Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ އިންތިޚާބު

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

ރައީސް ނަޝީދު ކޮލަމްބޯގައި ވޯޓް ލައްވައިފި

ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2017 | ހުކުރު 14:03
ރައީސް މުހައްމަދު ނަޝީދު މިއަދު ކޮލަމްބޯގައި ވޯޓް ލައްވަނީ

ރައީސް މުހައްމަދު ނަޝީދު މިއަދު ކޮލަމްބޯގައި ވޯޓް ލައްވަނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ. މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދު ވަނީ ކޮލަމްބޯގައި ވޯޓް ލައްވައިފަ އެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ ޗެއާޕާސަންގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމުމުނެވެ. އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ އަލްއުސްތާޒް ހަސަން ލަތީފް އެކަންޏެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ވޯޓުލުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގަ އާއި ސްރީ ލަންކާގެ ކޮލަމްބޯގައި ހުކުރު ދުވަހު މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އަތޮޅުތެރޭގެ ރަށްތަކުގައި ވޯޓްލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެމްޑީޕީގެ ހަރުގެތަކުގައެވެ.

މާލޭގައި ދިރިއުޅުންވާ އެޕާޓީގެ މެމްބަރުން ވޯޓްލުމަށް ޖުމްލަ 7 ވޯޓް ފޮށި ވަނީ ބަހައްޓައިފައެވެ.

މާލޭގައި ވޯޓް ފޮށިތަށް ބެހައްޓާފައިވާ ސަރަހައްދުތަށް

  • މާފަންނު ދެކުނު އަދި މެދު ދާއިރާގެ ވޯޓް ފޮށި ބެހެއްޓިފައި ހުންނާނީ މ.ރާޅުފު (ޖަވާހިރުމަގު، ކޮރަލް ހޮޓެލް ކުރިމަތި) ގައެވެ.
  • މައްޗަންގޯޅި އުތުރު އަދި ދެކުނު ގެ ވޯޓް ފޮށި ހުންނަނީ ކެފެއިނާ ( އިސްކަންދަރު މަގު) ގައެވެ.
  • ހެންވޭރު އުތުރު، މެދު އަދި ދެނުކު ދާއިރާގެ ވޯޓްފޮށި ބެހެއްޓިފައި ހުންނަނީ ހ. ރަބީއީ މަންޒިލް ( ސޯސަންމަގު) ގައެވެ.
  • މާލޭގައި ދިރިއުޅޭ އައްޑޫ އަދި ފުވައްމުލަކު މެމްބަރުންނަން ހާއްސަކޮށްފައިވާ ވޯޓްފޮށި ބެހެއްޓިފައި ހުންނަނީ އެމްޑީޕީ އޮފީސް ގްރައުންޑު ފްލޯގައެވެ.
  • މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަން ހާއްސަކޮށްގެން ބައްހައްޓާ ވޯޓް ފޮށިތަށް ބެހެއްޓިފައި ހުންނަނީ އެމްޑީޕީ ހަރުގޭގައެވެ.
  • ވިލިމާލޭގައި ވޯޓް ފޮށި ވިލިމާލޭ އެމްޑީޕީ ހަރުގޭގައި ބެހެއްޓުމަށް ނިންމާފައިވާއިރު ހުޅުމާލޭގެ ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ފިތުރޯނު މަގު ހުންނަ ވޯޓަރސްޕޯޓް ކައިރީގައެވެ.

ސްރީ ލަންކާގައި ވޯޓްލުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 10/69 އޯލްޑް ނާވަލަ ރޯޑް، ނުގޭގޮޑާގަ އެވެ.

ހަސަން ލަތީފު އެ މަގާމަށް ހޮވިވަޑައިގަންނަވާނީ އެންމެ މަދުވެގެން އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 5،000 މެމްބަރުންގެ ތާއިދު ލިބުމުންނެވެ.

މަގާމަށް ހޮވިވަޑައިގެންފި ނަމަ، ޕާޓީގެ ހިންގުން ހަރުދަނާކޮށް، އިންތިހާބުތައް ކާމިޔާބުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު