Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލާތުގެ އިއްތިޙާދުގެ ނިންމުން

ފިޔަވަޅުތައް އެޅުމުގައި އިންތިހާބުގެ އިންސާފުވެރިކަމާއި މިނިވަންކަމަށް ބެލޭނެ: އިނގިރޭސި ސަފީރު

7 ސެޕްޓެމްބަރު 2018 | ހުކުރު 14:44

ފިޔަވަޅު އަޅަނީ ވަކިވަކި ފަރުދުންނާއި ދެކޮޅަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 ސެޕްޓެމްބަރު 2018 | ހުކުރު 14:44
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ވިލާތުގެ އިއްތިހާދުން ރާއްޖޭގެ ވަކިވަކި ފަރުދުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު ފިޔަވަޅުތައް އެޅުމުގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމަށް ބަލާނެ ކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއްގައި އެމަނިކުފާނު ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދަށް ނުވަތަ އާއްމު ރައްޔިތުންނަށް ނޫން ކަމަށެވެ. އެހެން ނަމަވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ވަކިވަކި ފަރުދުންނާއި ދެކޮޅަށްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ޑޯރިސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފިޔަވަޅު އެޅުމުގެ ދެވަނަ މަރުހަލާއަކީ މިހާރު އެކުލަވާލާފައިވާ ފްރޭމްވާރކަށް ފިޔަވަޅު އަޅާ ފަރުދުންގެ ނަންތަަކާއެކު އެނެކްސްއެއް އިތުރުކުރުން ކަމަށެވެ. ފިޔަވަޅުތައް އެޅިގެންދާނީ އެނެކްސްއަށް އިތުރު ވެގެންދާ ފަރުދުންނާއި ދެކޮޅަށް ކަމަށާއި އެހެން ނަމަވެސް މިވަގުތު އެނެކްސްއެއް އިތުރުކުރެވިފައި ނުވާ ކަމަށް ޑޯރިސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑޯރިސް ވިިދާޅުވީ މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ވިލާތުގެ އިއްތިހާދުން ބަލާ ކަމެއް ކަމަށާއި މި މަހުގެ ތެރޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމަށް ފިޔަވަޅު އެޅުމުގައި ބެލިގެންދާނެ ކަމަށެވެ. އެގޮތުން އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމަށް ހުރަސް އެޅޭ ގޮތަށް މަސައްކަތްކުރާ ފަރާތްތައް ފިޔަވަޅު އަޅާ ފަރުދުންގެ ލިސްޓަށް ލެވޭނެކަމުގެ އިޝާރާތެއް ޑޯރިސް ވަނީ ދެއްވާފައެވެ.

ރައީސް ޔާމީނާއި އެމަނިކުފާނަށް ވާގިވެރިވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ މާޗް މަހު އީޔޫގެ ކައުންސިލަށް ރާއްޖޭގެ މައްސަލަ އާއި ގުޅިގެން ހުށެހެޅުނު ގަރާރާއި ވިދިގެން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އެގަރާރާއެކު އެކުލަވާލުމަށް ނިންމި ފްރޭމްވާރކް ވެސް އީޔޫއިން ވަނީ ހާމަކޮށްފައެވެ. އެ ފްރޭމްވާރކަށް އެންމެ ފުރަތަމަ އަމަލުކުރަން ފެށި ގައުމަކީ އިނގިރޭސިވިލާތެވެ.

މިފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ނުވަދެވުމާއި ޓްރާންސިޓް ނުކުރެވުމާއި އެކައުންޓްތައް ފްރީޒް ކުރުން ހިމެނެއެވެ. އަދި ފަންޑުތައް ހިފެހެއްޓޭނެ ކަމަށް ވެސް އީޔޫއިން ބަޔާންކޮށްފައިވެއެވެ. އީޔޫގެ މި ފިޔަވަޅުތަކުގެ އަސަރު ބޮޑު ކުރުމަށްޓަކާއި އީޔޫ މެމްބަރު ގައުމުތަކުގެ އިތުރުން އީޔޫއިން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ރާއްޖެއާ މެދު އީޔޫ އިން ވަކިވަކި މީހުންނާއި އިދާރާތަކާ މެދު އަޅާނެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅާނެ ކަމަށް އީޔޫއިން ބުނެފައިވެއެވެ.

އިނގިރޭސި ސަފީރު މިގޮތަށް ވިދާޅުވެފައިވާއިރު އެމަނިކުފާނު ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއު މިރޭ ރާއްޖެ ގަޑިން 10:00 ގައި ގެނެސްދެވޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް