Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިހާބު 2018

ގދ. ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ވަރުގަދަ 'ބޮނޑިއެއް' ދީފި

1 ސެޕްޓެމްބަރު 2018 | ހޮނިހިރު 09:33

މި ބޮނޑީގެ ދިގުމިން ގާތްގަނޑަކަށް 5 ފޫޓަށް އަރާ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 1 ސެޕްޓެމްބަރު 2018 | ހޮނިހިރު 09:33
ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ހަދިޔާ ކުރެއްވި ހުވަދޫ ބޮނޑި

ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ހަދިޔާ ކުރެއްވި ހުވަދޫ ބޮނޑި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ގދ. އަށާއި ގއ. އަށް ހުކުރު ދުވަހު ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލަކީ ގދ. ވާދޫއެވެ. ވާދޫގެ ރައްޔިތުންގެ ފަރާތުން އިބޫ އަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެހެން ރަށްރަށެކޭ ވެސް އެއް ފަދައިން މި ރަށުގައި ވެސް ރަން ރީނދޫކުލައާ ގުޅިފައިވާ ހަތަރު ޕާޓީގެ ގުޅުން ރަމްޒުކޮށްދޭ ދިދަފަތިތަކާއި މާ ފަތިތަކުން ޒީނަތްތެރިކޮށްފައިވާތަން ފެނިގެން ގޮސްފައި ވެއެވެ. މާފައްޗަކަށް ފަހު މާފައްޗެއް އިބޫ އާއި ޓީމުގެ މެންބަރުންގެ ކަރުގައި އަޅުވަމުން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ. ނަމަވެސް ދައްކަން މިއުޅެނީ މެހުމާންދާރީގެ ވާހަކަ އާއި ކެއުން އިންތިޒާމްކޮށްފައިވާލެއް ފުރިހަމަކަމުގެ ވާހަކައެއް ނޫނެއެވެ.

މި ދަތުރުގައި އެންމެ ހާއްސަ ކަމަކަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއްކަމަކީ ދެ އަންހެންކަނބަލުންނާއި އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ މެންބަރު ގަސަމު އެކުގައި ނަގާފައިވާ ފޮޓޯއަކުން ފެންނަ، ރީނދޫކުލައިގެ ފޮތިގަނޑެއް އޮޅާފައިވާ ބޮނޑިއަކަށެވެ. މި ބޮނޑި ހާއްސަވާ ވަރަށް ގިނަ ސިފަތަކެއް އެބަހުއްޓެވެ. ބޮނޑީގެ ދިގު މިނުން އެކަނި ވެސް އެ މަސައްކަތުގެ ބުރަކަން އިހުސާސް ކުރެވެއެވެ. ހަގީގަތުގައި ވެސް މިއީ ބުރަ މަސައްކަތެކެވެ.

ބޮނޑި ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ ރާއްޖެއެމްވީ

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ވާދޫ އަންހެން ކަނބަލަކު ބުނީ، އެ ބޮނޑިއަކީ ގާތްގަނޑަކަށް އިބޫގެ އިސްކޮޅާ އެއްވަރަށް، އެމްޑީޕީގެ ސަޕޯޓަރެއް ކަމަށްވާ އާމިނަތު މޫސާގެ އިސްނެގުމުގެ މަތިން ތައްޔާރުކޮށްފައިވާ ބޮނޑިއެއް ކަމަށެވެ. މި ބޮނޑި ހަދިޔާކޮށްފައި ވަނީ އެރަށު އެމްޑީޕީ އަންހެން ކަނބަލުންގެ ފަރާތުން އައިމިނަތު މޫސާ އާއި، އައިމިނަތު ކަމާލެވެ.

ބޮނޑި ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ ރާއްޖެއެމްވީ

މި ބޮނޑި ތައްޔާރުކޮށްފައި ވަނީ އިބޫގެ ޓީމުން ވާދޫ އަށް ވަޑައިގެންނެވި ދުވަހުގެ ކުރީ ދުވަހުގައެވެ. އެއް ދުވަހުގެ ބުރަ ބޮޑު މަސައްކަތެކެވެ. ގަބުޅި ހުންޏާއި، ދިވެހި ހަކުރު ބޭނުންކޮށްގެން ތައްޔާރުކުރާ މި ބޮނޑި ބޭރުގައި ހުންނަނީ ފަތް އޮޅާފައެވެ. ވާދޫގައި ތައްޔާރުކުރާ މިބާވަތުގެ ބޮނޑިއަކީ ރަހަ މީރު މުޅި އަތޮޅަށް ވެސް މަޝްހޫރު ހުވަދޫ ބޮނޑިއެކެވެ.

ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ހަދިޔާ ކުރި ހުވަދޫ ބޮނޑި

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

29 ޖޫން 2018

އެމްޑީޕީއިން ނެރޭ ކެންޑިޑޭޓަކީ އިބޫ؟

29 ޖޫން 2018
އެމްޑީޕީއިން ނެރޭ ކެންޑިޑޭޓަކީ އިބޫ؟
13 ޖޫން 2018

ނަޝީދަށްފަހު އިބޫތަ؟

13 ޖޫން 2018
ނަޝީދަށްފަހު އިބޫތަ؟
11 ޖޫން 2018

އިބޫގެ ޓްވިޓާ އެކު ޅެމުގެ ގުލްޒާރަކަށް!

11 ޖޫން 2018
އިބޫގެ ޓްވިޓާ އެކު ޅެމުގެ ގުލްޒާރަކަށް!
31 މާރިޗު 2018

އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!

31 މާރިޗު 2018
އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!
27 މާރިޗު 2018

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

27 މާރިޗު 2018
އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
06 މާރިޗު 2018

ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

06 މާރިޗު 2018
ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް
24 ފެބުރުއަރީ 2018

ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!

24 ފެބުރުއަރީ 2018
ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!
25 ޖެނުއަރީ 2018

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

25 ޖެނުއަރީ 2018
ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި
22 ޖެނުއަރީ 2018

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

22 ޖެނުއަރީ 2018
ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
04 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

04 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް