Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަސާސީ ހައްގު

އަސާސީ ހައްގުތަކަށް އަރައިގަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ!

ރާއްޖޭގެ ހާލަތު ގާތުން ބަލައި ސަރުކާރަށް ޕްރެޝަރު ކުރާނަން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 7 ސެޕްޓެމްބަރު 2018 | ހުކުރު 15:27
އިދިކޮޅު ފަރާތްތަކުގެ މުޒާހަރާއެއް ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންތަކަކަށް ފުލުހުން ހުރަސް އަޅަނީ

އިދިކޮޅު ފަރާތްތަކުގެ މުޒާހަރާއެއް ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންތަކަކަށް ފުލުހުން ހުރަސް އަޅަނީ

އަސާސީ ހައްގުތަކަށް އަރައިގަންނަ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.

ސިވިކަސް ޖަމިއްޔާއިން ނެރޭ މި ލިސްޓަށް ރާއްޖެ އިތުރުކޮށްފައިވަނީ، ރާއްޖޭގައި އަސާސީ ހައްގުތަކާއި މިނިވަންކަން ބޭނުންކުރުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް ފާހަގަކުރުމަށް ފަހުގައެވެ. ސިވިކަސް މޮނިޓަރ އިން ކުރި ދިރާސާތަކަށް ފަހު، އަސާސީ ހައްގުތަކަށް އަރައިގަންނަ ގައުމުތަކުގެ ވޮޗްލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

Advertisement - newsAdvertisement

ސިވިކަސް މޮނިޓަރ އަކީ މަދަނީ ޖަމިއްޔާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އޮންލައިންކޮށް ބަލައި، ދިރާސާ ކުރުމަށް ހަދާފައިވާ ޕްލެޓްފޯމެކެވެ.

އެ ޖަމިއްޔާއިން މިދިޔަ މަހުގެ 23 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުގައި، ސުލްހަވެރި އެއްވުންތަކާއި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ގެންދަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރަމުންނެވެ. އަދި ޖަލުތަކުގައި ތަފާތުކުރުން ގެންގުޅެ، އެކިގޮތްގޮތަށް އަނިޔާކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކާއި ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރިކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. ބަޔާނުގައިވާ ގޮތުގައި، އެ ފަރާތްތައް ހައްޔަރުކޮށްފައިވަނީ ގާނޫނީ އިމުން ބޭރުންނެވެ. އަދި އުފުލާފައިވާ ދައުވާތަކުގެ ސައްހަކަމާއި މެދު އެ ޖަމިއްޔާއިން ސުވާލު އުފައްދާފައިވެއެވެ.

އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް އަނިޔާކޮށް، ހައްޔަރުކޮށްފައިވާ ކަމާއި މިނިވަން ނޫސްވެރިކަމަށް ޖާގަ ނުދޭކަން ފާހަގަކޮށް އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިދިކޮޅު ސިޔާސީ ފަރާތެއް ދެއްކެވި ވާހަކަ ބްރޯޑްކާސްޓު ކުރުމުގެ ސަބަބުން ރާއްޖެޓީވީ ޖޫރިމަނާކުރިކަން ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މީޑިއާތަކާއި މަދަނީ ޖަމިއްޔާތަކަށް މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށް، ފުރައްސާރަކުރުން ހުއްޓާލުމަށް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. މިކަންކަން ކަށަވަރުކުރުމަށް ބާރުއަޅަން ބައިނަލްއަގްވާމީ މުޖުތަމައުއަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ބަޔާނުގައިވާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ ހާލަތު ގާތުން ބަލައި، އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް އެ ޖަމިއްޔާއިން ސަރުކާރަށް ބާރު އަޅާނެއެވެ.

ރާއްޖެއާއެކު މި ލިސްޓުގައި ދެން ހިމެނެނީ ބަންގްލަދޭޝް، ކެމަރޫން، ކޮންގޯ، ގުއަޓަމާލާ އަދި ނިކަރާގުއާއެވެ.

ސިވިކަސްއަކީ 1993 ވަނަ އަހަރުން ފެށިގެން ފަރުދުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ ބައިނަލްއަގްވާމީ މަދަނީ ޖަމިއްޔާއެކެވެ. ސިވިކަސްގެ މައި އޮފީސް ހުންނަނީ ދެކުނު އެފްރިކާގެ ޖޮހޮނަސްބަރގްގައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ސްވިޓްޒަލެންޑްގެ ޖެނީވާގެ އިތުރުން އެމެރިކާގެ ނިއުޔޯކްގައި އެޖަމްއިއްޔާގެ އޮފީސްތައް ޤާއިމްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު