Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަންޓު ކެނޑުން

24 ގަޑިއިރަށް ކަރަންޓް ޔަގީންކޮށް މާލޭގައި ހަވާ އެރުވިއިރު މަޑަވެލި ކަނު އަނދިރީގައި!

ކަރަންޓް ކެނޑުނީ ހެނދުނު، އަދިވެސް މައްސަލައަށް ހައްލެއް ނުލިބޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 18:22
މަޑަވެލިން ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ވަނީ ކުރިމަތިވެފައި

މަޑަވެލިން ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ވަނީ ކުރިމަތިވެފައި

ގދ. މަޑަވެއްޔަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުންދާ އިންޖީނަކަށް މައްސަލަ ޖެހި އެ ރަށް ކަނު އަނދިރީގައި އޮތްވައި، 24 ގަޑިއިރަށް ކަރަންޓް ޔަގީންކޮށް މާލޭގައި ހަވާ އަރުވައިފި އެވެ.

މަޑަވެއްޔަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުން ގޮސްފައިވަނީ 250 ކިލޯވޯލްޓްގެ އިންޖީނަކާއި 180 ކިލޯވޯލްޓްގެ އިންޖީނެކެވެ. އޭގެ ތެރެއިން، 250 ކިލޯވޯލްޓްގެ އިންޖީނަށް މައްސަލައެއް ޖެހި އެ ރަށުން ކަރަންޓް ކެނޑުނީ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

މަޑަވެލީ ކައުންސިލްގެ ރައީސް ހަމީޒް އަހުމަދު ވިދާޅުވީ އިންޖީނަށް މައްސަލަ ޖެހުނު ހިސާބުން ރަށަށް ކަރަންޓް ފޯރުކޮށްދެމުން ދަނީ 180 ކިލޯވޯލްޓްގެ އިންޖީނުންނެވެ. ނަމަވެސް، ރަށުގެ ގެތައް ހަތަރު ލައިނަކަށް ބަހައިގެން ކަރަންޓް ފޯރުކޮށްދެމުން ދަނީ އޭގެ ކޮންމެ ލައިނަކަށް ތިން ގަޑިއިރަކުން އެއް ގަޑިއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމީޒް ވިދާޅުވީ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ ވެރިންނަށް ގުޅިއިރު، އެ ބޭފުޅުން ތިއްބެވީ 24 ގަޑިއިރަށް ކަރަންޓް ޔަގީންކޮށްގެން ސަރުކާރުން ބޭއްވި ޖަލްސާގައި ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރުން ވަނީ، 24 ގަޑިއިރަށް ކަރަންޓް ޔަގީންކޮށްފައިވާ ކަމަށް ބުނެ އެކަން ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ހަވާ އަރުވާފައިވެސް ވެއެވެ.

ހަމީޒް ވިދާޅުވީ ކަރަންޓް ކެނޑިފައިވުމުގެ ސަބަބުން އެރަށު ސިއްހީ މަރުކަޒުގައި ތިބި ބަލިމީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތްއިރު، ބަލި މީހުން ގދ. ތިނަދޫއަށް ދާންޖެހުނީ އަމިއްލަ ޚަރަދުގައި ކަމަށެވެ. ބަލިމީހުން ތިނަދޫއާ ހަމައަށް ގެންދިއުމަށް ސީ އެމްބިއުލާންސް ހަމަޖައްސައިދޭން އެދުމުންވެސް އެކަން ހަމަޖައްސައިދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިގެ މުވައްޒަފުންނާއި ހަވާލާދީ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، އިންޖީނަށް ކުރިމަތިވި މައްސަލަ ހައްލުކުރެވެން އަންނަނީ ސްޕެއަރ ޕާޓްސް ލިބިގެންނެވެ. ނުވަތަ އާ އިންޖީނެއް ގެނެސްގެންނެވެ. އެހެންނަމަވެސް، އެކަން ކުރެވޭނެ ދުވަހެއް، ވަގުތެއް ބުނެދޭން ފެނަކައިގެ މުވައްޒަފުންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރަށް ކަރަންޓް ޔަގީންކުރުމަކީ ރައީސް ޔާމީނުގެ 2013 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު