Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމެރިކާގެ އެމްބެސެޑަރ

ރާއްޖެއާއި ލަންކާ އަށް ކަނޑައަޅުއްވާ އެމެރިކާ ސަފީރު ކަމަށް ޓެޕްލިޓްޒް

7 ސެޕްޓެމްބަރު 2018 | ހުކުރު 10:56

ޓެޕްލިޓްޒް އަކީ އެމެރިކާގެ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 7 ސެޕްޓެމްބަރު 2018 | ހުކުރު 10:56
ސްރީ ލަންކާއާއި ރާއްޖެއަށް އެމެރިކާ އިން ކަނޑައެޅި އާ ސަފީރު ޓެޕްލިޓްޒް

ސްރީ ލަންކާއާއި ރާއްޖެއަށް އެމެރިކާ އިން ކަނޑައެޅި އާ ސަފީރު ޓެޕްލިޓްޒް

ދިވެހިރާއްޖެއާއި ސްރީ ލަންކާ އަށް އެމެރިކާއިން ކަނޑައަޅުއްވާ ސަފީރު ކަމަށް އަލައިނާ ބީ ޓެޕްލިޓްޒް އައްޔަންކުރުމަށް އެގައުމުގެ ސެނެޓުން މިއަދު ފާސްކޮށްފި އެވެ.

ރާއްޖެއާއި ސްރީ ލަންކާގެ ސަފީރު ކަމަށް ޓެޕްލިޓްޒް އައްޔަން ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެހެންނަމަވެސް، ރައީސް ޓްރަމްޕްގެ އެ ނިންމެވުމަށް ސެނެޓުން ރުހުން ދީފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ޓެޕްލިޓްޒް އަކީ އެމެރިކާގެ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެކެވެ. އެގޮތުން، ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ޓެޕްލިޓްޒް ވަނީ އެމެރިކާއިން ނޭޕާލްއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

އެމެރިކާގެ ޚާރިޖިއްޔާއާ ޓެޕްލިޓްޒް ގުޅިވަޑައިގަތީ 1991 ވަނަ އަހަރުއެވެ. ޚާރިޖީ ދާއިރާގައި އޭގެ ފަހުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އޭގެ ބޮޑު ބައެއް ހޭދަކުރައްވާފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކާއި އެ ގައުމުތަކާ ގުޅުން ހުރި މަސައްކަތްތަކުގައެވެ.

ރާއްޖެއާއި ލަންކާއަށް އެމެރިކާއިން އާ ސަފީރެއް ހަމަޖައްސާފައި މިވަނީ، އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަތުލް ކޭޝަޕްގެ ދައުރު ހަމަވަމުންނެވެ. ކޭޝަޕް އެ މަގާމަށް ހަމަޖެއްސެވީ 2015 ވަނަ އަހަރުގެ އޯގަސްޓް 21 ވަނަ ދުވަހުއެވެ. މަގާމުގެ ދައުރު ހަމަވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ކޭޝަޕް ފާހަގަކުރެވިގެން ގޮސްފައިވަނީ، އިންސާނީ ހައްގުތަކާއި ގާނޫނު އަސާސީއަށް ގެނެވުނު ބަދަލުތަކާއި ރާއްޖޭގެ ސިޔާސީ ބައެއް ކަންކަމަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް