރަށެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ކޯލިޝަންގެ ވެރިކަމުގައި އެރަށޫގައި ވެސް ބަދަރެއް ގާއިމް ކޮށްދޭނެ ކަމަށާއި، އެރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދަދޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު