Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޝާހިދު ކަޕޫރުގެ އާއިލާ މިހާރު އެވަނީ ފުރިހަމަ ވެފައި: ޝާހިދުގެ ބައްޕަ

ޕަންކަޖް ވަނީ އޭނާގެ ކާފަ ދަރިފުޅާއި ބައްދަލު ކުރުމަށް ހޮސްޕިޓަލަށް ގޮސްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ސެޕްޓެމްބަރު 2018 | ހުކުރު 13:26
ޝާހިދު ކަޕޫރު އާއި ދަރިފުޅު މީޝާ

ޝާހިދު ކަޕޫރު އާއި ދަރިފުޅު މީޝާ

ފިލްމީ ތަރި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުތް އަށް މިދޔަ ބުދަ ދުވަހު ވަނީ ފިރިހެން ދަރިއަކު ލިބިފައެވެ.

މީރާ ވިހެއުމާއި އެކު މުމްބާއީގެ ހޮސްޕިޓަލެއް ކަމަށްވާ ހިންދޫޖާ ހޮސްޕިޓަލަށް އެންމެ ފުރަތަމަ ދިޔަ އާއިލާގެ މެންބަރުންގެ ތެރޭގައި ޝާހިދުގެ މަންމަ ނީލިމާ އާޒިމް އާއި އެއްބަންޑު ފިރިހެން ކޮއްކޮ އިޝާން ޚައްތަރު ހިމެނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ވަނީ ޝާހިދުގެ ބައްޕަ އެކްޓަރ ޕަންކަޖް ކަޕޫރުވެސް އޭނާގެ ކާފަ ދަރިފުޅާއި ބައްދަލު ކުރުމަށް ހޮސްޕިޓަލަށް ގޮސްފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "މުމްބާއި މިރޯ" އަށް ދީފައިވާ އިންޓްވިއުގައި ޝާހިދުގެ ބައްޕަ ބުނެފައިވަނީ ދަރިޔަކު ލިބުމަކީ އާއިލާއަކަށް ލިބޭނެ އެންމެ ބޮޑު އުފާ ކަމަށެވެ. އަދި ޝާހިދުގެ އާއިލާ ފުރިހަމަ ވެފައިވާ ކަމަށާއި އާއިލާއަށް އާ މެންބަރަކު އިތުރުވުމުން އެންމެންވެސް ތިބީ ވަރަށް އުފަލުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝާހިދާއި މީރާއަށް މީގެ ކުރިން ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. އެކުއްޖާއަށް ކިޔާފައިވަނީ މީޝާއެވެ. މީޝާ ކަޕޫރު އުފަންވީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26 ގައެވެ.

ޝާހިދު އަކީ ޕަންކަޖްގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދަރިއެކެވެ. ޝާހިދުގެ މައިންބަފައިން ވަރިވުމަށްފަހު ޝާހިދު އާއި އޭނާގެ ބައްޕަ އާއި ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ.

ޝާހިދު އާއި މީރާގެ ކައިވެނި ހަމަޖައްސާފައިވަނީވެސް ޝާހިދުގެ ބައްޕަ އެވެ.

ޕަންކަޖް މިހާރު ކައިވެނި ކޮށްގެން އުޅެނީ އެކްޓަރ ސުޕްރިޔާ ޕަތަކް އާ އެވެ. އަދި މި ކައިވެންޏަށް ވަނީ ދެ ކުދިން ލިބިފައެވެ.

އިތުރަށް ކިޔާލަން

04 އޯގަސްޓު 2017

ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

04 އޯގަސްޓު 2017
ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ
10 ޖުލައި 2017

ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް

10 ޖުލައި 2017
ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް
09 ޖޫން 2017

ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!

09 ޖޫން 2017
ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!
29 މެއި 2017

އަޖޭ އާއި އާއިލާ ރާއްޖޭގައި

29 މެއި 2017
އަޖޭ އާއި އާއިލާ ރާއްޖޭގައި
01 މެއި 2017

ފަރާ ހާން އާއިލާއާ އެކީ ރާއްޖޭގައި

01 މެއި 2017
ފަރާ ހާން އާއިލާއާ އެކީ ރާއްޖޭގައި
28 އެޕްރީލު 2017

"ބާހްބަލީ2": މިހާރު އޮތީ ސިނަމާގައި

28 އެޕްރީލު 2017
"ބާހްބަލީ2": މިހާރު އޮތީ ސިނަމާގައި
10 އެޕްރީލު 2017

ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

10 އެޕްރީލު 2017
ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ
19 ފެބުރުއަރީ 2017

ކަރީނާ މިހާރު އެންމެ ބެނުންވަނީ "ރަންގޫން" ބަލަން!

19 ފެބުރުއަރީ 2017
ކަރީނާ މިހާރު އެންމެ ބެނުންވަނީ "ރަންގޫން" ބަލަން!
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
09 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު

09 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު