Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަރާ ހާން

ފަރާ ހާން އާއިލާއާ އެކީ ރާއްޖޭގައި

ފަރާ ހާން ރާއްޖޭގައި ހުރީ ސޮނެވާފުށީގެ ރިސޯޓެއްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 1 މެއި 2017 | ހޯމަ 08:48
ފަރާ ހާން އާއިލާއާއި އެކީ ރާއްޖޭގެ ރިސޯޓެއްގައި

ފަރާ ހާން އާއިލާއާއި އެކީ ރާއްޖޭގެ ރިސޯޓެއްގައި

ބޮލީވުޑްގެ ފުންނާބު އުސް ޑިރެކްޓަރު، ޕްރޮޑިއުސަރ، ކޮރިއޮގްރާފަ އަދި އެކްޓްރެސް ފަރާ ހާން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އަތުވެއްޖެއެވެ. ހުއްޓުމެއްނެތި ބޮޑެތި ފިލްމުތަކާއި ޝޯތައް ހުށައަޅައިދިނުމަށް ފަހު ފަރާ ހާން ރާއްޖެ އައިސްފައި ވަނީ ފަރާގެ ކުދިންނާއެކު އެވެ. އޭނާ ވަނީ ދަރިންނާ އެކު ފޮޓޯއެއް ނަގައި ޓްވީޓް ކޮށްފަ އެވެ.

ފަރާ ރާއްޖެ އައިސްފައިވަނީ ކޮންދުވަހެއްގައި ކަމެއް ޔަގީން ނުވި ނަމަވެސް މިމަހުގެ 27 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެ ޓެގްކޮށް ޓްވީޓް ކޮށްފައެވެ.

އޭނާ ކޮށްފައިވާ ފުރަތަމަ ޓްވީޓުގައި ވަނީ އޭނާގެ ތިން ދަރިން ސްވިމިންޕޫލް ކައިރީގައި ތިއްބާ ނަގާފައިވާ ފޮޓޯއެކެވެ.އަދި އެޓްވީޓުގައި ސޮނެވާފުށި ޓެގްކޮށްފައި ވެއެވެ. އެހެން ކަމުން ފަރާ ހާން ރާއްޖޭގައި ހުރީ ސޮނެވާފުށީގެ ރިސޯޓެއްގައި ކަން އެނގެއެވެ.

ފަރާ ރާއްޖެ އައިސްފައިވަނީ އޭނާގެ އެއްމާބަނޑު ތިން ކުދިންނާއި ފިރިމީހާއާ އެކީގައެވެ. އޭނާ ކޮށްފައިވާ އެހެން ޓްވީޓެއްގައި ވަނީ އޭނާގެ އެއްމާބަނޑު ތިންދަރިންނާއި ފިރިމީހާއާ އެއްކޮށް ހުރި ފޮޓޯއެއް ޓްވީޓްކޮށްފައެވެ.

އޭނާގެ ފިރިމީހާ ޝްރިޝް ކުންދަރަކީ ވެސް ޑައިރެކްޓަރެކެވެ. އޭނާ ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ޖާނޭމަން" އާއި "ޖޯކަރް" ހިމެނެ އެވެ. ފަރާ އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ފިލްމަކީ 2014 ގައި ރިލީޒް ކުރި "ހެޕީ ނިއު އިޔާ" އެވެ.

ފަރާ ވަނީ 2015 އަހަރުގައިވެސް އޭނާގެ އާއިލާއެކީގައި ރާއްޖެއައިސްފައެވެ. ފަރާ ހާންގެ އިތުރުން ފަހަކަށް އައިސް ރާއްޖެ ވެފައި ވަނީ ބޮލީވޫޑްގެ ތަރިންގެ މަގުބޫލު މަންޒިލަކަށެވެ. އެ ގޮތުން އަކްސޭ ކުމާރާއި ބިޕާޝާ ބާސޫ އާއި ސަލްމާން ޚާންގެ އާއިލާ އާއި އެ ނޫން ވެސް ގިން ތަރިންތަކެއް ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަރްހާން އާއި އަދޫނާ ވަރިވެއްޖެ

ފަރްހާން އާއި އަދޫނާ ވަރިވެއްޖެ

26 އެޕްރީލު 2017
އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް

އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް

22 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި

މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި

31 މާރިޗު 2017
"ޖަމާއީ ރާޖާ"ގެ ބަތަލާ ރޯޝްނީ ރާއްޖޭގައި

"ޖަމާއީ ރާޖާ"ގެ ބަތަލާ ރޯޝްނީ ރާއްޖޭގައި

22 މާރިޗު 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު