Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއަލީބާބާ

ޖެކް މާ ރިޓަޔަރ ކުރާނީ އޭނާގެ 54 ވަނަ އުފަން ދުވަހު

9 ސެޕްޓެމްބަރު 2018 | އާދީއްތަ 14:45

ޖެކް މާގެ 54 ވަނަ އުފަން ދުވަހަކީ ހޯމަ ދުވަސް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 9 ސެޕްޓެމްބަރު 2018 | އާދީއްތަ 14:45
ޖެކް މާ، އޭނާ އަކީ ޗައިނާގެ އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިވެރިޔާ

ޖެކް މާ، އޭނާ އަކީ ޗައިނާގެ އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިވެރިޔާ

މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އަލީބާބާގެ ޗެއަރމަން ޖެކް މާ ކުންފުނީގެ ޗެއަރމަންކަމުން އިސްތިއުފާ ދޭނީ ހޯމަ ދުވަހުކަމަށް އޭނާ ހާމަކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏަށް އަލީބާބާ ހެދުމަށްފަހު އެކުންފުނީގެ ޗެއަރމަންކަމުން ޖެކް މާ ހޯމަ ދުވަހު އިސްތިއުފާދޭއިރު، އެދުވަހަކީ އޭނާގެ 54 ވަނަ އުފަން ދުވަހެވެ. ޖެކް މާ އިސްތިއުފާ ދެނީ އެހީގެ ކަންތައްތަކުގައި އުޅުމަށާއި، ތައުލީމުގެ ފުރުސަތު ހުރިހާ އެންމެންނަށް ހޯދައިދިނުމަށް އޭނާ ކުރާ މަސައްކަތުގައި އުޅުމަށްކަމަށް ޖެކް މާ ބުންޏެވެ. އޭނާ ބުނީ އޭނާ ބޭނުންވަނޫ ބިލް ގޭޓްސް ހިނގި މަގުން ހިނގަންކަމަށެވެ. އަދި މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސްހާ މުއްސަނދި ނުވެވިދާނެކަަމަށާއި، އެހެން ނަމަވެސް އޭނާއަށްވުރެ އަވަހަށް ރިޓަޔަރ ކުރެވިދާނެކަމަށް ޖެކް މާ ބުންޏެވެ.

އަލީބާބާ ކުންފުނި އުފެއްދިތާ ވިއްސަކަށް އަހަރުވެފައިވާއިރު، ޖެކް މާގެ މިލްކިއްޔާތުގައި 40 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ބްލޫމްބަރގްއިން އަންދާޒާކުރެއެވެ. އަދި އަލީބާބާ ކުންފުންޏަކީވެސް 400 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ކުންފުންޏެކެވެ.

ޖެކް މާ ވަނީ 2013 ވަނަ އަހަރު އަލީބާބާ ކުންފުނީގެ ޗީފް އެގްޒެކެޓިވްގެ މަޤާމުން އިސްތިއުފާ ދީފައެވެ. އެހެންނަމަވެސް 2014 ވަނަ އަހަރު އެކުންފުނި ހިއްސާގެ ބާޒާރުގައި ލިސްޓް ކުރުމާއި، ކުންފުނީގެ ވިޔަފާރި ޑައިވަރސިފައި ކުރުމަށް ޗެއަރމަންގެ ހައިސިއްޔަތުން އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޮންލައިން ވިޔަފާރީގެ އިތުރުން އަލީބާބާ ކުންފުނި ވަނީ އޮންލައިން ޕޭމަންޓާއި، ހޮލީވުޑް ފިލްމް ޕްރޮޑަކްޝަން ފަދަ ދާއިރާތަކަށް ނިކުމެފައެވެ.

ޗެއަރމަންކަމުގެ އިސްތިއުފާ ދިންނަމަވެސް ޖެކް މާ ކުންފުނީގައި ބޯޑުގައި ހުންނާނެއެވެ. އަދި ކުންފުނީގެ އެންމެ މުހިއްމު ނިންމުންތައް ނިންމުމުގައި އަދިވެސް ނުފޫޒުގަދަ ރޯލެއް އޭނާ އަދާކުރާނެކަމަށް ޗައިނާގެ މުހައްލިލުން ދެކެއެވެ.

ތައުލީމު ފުޅާކުރުމުގެ މަސައްކަތަށް ޖެކް މާ ނިކުންނައިރު، އޭނާ އަކީ ކުރިން ޓީޗަރެކެވެ. އެހެންކަމުން މިއީ ހައިރާންކުރުވަނިވި ނިންމުމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 މެއި 2022

ކުޅުދުއްފުއްޓާއި ފުވައްމުލަކު ހޮސްޕިޓަލަށް އުފަންވާ ކުދިންނަށް އެސްޓީއޯ އިން ހަދިޔާ ދޭން ފަށައިފި

03 މެއި 2022
ކުޅުދުއްފުއްޓާއި ފުވައްމުލަކު ހޮސްޕިޓަލަށް އުފަންވާ ކުދިންނަށް އެސްޓީއޯ އިން ހަދިޔާ ދޭން ފަށައިފި
12 އެޕްރީލު 2022

ކޮމިއުނިޓީ ފަންޑުގެ ދަށުން ފެލިދޫ އަދި ހެނބަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި

12 އެޕްރީލު 2022
ކޮމިއުނިޓީ ފަންޑުގެ ދަށުން ފެލިދޫ އަދި ހެނބަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި
30 ނޮވެމްބަރު 2021

އައިޖީއެމްއެޗްގައި އުފަންވާ ކުދިންނަށް އެސްޓީއޯއިން އަލުން ހަދިޔާދޭން ފަށައިފި

30 ނޮވެމްބަރު 2021
އައިޖީއެމްއެޗްގައި އުފަންވާ ކުދިންނަށް އެސްޓީއޯއިން އަލުން ހަދިޔާދޭން ފަށައިފި
24 ނޮވެމްބަރު 2021

އަލަށް އުފަންފާ ކުދިންނަށް އެސްޓީއޯގެ ހަދިޔާއެއް

24 ނޮވެމްބަރު 2021
އަލަށް އުފަންފާ ކުދިންނަށް އެސްޓީއޯގެ ހަދިޔާއެއް
14 ޖުލައި 2021

އޮގަސްޓު 1ން ފެށިގެން އެސްޓީއޯ ފާމަސީތަކުން ބޭނުންކުރާނީ ކަރުދާސް ކޮތަޅު

14 ޖުލައި 2021
އޮގަސްޓު 1ން ފެށިގެން އެސްޓީއޯ ފާމަސީތަކުން ބޭނުންކުރާނީ ކަރުދާސް ކޮތަޅު
24 ޖޫން 2021

އެސްޑީއެފްސީގެ ފަންޑުތަކުގެ ބޮޑުބައެއް ޓާގެޓުކުރާނީ ވިޔަފާރިތައް ކޮޅަށް ޖެހުމަށް - މިނިސްޓަރ ފައްޔާޒު

24 ޖޫން 2021
އެސްޑީއެފްސީގެ ފަންޑުތަކުގެ ބޮޑުބައެއް ޓާގެޓުކުރާނީ ވިޔަފާރިތައް ކޮޅަށް ޖެހުމަށް - މިނިސްޓަރ ފައްޔާޒު
08 އޮކްޓޯބަރު 2020

ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޕްގްރޭޑިންގ ޕްރޮޖެކްޓެއް ބީއެމްއެލުން ކުރިއަށްގެންދަނީ

08 އޮކްޓޯބަރު 2020
ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޕްގްރޭޑިންގ ޕްރޮޖެކްޓެއް ބީއެމްއެލުން ކުރިއަށްގެންދަނީ
23 ނޮވެމްބަރު 2017

ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި

23 ނޮވެމްބަރު 2017
ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި
03 އޮކްޓޯބަރު 2017

ބަރެސްދޫގެ ޕްރޮޖެކްޓްގެ ބައެއް އިމާރާތްތަކުގެ ކުރެހުންތައް ފާސްކޮށްފި

03 އޮކްޓޯބަރު 2017
ބަރެސްދޫގެ ޕްރޮޖެކްޓްގެ ބައެއް އިމާރާތްތަކުގެ ކުރެހުންތައް ފާސްކޮށްފި
04 އެޕްރީލު 2017

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް