Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ބޭފުޅުންގެ އަނބިކަނބަލު

ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

މިއީ ރައީސް ޔާމީންގެ ސަރުކާރަށް ބަލަން ފަސޭހަ މަންޒަރެއް ނޫން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 6 މާރިޗު 2018 | އަންގާރަ 04:58
ޖަލަށް ލާފައިވާ ބައެއް ބޭފުޅުން ބޭފުޅުންގެ އަނބިކަނބަލުން ސައި މޭޒު ދޮށުގައި

ޖަލަށް ލާފައިވާ ބައެއް ބޭފުޅުން ބޭފުޅުންގެ އަނބިކަނބަލުން ސައި މޭޒު ދޮށުގައި

މިއީ އާދާގެ ބައެއް ނޫނެވެ. އެމީހުންގެ ފަރާތުން ލިބިގަނަންވީ ހިތްވަރެއެވެ. އެމީހުންގެ މޫނުމަތިން މާޔޫސްކަމެއް ނުފެއެވެ. ހަމަ ޔަގީންނުންވެސް އެކިއެކި ތުހުމަތުގައި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިކަނބަލުން އެއް މޭޒެއްގެ ދޮށުން ފެނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރިންނަން ފަސޭހަ ކަމަކަށް ނުވާނެވެ. ހަމަ ޔާގީނުން ވެސް ސިޔާސީ ބޭފުޅުންގެ އަނބިކަނބަލުންގެ ފަރާތުން އެދިނީ ވަރުގަދަ މެސެޖެކެވެ. ސަރުކާރަށާއި ރައްޔިތުންނަންށެވެ. އެމީހުން ތިބީ ދޫދޭ ގޮތަށް ނޫނެވެ. މިއީ ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިކަބަލުންގެ ޝުއޫރެއެވެ.

ކޮންމެއަކަސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވާ ކޮންމެ ބޭފުޅެއް ވެސް ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ދުވަސްތައް ހޭދަކުރަންޖެއެވެ. މި ވަގުތު ސިޔާސީ އެތަކެއް ބޭފުޅުން ދަނީ ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި އަނބިދަރިންނާއި ދުރުގައި ދުވަސްތަކެއް ހޭދަކުރަމުންނެވެ. އިންސާފު ލިބޭނެ ކަމުގެ އުއްމީދު ގައެވެ. ފައިސާއަށް ނަފްސު ވިއްކާލަން ބޭނުން ނުވާތީއެވެ. ނިމިދިޔަ ހަފްތާގެ ތެރޭގައި ޖަލުގައި ތިއްބެވި ނުވަ ބޭފުޅުންގެ އަނބިކަނބަލުން ސައި މޭޒެއްގެ ދޮށުގައި ތިއްބެވި މަންޒަރު ފެނުނެވެ. އެއީ ގިނަ ބައެއްގެ ލޮލުގައި އަޅާއިގެން މަންޒަރެއެވެ. ފާނޑުކިޔުންތަކާއި ތައުރީފް ބަސްތަކުންނެވެ.

ސިޔާސީ ބައެއް ބޭފުޅުންގެ އަނބިއަނބިކަނބަލުން ކަރެކްޝަންސްގައި

ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިކަނބިކަނބަލުން

  • މަރިޔަމް ރީމް (އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ އަނބިކަނބުން)
  • ޝާދިޔާ އާދަމް (ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ އަނބިކަނބަލުން)
  • މަރިޔަމް ނަޝްވާ (ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން)
  • އަފާފް އަބްދުލްމަޖީދު (ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އަނބިކަނބަލުން)
  • ނަޒްރާ ނަސީމް (ނަޒޫ) (ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ އަނބިކަނބަލުން)
  • އައިޝަތު މާޝާ (ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން)
  • ފަހުމާ އަހުމަދު (މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާނުގެ އަނބިކަނބަލުން)
  • ޔުމްނާ މައުމޫން (އަހުމަދު ނަދީމްގެ އަނބިކަނބަލުން)

އަބަދުވެސް އަޑުއިވެނީ ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަން ލިބެންޖެހޭ ޙައްގުތައް ނުލިބޭ ވާހަކައެވެ. އާއިލާގެ ކަންބޮޑުވުންތަކުގެ ވާހަކައެވެ. އެތަކެއް ދުވަސްތަކެއް ވަންދެއް ސިޔާސީ ބޭފުޅުންގެ އަނބިކަބަލުން އެކަންކަމަށް ކެތްކޮށްފިއެވެ. ހިތްދަތިކާ އެކުގައެވެ. އެހެންނަމަވެސް މިއަދު ފެނިގެންދަނީ އެބޭފުޅުން ވެސް "އެކެއް އަނެކެތްގެ ކިބައިން ހިތްވަރު ލިބިގެން" އެއްބައިވަންތަކާއި އެކުގައި ޙައްގުތައް ކަށަވަރުކުރުމަށް ނުކުމެވަޑައިގެންނެވި މަންޒަރެއެވެ. ކެތްތެރިކަން ކޮޅުން ލުމުނެވެ. އެމީހުންގެ އެދުމަކީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުމެވެ. އެ އަމަރު ތަންފީޒުކުރުމަށް ގޮވާލައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތަކުންވެސް މި ބޭފުޅުން ފެނެއެވެ.

ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ފާރިސް މައުމޫންގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ އެމްޑީޕީ ހަރުގޭގައި

ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް އަނިބިކަބަލުންގެ ނަޒުރާ ނަސީމާއި ރައީސް މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫން މީގެ ކުރިން ސިޔާސީ ހަރަކާތަކުން ފެނުނު ނަމަވެސް ދެން ތިއްބެވެ ބޭފުޅުންނަކީ މޫނުތަކަކީ މުޅިން އައު މޫނުތަކެވެ. ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ އަނިބިކަނބަލުން އައިޝަތު ލީޝިޔާ އާއި އުއްތަމަ ފަނޑިޔާރުގެ އަނބިކަބަލުން މޫމިނާ ފާއިޒާއި، ކުރީގެ ޑިފެންސް މިނސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދު ވަނީ ފެނިގެން ގޮސްފައެވެ.

އުއްތަމަ ފަނޑިޔާރުގެ އަނބިކަނބަލުން މުއުމިނާ ނާފިޒު ހަށަންބަދެލައިގެން ހުކުރު ދުވަހުގެ މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވަނީ

ފާރިސްގެ އަނބިކަނބަލުން އައިޝަތު ލީޝިޔާ ފެނިފައި ވަނީ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި އިޙްތިޖާޖަކުންވެ. އަދި އުއްތަމަ ފަނޑިޔާރުގެ އަނބިކަނަބަލުން މޫމިނާ ފާއިޒު ހުކުރު ދުވަހު ހަވީރު ބޭއްވި އެއްވުމުގައި ބެރިކޭޓް ފަހަތުގައި ހުންނެވުމަކީ ވެސް ފަހަތަށް ނުޖެހި ކުރިއަށް ދިއުމަށް އެތައް ބަޔަކަށް ލިބިގެންދިޔަ ހިތްވަރަކެވެ. ކާނަލް ނާޒިމްގެ އަނބިކަބަލުން އަފާފްގެ ލޮލަށް އެއްވުމުގެ ތެރެއިން ޕެޕާ ސްޕްރޭ ޖެހާފައިވާ ފޮޓޯ ފެނުމުން ދޭހަވަނީ އަނިޔާކުރިއަށް ފަހަތަށް ނުޖެހޭނެ ކަމަށެވެ. ހިތްވަރާއެކު ކުރިއަށް ދިއުމަށް މިއަދު އަތު އެގުޅާލީ ފިޝާރި އަންހެންވެރިންތަކެވެ. ރައީސް ޔާމީންގެ މިއީ ހަޖަމްކުރަން ފަސޭހަ ކަމަށް ނުވާނެވެ. ޖަލުގައި ތިބި ގައިދީންގެ އަނބިކަނބަލުންގެ ފަރާތުން ހިތްވަރު ލިބިގަނެ، އެކެއް އަނެކެއްގެ ކިބައިން ނުކުންނަނީ ދިވެހި ރައްޔިތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު