Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއާރުޑީސީ

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

މަސައްކަތް ނިންމަން ޖެހެނީ ހަ މަސް ދުވަސް ތެރޭގައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 26 މާރިޗު 2017 | އާދީއްތަ 14:35
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް ސަރުކާރުން ރަށްރަށުގެ މަގުތައް ހެދުމަށް އުފައްދާފައިވާ، މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕްރޭޝަން (އެމްއާރުޑީސީ) އާ ހަވާލު ކޮށްފިއެވެ.

ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ޖެޓީ ހެދުމަށް ނިންމާފައި ވަނީ ބ ފެހެންދޫ، ބފުޅަދޫ، ރ ރަސްގަތީމް، ވ ފުލިދޫ، ވ ރަކީދޫ، މީގެއިތުރުން މ ރަތްމަންދޫ އެވެ.

Advertisement - newsAdvertisement

މަސައްކަތްތު އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވި މިނިސްޓަރު މުހައްމަދު މުއިއްޒުއެވެ. އަދި އެމްއާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލްްެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް މިނިސްޓަރު މުއިއްޒު ވިދާޅުވީ މި މަސައްކަތަކީ މިއަހަރުގެ ބަޖެޓްގައި ހިމަނައި، ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ބ، ފެހެންދޫގެ ޖެޓީ ހެދުމަށް ދާނެ ހަރަދަކީ ގާގްގަޑަކަށް 2.2 މިލިޔަން ރުފިޔާ ކަމަށާއި ބ ފުޅަދޫ ޖެޓީ ހެދުމުގެ މަސައްކަތަށް ދާނެ ކަމަށް ލަފާ ކުރެވެނީ 2.2 މިލިޔަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުތުރުން ރ، ރަސްގަތީމް ޖެޓީ ހެދުމަށް 3.3 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭއިރު ވ، ފުލިދޫ އަސް 2.5 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށާއި ހަމައެހެންމެ ވ. ރަކީދޫ އަށް 1.8 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށާއި އަދި މ ރަތްމަންދޫ އަށް 2.2 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރުޑީސީގެ އެމްޑީ މުހައްމަދު ނިމާލް ވިދާޅުވީ މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާ ސަރުކާރާ ހަވާލު ކުރާނެ ކަމަށާއި އެގޮތުން މިއަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަސައްކަތް ނިންމާ ހައުސިން މިނިސްޓްރީއާ ހަވާލު ކުރާނެ ކަމަށް ނިމާލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު