Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ ފާމަސީތަކުން ކަރުދާސް ކޮތަޅު ބޭނުންކުރުން

އޮގަސްޓު 1ން ފެށިގެން އެސްޓީއޯ ފާމަސީތަކުން ބޭނުންކުރާނީ ކަރުދާސް ކޮތަޅު

14 ޖުލައި 2021 | ބުދަ 03:36

މިގޮތަށް ނިންމާފައި ވަނީ ޕްލާސްޓިކާ ވެއްޓަށް ގެއްލުންދޭ ބާވަތްތައް އެތެރެކުރުން މަދުކުރުމުގެ ސިޔާސަތުގެ ދަށުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 14 ޖުލައި 2021 | ބުދަ 03:36
ތުރާކުނު އެސްޓީއޯ ފާރމަސީ

ތުރާކުނު އެސްޓީއޯ ފާރމަސީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޭސްފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައި، ކަރުދާސް ކޮތަޅަށް ބަދަލުކުރަން ނިންމައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކްލަބްހައުސް ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު ވަނީ އެކުންފުނީގެ ބޭސްފިހާރަތަކުން ބޭނުންކުރަމުންދާ ޕްލާސްޓިކް ކޮތަޅުތައް ބޭނުންކުރުން ހުއްޓާލަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕްލާސްޓިކާއި ވެއްޓަށް ގެއްލުންދޭ ބާވަތްތައް އެތެރެކުރުން މަދުކުރުމުގެ ސިޔާސަތުގެ ދަށުން އެސްޓީއޯގެ ފާމަސީތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އޮގަސްޓް އެއް ވަނަ ދުވަހުން ފެށިގެން ބޭސްފިހާރަތަކުން ބޭނުން ކުރާނީ ކަރުދާސް ކޮތަޅުކަމަށެވެ. އަދި މިގޮތަށް ކަރުދާސް ކޮތަޅަށް ބަދަލުކުރެވުމުން އަހަރަކު އެއް މިލިއަން ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެކުރުން ހުއްޓާލެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ނިންމަވައި އެކަން އިއުލާނުކުރައްވާފައެވެ. އެއާއެކު، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭނެއް އެކަށައަޅުއްވައި، ކެބިނެޓުގެ މަޝްވަރާއާއެކު، 2020 ނޮވެންބަރު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޕްލޭން ތަންފީޒުކުރުމަށް ނިންމަވާފައެވެ.

ރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ރައީސް ޞާލިހްގެ ޤަރާރަކުން ކަނޑައަޅުއްވައި ދިވެހިސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢުކުރައްވާފައެވެ.

ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

01 ފެބުރުއަރީ 2025
އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި
19 ޑިސެމްބަރު 2023

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!

19 ޑިސެމްބަރު 2023
އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!
27 ފެބުރުއަރީ 2023

އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް

27 ފެބުރުއަރީ 2023
އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް
25 ފެބުރުއަރީ 2023

ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު

25 ފެބުރުއަރީ 2023
ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު
11 ޖެނުއަރީ 2023

ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި

11 ޖެނުއަރީ 2023
ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި
19 ޑިސެމްބަރު 2022

ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ

19 ޑިސެމްބަރު 2022
ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ
16 ސެޕްޓެމްބަރު 2022

އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި

16 ސެޕްޓެމްބަރު 2022
އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި
13 ސެޕްޓެމްބަރު 2022

11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި

13 ސެޕްޓެމްބަރު 2022
11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި
16 ޖުލައި 2022

އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ

16 ޖުލައި 2022
އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ
04 ޖުލައި 2022

ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ އަގުހެޔޮ ތެލުގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަ ހުއްޓުވަނީ

04 ޖުލައި 2022
ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ އަގުހެޔޮ ތެލުގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަ ހުއްޓުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް