Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލާ ކޮލެޖް

ވިލާ ކޮލެޖު ހިންގަނީ ރީތި ނަމެއް ހޯދާކަށް ނޫން: ގާސިމް

9 އެޕްރީލު 2017 | އާދީއްތަ 16:28

ވިލާ ކޮލެޖު ޔުނިވަރސިޓީއަކަށް ހެދުމަށް ބޭނުންވާ ހުރިހާ ކަމެއް ނިމިއްޖެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 9 އެޕްރީލު 2017 | އާދީއްތަ 16:28
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ވިލާ ކޮލެޖަކީ މީހެއްގެ ފަރާތުން ބޭނުންވާ ރީތި ނަމަކަށް ނުވަތަ ޝަރަފުވެރި ބަހަކަށް ހިންގާ ތަނެއް ނޫން ކަމަށް، އެ ކޮލެޖްގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ގާސިމް އިބްރާހިމްގެ ބަޔާން އިއްވަވާ ދެއްވާފައި ވަނީ އޭނާގެ ދަރިކަނބަލުން ސަނާ ގާސިމެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގައި ތިބެގެން، ރަގަޅު ފެންވަރުގެ ތައުލީމު ހޯދާ ދިނުމަކީ، ވިލާ ކޮލެޖު އުފެއްދުމުގެ އެންމެ ބޮޑު ބޭނުން ކަމަށެވެ. އަދި މިއީ އެމަނިކުފާނަށް ނުލިބުނު ފުރުސަތުތަކެއް ދިވެހި މި ޖީލުގެ ދަރިންނަށް ހޯދާދިނުމަށް ކުރާ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން ދިވެހި ރާއްޖެއަށް މިހާރު އެންމެ ބޭނުންވާ ދާއިރާތައް ބަލާ އެ ދައިރާތަކުން ކޯސްތައް ހިންގުމަކީ މިއަދު ވިލާ ކޮލެޖުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތް ކަމަށް އޭނާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މި ލޮބުވެތި ރާއްޖެއަކީ އަޅުގަނޑުގެވެސް އަދި ތިޔަކުދީންގެ ގައުމު. ގައުމަށް ރީތި ނަމާއި ޝަރަފު ހޯދާ ދޭން ތިބީވެސް ހަމަ އަޅުގަނޑުމެން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ އޭނާގެ ހަޔާތުގެ ކުރީ ދުވަސްކޮޅު އުޅެންޖެހުނު ގޮތް ހިއްސާކޮށްފަ އެވެ. މީގެ އިތުރުން، ވިލާ ކޮލެޖުން މަސައްކަތް ކުރަނީ، ބޭރު ގައުމުތަކުގެ ކުދިން އައިސް ކިޔަވާ ފެންވަރުގެ ކޮލެޖަކަށް ހެދުމަށް ކަމަށާއި އެކަންވެސް ކާމިޔާބު ވަމުން އަންނަ ކަމަށް ގާސިމްގެ ބަޔާނުގައި ބުނެ އެވެ.

ގާސިމް ވިދާޅުވީ، ކަމެއް ކާމިޔާބު ކުރެވޭނީ، ގަދަ ހިތްވަރާ، އަޒުމާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.

"އަޅުގަނޑު މަސައްކަތްކުރީ ތިމާގެ އަމިއްލަ ގައުމުތަކުގައި ތިބެގެން، އޮފީސްތަކުގައި ވަޒީފާ އަދާކުރުމުން މަތީ ތައުލީމުގެ ކުރިބޯއްޓާ ހަމައަށް ވާސިލުކޮށްދިނުން. އެކަމަށްޓަކައިވެސް ވަރަށް ދަތި އުނދަގޫ މަގުތަކެއްގައި ހިނގިން. އަދިވެސް ދަނީ ހިނގަމުން. ވަރަށް ގިނަ އޮއިވަރުތަކުގައިވެސް ޖެހުނު. މޫސުމީ ބަނަކަމާއި ތަފާތު އެކި ކަންކަމާވެސް ދިމާވި." ގާސިމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވިލާ ކޮލެޖު ޔުނިވަރސިޓީއަކަށް ބަދަލު ކުރުމުގެ ހުރިހާ މަސައްކަތެއް ކުރެވިފައިވާކަމަށާއި އެކަން ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ވެސް އެބަ އޮތް ކަމަށް ގާސިމް ގެ ބަޔާނުގައި ބުނެ އެވެ. މިއީ ރާއްޖޭގެ ތައުލީމީ ދާއިރާއަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގާސިމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެން ކަމުން އަވަސް މުއްދަތެއްގެ ތެރޭގައި ވިލާ ކޮލެޖު ޔުނިވަރސިޓީއަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ

18 ފެބުރުއަރީ 2017
އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް