Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ދިލިޕް ކުމާރު އެޑްމިޓްކޮށްފި

އޭނާ އެޑްމިޓް ކޮށްފައިވަނީ ނޭވާލުމުގައި އުނދަގޫތަކެއް ވާތީ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 12:01
ދިލިޕް ކުމާރު

ދިލިޕް ކުމާރު

ވެޓްރަން އެކްޓަރ ދިލިޕް ކުމާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެވެ.

އުމުރުން 95 އަހަރުގެ ދިލިޕް ކުމާރު މޭގައި އިންފެކްޝަން ހެދި ނޭވާލުމަށް އުނދަގޫވާތީ އެޑްމިޓްކޮށްފައިވާ ކަން ހާމަކޮށް އޭނާގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ވަނީ ޓްވީޓް ކޮށްފައެވެ.

ދިލިޕް ކުމާރުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލަހައްޓާ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ފައިސަލް ފާރޫގީ ކޮށްފައިވާ ޓްވީޓްގައިވަނީ ދިލިޕް ކުމާރު ގެ މޭގައި އިންފެކްޝަން އުފެދުމުގެ ސަބަބުން އުނދަގޫތަކެއް ވާތީ މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. ޑޮކްޓަރުންގެ ޓީމަކުން މިވަގުތު ޓެސްޓްތައް ހަދަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ. އެންމެންވެސް އޭނާއަށް އަވަސް ޝިފާއެއް ލިބުމަށް ދުއާ ކޮށްދިނުމަށް ވަނީ އެދިފައެވެ.

ދިލިޕް ކުމާރު ވަނީ 65 ފިލްމްގައި މަސައްކަތް ކޮށްފައެވެ. އޭނާގެ ފާހަގަ ކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 1955 ވަނަ އަހަރު ރިލީޒްކުރި "ދޭވްދާސް"، 1957 ވަނަ އަހަރު ރިލީޒްކުރި "ނަޔާ ދައުރު"، 1960 ވަނަ އަހަރު ރިލީޒްކުރި "މުގަލް އީ އާޒަމް"، 1961 ވަނަ އަހަރު ރިލީޒްކުރި "ގަންގާ ޖަމުނާ"، 1981 ވަނަ އަހަރު ރިލީޒްކުރި "ކްރާންޓީ" އަދި 1986 ވަނަ އަހަރު ރިލީޒްކުރި "ކަރްމާ" ހިމެނެއެވެ.

ދިލިޕް ކުމާރު އެންމެ ފަހުން ފެނިފައިވަނީ 1998 ވަނަ ފިލްމް "ގީލާ" އިންނެވެ. އޭނާއަށް ވަނީ 1994 ވަނަ އަހަރު "ދާދާސާހެބް ޕަލްކޭ އެވޯޑް" އަރުވާފައެވެ. އަދި 2015 ވަނަ އަހަރު "ޕަދްމާ ވިބޫޝަން" އެވޯޑްވެސް ދީފައެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2020

އައިޝްވާރިޔާ އާއި އަރާދްޔާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

18 ޖުލައި 2020
އައިޝްވާރިޔާ އާއި އަރާދްޔާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
24 ޖޫން 2020

މަޝްހޫރު ކޮރިއޯގްރާފަރ ސަރޯޖް ޚާން އެޑްމިޓްކޮށްފި

24 ޖޫން 2020
މަޝްހޫރު ކޮރިއޯގްރާފަރ ސަރޯޖް ޚާން އެޑްމިޓްކޮށްފި
29 އެޕްރީލު 2020

ރިޝީ ކަޕޫރު އެޑްމިޓްކޮށްފި

29 އެޕްރީލު 2020
ރިޝީ ކަޕޫރު އެޑްމިޓްކޮށްފި
10 އޮކްޓޯބަރު 2018

ދިލިޕް ކުމާރު އެޑްމިޓް ކޮށްފި

10 އޮކްޓޯބަރު 2018
ދިލިޕް ކުމާރު އެޑްމިޓް ކޮށްފި
20 އޯގަސްޓު 2018

އިންގްލިޝް ވިންގްލިޝްގެ އެކްޓަރ ސުޖާތާ ކުމާރު މަރުވެއްޖެ

20 އޯގަސްޓު 2018
އިންގްލިޝް ވިންގްލިޝްގެ އެކްޓަރ ސުޖާތާ ކުމާރު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު