Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހުވަދޫއިން ފެންނަނީ ރީތި މަންޒަރެއް، ހުރިހާ ރަށެއްގެ ތާއިދު އެބަ އޮތް: އިބޫ

3 ސެޕްޓެމްބަރު 2018 | ހޯމަ 11:18

މިއަދަކީ ހުވަދޫގެ ރަށްތަކަށް ވަޑައިގަންނަވާ އެންމެ ފަހު ދުވަސް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 3 ސެޕްޓެމްބަރު 2018 | ހޯމަ 11:18
ގދ. ނަޑެއްލާގައި އިބޫ ވާހަކަ ދައްކަވަނީ

ގދ. ނަޑެއްލާގައި އިބޫ ވާހަކަ ދައްކަވަނީ

ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ހުވަދު އަތޮޅުން ފެނިގެންދަނީ ވަރަށް ރީތި މަންޒަރެއް ކަމަށާއި އަތޮޅުގެ ހުރިހާ ރަށަކުން ވެސް ގުޅިފައިވާ ޕާޓީތަކަށް ތާއިދު އޮތް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގދ. ނަޑެއްލާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން "ބޮޑުތަކުން" ކާމިޔާބު ކުރާނެ ކަމަށާއި ހުވަދު އަތޮޅުގެ ހުރިހާ ރަށަކުން އަގުލަބިއްޔަތު ލިބޭނެ ކަމަށެވެ.

Advertisement - newsAdvertisement
"ހުވަދު އަތޮޅުން ފެންނަނީ ވަރަށް ރީތި މަންޒަރެއް. އަޅުގަނޑުމެން ދިޔަ ހުވަދޫގެ ހުރިހާ ރަށަކުން ވެސް ތާއިދު އެބަ އޮތް،" އިބޫ ވިދާޅުވިއެވެ.

ގދ. ނަޑެއްލާގައި އިބްރާހިމް މުހައްމަދު ސޯލިހު: ރަށުގެ ތާއިދު އެމަނިކުފާނަށް އޮތް ކަމަށް ވިދާޅުވި-- ފޮޓޯ/ އެމްޑީޕީ

ހުވަދު އަތޮޅަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އަތޮޅެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހުވަދޫގައި އިތުރު ރިސޯޓުތައް ހުޅުއްވައި ދެއްވާނެ ކަމަށެވެ. ހުވަދޫ އަތޮޅަކީ 240 ވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވޭ ރާއްޖޭގެ އެންމެ ބޮޑު އަތޮޅެވެ. މީހުން ދިރިއުޅޭ 18 ރަށް އޮންނަ ހުވަދޫގައި ފަސް ވަރަކަށް ރިސޯޓު މިހާރު ވެސް ހިންގައެވެ. އަދި ދެ އެއާޕޯޓެއް ވެސް ހުވަދޫގައި ތަރައްގީކޮށްފައިވެއެވެ.

ގުދުރަތީ ދިރުންތައް ގިނަ ހުވަދޫ ރަށްތަކަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރަށްތަކުގެ މަންފާ ރައްޔިތުންނަށް ހޯއްދަވައި ދެއްވުމަށް "ޖަޒީރާވަންތަ ދިރިއުޅުމެއް" ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ގދ. ނަޑެއްލާ: އެ ރަށުގައި ހަދާފައިވާ "ޖަޒީރާ ހުޓިކޮޑާ"ގައި އިބޫ އާއި ނަޑެއްލާ ކައުންސިލްގެ އެމްޑީޕީ ކައުންސިލަރާއެކު-- ފޮޓޯ/ އެމްޑީޕީ

އިބޫ ހޯމަ ދުވަހު ވަޑައިގެންނެވި ނަޑެއްލާއަކީ ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރާ ރަށެކެވެ. އެ ރަށުގެ މަސައްކަތްތެރި ކަމަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރަށްތަކުގައި އެފަދަ މަސައްކަތް އިތުރަށް ތަރައްގީ ކުރެއްވުމަށް އެހީތެރިވެދެއްވާނެ ކަމަށެވެ.

ގދ. ނަޑެއްލާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއިދު ބޮޑު ރަށެކެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ރިޔާސި އިންތިހާބުގެ ފަހު ބުރުގައި ރައީސް މައުމޫން އިސްވެ ހުންނަވައިގެން ހިންގެވި ކެމްޕޭނުގައި ނަޑެއްލާއިން ވަނީ ޕީޕީއެމަށް 52 ޕަސެންޓް ވޯޓު ލިބިފައެވެ. ނަމަވެސް ރައީސް މައުމޫން ގުޅިފައިވާ ޕާޓީތަކާއެކު ކުރައްވަން ފައްޓަވާފައިވާ މަސައްކަތާއެކު މިފަހަރުގެ އިންތިހާބުގައި ނަޑެއްލާއިން ބޮޑު އަގުލަބިއްޔަތެއް ކޯލިޝަނަށް ލިބޭނެ ކަމަށް ބެލެވެއެވެ.

ހުވަދޫއަށް އިބޫ ފައްޓަވާފައިވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިހާތަނަށް އެމަނިކުފާނު ވަނީ 16 ރަށަކަށް ވަޑައިގެންފައެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވި ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތަކަކީ ތިނަދޫ، ފަރެސްމާތޮޑާ، ފިޔޯރީ، ނަޑެއްލާ، ވާދޫ، ގައްދޫ، ރަތަފަންދޫއަށެވެ. އިބޫ ވަޑައިގެންނެވި ހުވަދު އަތޮޅު އުތުރު ބުރީގެ ރަށްތަކަކީ ވިލިނގިލި، މާމެންދޫ، ނިލަންދޫ، ދާންދޫ، ގެމަނަފުށި، ކޮނޑޭ، ކޮލަމާފުށި، ދެއްވަދޫ، ކަނޑުހުޅުދޫއަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ރާއްޖެ ސިންގަޕޫރު ގޮތުގައި ފެންނަނީ ރައީސް ޔާމީނަށް އެކަނި:އަމީން

15 އެޕްރީލު 2017
ރާއްޖެ ސިންގަޕޫރު ގޮތުގައި ފެންނަނީ ރައީސް ޔާމީނަށް އެކަނި:އަމީން
11 އެޕްރީލު 2017

މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް

11 އެޕްރީލު 2017
މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް
09 އެޕްރީލު 2017

ވިލާ ކޮލެޖު ހިންގަނީ ރީތި ނަމެއް ހޯދާކަށް ނޫން: ގާސިމް

09 އެޕްރީލު 2017
ވިލާ ކޮލެޖު ހިންގަނީ ރީތި ނަމެއް ހޯދާކަށް ނޫން: ގާސިމް
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް