Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ މުސްލިމުން

ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

ރޮހިންޖާގެ ގިނަ ބަޔަކު ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2017 | ހޯމަ 13:47
ރޮހިންޖާ މުސްލިމް އަންހެނުންތަކެއް މަޑުކޮށްލައިގެން

ރޮހިންޖާ މުސްލިމް އަންހެނުންތަކެއް މަޑުކޮށްލައިގެން

"އެމީހުން އައިސް އަހަރެންގެ ބޮލާ ދިމާލަށް ބަޑި ދިމާކުރި. އަދި އަހަރެންގެ އަތުގައި ބާރަށް ހިފާ، އެމީހުން ބޭނުންކަމެއް އަހަންނަށް ކުރި." މިއީ މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ 18 އަހަރުގެ އަންހެން ކުއްޖެއްގެ އުދާސްތަކެކެވެ.

މިފަދަ އެތައް ހާދިސާއެއް ކޮންމެ ދުވަހު އެދަނީ މިޔަންމާގެ ރަޚައިން ސްޓޭޓްގައި ހިނގަމުންނެވެ. މިޔަންމާގެ މިލިޓަރީ ސިފައިން ގޮސް 18 އަހަރުގެ އެ އަންހެން ކުއްޖާ އިށީންދެގެން އިން ސަރަހައްދުން ދިއުމަށް ބުންޏެވެ. އެހެން ނަމަވެސް ދާނީ ވަކި ކޮންތާކަށް ހެއްޔެވެ. އެއީ އޭނާ ދިރިއުޅޭ ގެ އެވެ.

" ސިފައިން އައިސް ދާށޭ ބުނުމުން ވެސް އަހަރެން އެތަނުގައި ހަމައިނީ. އަހަރެން އިނީ އިށީންދެގެން. އިރުކޮޅަކުން އައިސް ގައިގެ އެތައް މިތަނުގައި ފައިންޖަހާ އަނިޔާކުރަންފެށި. އަދި އަހަރެން ލައިގެން ހުރި ހެދުން ގަދަކަމުން ބޭލުވި. މިއީ ހަމަ ސިފައިން އައިސް ކުރި ކަންތައްތައް." އެ ކުއްޖާ ބުންޏެވެ.

މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ، އަނިޔާވެރި އަމަލުތަކުގެ ޝިކާރަކަށް ވެފައިވާ މިލިއަނެއްހާ މީހުން ރަޚައިން ސްޓޭޓްގައި ދިރިއުޅެމުންދެ އެވެ.

މިކަމަށް ކެތް ނުވެގެން 70،000 ވުރެ ގިނަ މީހުން ވަނީ އަމިއްލަ ގައުމު ދޫކޮށް ގޮސްފަ އެވެ.

ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އަނިޔާތަކުގެ ވާހަކަ ކިޔާދިނުމަށް އެއަނިޔާ ލިބޭ މީހުން ވެސް ވަނީ ފަސްޖެހިފައެވެ.

މިޔަންމާ ސަރުކާރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ރަޚައިން ސްޓޭޓަށް ވަނުމުގެ ހުއްދަ ނުދޭ އިރު އެ ތަނުގައި ހިނގާ ކަންކަމުގެ ތެރެއިން މީޑިޔާތަކަށް ހާމަވެގެންދަނީވެސް މަދު ކަމެކެވެ.

" ސިފައިން އަހަރެމެން އުޅޭ ސަރަހައްދަށް ވަދެގަނެ، އަހަރެންގެ ބައްޕަ ދިރިހުއްޓާ އަންދާލި. އަދި އެކަން އަހަރެންގެ މަންމަ ރިޕޯޓް ކުރުމުން މިހާރު ހުރީ ޖަލަށްލާފައި." ރޮހިންޖާ މުސްލިމު ދަރިކޮޅަށް ނިސްބަތްވާ މީހަކު އަސަރާއެކު ބުންޏެވެ.

މިފަދަ މައުލޫމާތު ހާމަކުރާ މީހުންވެސް އެމީހުންގެ މައުލޫމާތު ހާމަކުރުމަށް ޖެހިލުންވެ އެވެ. ކުރިމަތިވެދާނެ އަނިޔާއަކަށް ބިރުންނެވެ.

ރަޚައިން ސްޓޭޓްގެ މީހުންގެ ތެރެއިން ނޫސްވެރިންނާއި މީގެ ކުރިންވެސް ވާހަކަދައްކާ، މައުލޫމާތު ހިއްސާކުރާ މީހުންނަށް ވަރުގަދަ އަދަބުތައްދީ އަނިޔާކޮށް މާރާލާފައިވެސް އެބަ ހުއްޓެވެ.

މިޔަންމާއަކީ ބުޑިސްޓް ގައުމަކަށްވާ އިރު އެގައުމުގައި ބުޑިސްޓުންގެ 130 ޖަމާއަތެއް ދިރިއުޅެއެވެ. އަދި އެއް މިލިޔަނެއްހާ ރޮހިންޖާ މުސްލިމުން އުޅެ އެވެ. މިޔަންމާ މީހުންގެ ގިނަ ބަޔަކު ރޮހިންޖާ މުސްލިމުން އެގައުމުގެ ބައެއްގެ ގޮތުގައި ނުދެކެ އެވެ. އެމީހުންނަކީ އެގައުމަށް ވަގަށް ވަދެގެން އުޅޭ ބަންގްލަދޭޝް ބައެއްގެ ގޮތުގައި އެގައުމުގެ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ރޮހިންޖާ މުސްލިމުންނަށް އެގައުމުގެ އެހެން ދީންތަކުގެ ރައްޔިތުން އާންމުކޮށް ކިޔާ އުޅެނީވެސް " ބެންގާލީސް" (ބަންގާޅީން) ގެ ނަމުންނެވެ.

ރޮހިންޖާ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ، އެތައް އަހަރުތަކެއް ވީނަމަވެސް، އެމީހުން ދިރިއުޅެންޖެހެނީ ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ. އެގޮތުން ރޮހިންޖާ މުސްލިމުންނަށް އެމީހުން ދިރިއުޅޭ ސަރަހައްދުން ދިއުމަށް ވަކި ހުއްދަތަކެއް ހޯދަންޖެހެ އެވެ. އަދި ތައުލީމު ހާސިލު ކުރުމުގަ އާއި ވަޒީފާ އަދާކުރުމުގައިވެސް ވަކި ކަހަލަ ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާމެދު ހިންގާ މި އަނިޔާވެރި އަމަލުތައް އެގައުމުގެ ސިފައިންނާ ސަރުކާރުން ދޮގުކުރެ އެވެ. އަދި އެމީހުން ލާއިންސާނީ ބޮޑެތި އަނިޔާތައް ކުރަމުންނުދާ ކަމަށް ދަނީ ބުނަމުންނެވެ.

ރޮހިންޖާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކަށް ކުރިމަތިލުމަށް " ފެއިތް މޫވްމެންޓް" ގެ ނަމުގައި ރޮހިންޖާގެ މުސްލިމުންގެ ތެރޭގައިވެސް ވަނީ ޖަމާއަތެއް އުފެދިފަ އެވެ. މިއީ ސައުދީން ފަންޑު ކުރާ ބައެއް ކަމަށް ތުހުމަތު ކުރާ އިރު، މި އަނިޔާއަށް ހައްލެއް ނުލިބޭ ނަމަ، މިފަދަ އިތުރު ޖަމާއަތްތައް އުފެދި، ލާއިންސާނީ އިތުރު އަމަލުތައް ހިނގުން ހުއްޓުމެއް ނެތި ކުރިއަށްދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ރޮހިންޖާގެ މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަކީ ގިނަ ދުވަސްތަކެއްވެފައިވާ ހަމަނުޖެހުންތަކަކަށްވާ އިރު މި އަމަލުތަކަށް އަވަސް ހައްލެއް ބޭނުންވެ އެވެ. މިކަން ބަލަން މުޅި ދުނިޔެ އޮތުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނޭ ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު