Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަކްޝޭ ކުމާރު

އަކްޝޭ ކުމާރު އެންމެ ފުރަތަމަ ފިލްމު ކުޅެދިނީ ކިހާވަރަކަށްކަން އެނގޭތަ؟

ކާމިޔާބު މީހަކަށް ވީ ދިމާވި ހާދިސާއެއްގެ ސަބަބުންކަމަށް ބުނި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2017 | ބުދަ 04:10
އަކްޝޭ ކުމާރު

އަކްޝޭ ކުމާރު

ބޮލީވުޑްގެ ތަރިންގެ ތެރެއިން އަކްޝޭ ކުމާރަކީ އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނޭ އެކެކެވެ.

އޭނާ ވަނީ ބޮލީވުޑްއިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މަގުބޫލުކަން ލިބިފައެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ މިޑްޑޭއަށް އަކްޝޭ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އެންމެ ފުރަތަމަ ފިލްމެއް ކުޅެގެން ލިބުނީ އެންމެ 5000 އިންޑިއަން ރުޕީސް ކަމަށެވެ. އަދި އޭނާ އެފަހަރު ފިލްމު ކުޅުމަށް ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ޕްރަމޯދް ޗަކްރަވޯޓީ އާއި އެކު ތިންފިލްމެއްގައި ސޮއި ކުރި ކަމަށެވެ.

އަކްޝޭ ވަނީ އޭނާއަކީ ކުރިން ކާމިޔާބު މީހަކަށް ނުވިނަމަވެސް ކާމިޔާބީއާއި ހަމައަށް ދިއުމަށް މަސައްކަތް ކުރުވީ ދިމާވި ހާދިސާއެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އަކްޝޭ "މޮޑެލިން އެސައިންމަންޓް" ހެދުމަށް ބެންގަލޫރަށް ދިއުމަށްޓަކައި އޭނާ ދާން އުޅުނު ފްލައިޓްގެ ގަޑި ނޭގި އެ ފްލައިޓް ކެޓީއެވެ. އަކްޝޭ ދާން އުޅުނު "މޮޑެލިން އެޖެންސީ" މީހާ އޭނާ އަށް ގުޅާ "ދުވަހަކު ވެސް ދިރިއުޅުމުގައި އޭނާ ކާމިޔާބު މީހަކަށް ނުވާނެކަމަށް ބުނި" ކަމަށް އަކްޝޭ ބުންޏެވެ. އެނބުރި އޭނާގެ މަންމަގެ ކައިރީގައި ވަރަށް ދެރަވެ އެވާހަކަ ދެއްކުމުން ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމަށް ބުނިކަމަށް އަކްޝޭ ބުންޏެވެ. އެދުވަހުގެ ފަހުން އޭނާ ކާމިޔާބު މީހަކަށް ވުމަށް ވަރަށް މަސައްކަތް ކުރިކަމަށް އަކްޝޭ ބުންޏެވެ.

އޭގެ އަނެއްދުވަހު އަކްޝޭ ދިޔައީ ފިލްމު އުފައްދާ ސްޓޫޑިއޯ އެއްކަމަށްވާ ނަތުރާޖް ސްޓޫޑިއޯއަށެވެ. އެ ތަނުން އޭނާއަށް ފުރުސަތު ދިނީ ޑައިރެކްޓަރެއް ކަމަށްވާ ޕްރަމޯދް ޗަކްރަވޯޓީއެވެ. އެއްފަހަރާ ތިން ފިލްމަށް ސޮއި ކުރުމަށް ޕްރަމޯދް ދިނުމުން އަކްޝޭ އަވަހަށް ސޮއި ކުރީއެވެ. އަކްޝޭ ބުނީ އޭނާގެ ފުރަތަމަ ފިލްމު 5،000 ރުޕީސްއަށް ކުޅުނު ކަމުގައި ވިޔަސް ދެވަނަ ފިލްމު ކުޅުނީ 50،000 ރުޕީސްއަށް ކަމަށެވެ. އަދި ތިންވަނަ ފިލްމު ކުޅުނީ 1.5 ލައްކަ ރުޕީސްއަށް ކަމަށެވެ. އޭގެ ފަހުން އޭނާގެ ޑިމާންޑް ބޮޑުވީ ކަމަށް އަކްޝޭ ކިޔައިދިނެވެ. އަކްޝޭ ބުނީ "މޮޑެލިން އެސައިންމަންޓް" އަށް އޭނާއަށް ދެވުނު ނަމަ އެ ވާނީ ބޮޑު އުނދަގުލަކަށް ކަމަށެވެ. އެހެން ނޫން ނަމަ އޭނާ ވާނީ މިހާރު "ރިޓަޔާޑް މޮޑެލަކަށް" ކަމަށް އަކްޝޭ ހެމުން ހެމުން ބުންޏެވެ. "ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް ކަމަށް ބުނާ ބުނުން" އޭނާ އަށް މިހާރު ގަބޫލުކުރެވޭ ކަމަށްވެސް އަކްޝޭ ބުންޏެވެ.

އެންމެ ފުރަތަމަ އަކްޝޭ ކުޅެފައިވަނީ "ސޯގަންދު" އެވެ. އެއީ 1991 ވަނަ އަހަރުގައެވެ. އަކްޝޭގެ ދެވަނަ ފިލްމަކީ "ޑާންސާ"(1992) އެވެ. ތިން ވަނަ ފިލްމަކީ "ކިލާޅީ"(1992)އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު