Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީ ޕީޖީ ލީޑަރު އިބޫ

އިބޫގެ ޓްވިޓާ އެކު ޅެމުގެ ގުލްޒާރަކަށް!

އިބޫ ޅެމަކުން ބަސްވިދާޅުވުމުން ގިނަ ބަޔަކު ދަނީ ސޯޝަލް މިޑިއާގައި ޅެމުން ރިޕްލައިކުރަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 11 ޖޫން 2018 | ހޯމަ 09:41
އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް

ޅެމުގެ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑު ތެރޭގައި ކަމަށް މީހުން ބުނާތީ އަޑުއަހަމެވެ. ތަފާތު އެކި މުނާސަބަތުތަކާއެކު ކަންކަމުގައި ފަހަކަށް އައިސް ސިޔާސީ އެކި ބޭފުޅުން ޅެން ވިދާޅުވެއެވެ. ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވާހަކަ ދައްކަވާއިރު ވެސް ޅެން ވިދާޅުވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ރައީސް ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ނަމަ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ އެއް ކެންޑިޑޭޓަކީ އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ. މި ދަނޑިވަޅުގައި ރައްޔިތުން އެތަކެއް ސުވާލުތަކެއް ދަނީ ކުރިމަތިކުރުވަމުންނެވެ. މިކަމާ ގުޅިގެން ތަފާތު ވާހަކަތައް ފެތުރިފައިވަނިކޮށް އިބޫ ބަހެއް ވިދާޅުވީ ޅެންބައިތަކުންނެވެ. އިބޫ ޓްވީޓްކުރެއްވި ޅެންބައިތު ހިމެނޭ ޅެމަކީ "ހިތްމަތާ މިންނަތް ކުރޭ" އެވެ. އިބޫގެ މި ޅެންބައިތާ އެކު އިބޫގެ އާއިލާގެ މެމްބަރުންނާއި އިބޫއަށް ހެޔޮއެދޭ ބައެއް މީހުން "ހިތްމަތާ މިންނަތް ކުރޭ" ޅެމުގެ ބައިތުތައް ޓްވީޓް ކުރެއްވިކަން ފާހަގަ ކޮށްލެއެވެ. އިބޫގެ ޅެންބައިތާ އެކު ސޯޝަލް މީޑިއާ ބަދަލުވެގެން ދިޔައީ ޅެމުގެ ގުލްޒާރަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބޫ އާދީއްތަ ދުވަހުގެ ރޭ ޓްވީޓް ކުރެއްވީ "ހިތްމަތާ މިންނަތް ކުރޭ" ޅެމުގެ ހަ ވަނަ ބައިތެއެވެ. "ޖަންގަލީގައި މަގުތަކެއްވޭ އެކިގޮތަށް އެކި ފުށްފުށަށް. އަންތަރީހެއް ނުމެއަރާ ވިސްނުން އިހަށް އިސް ވެސް ކުރޭ" އިބޫ ވިދާޅުވެފައި ވެއެވެ.

މި ބައިތައް ބަލާއިރު މާނަ ކުރެވެނީ ބިޔަބޯ ޖަންގަލީގެ ތެރޭގައި ތަފާތު މަގުތައް އެކިގޮތަށް ވާނޭ ކަމަށާއި އެކަމާ އަންތަރީސް ނުވެ ވިސްނުން އިސްކުރަން ޖެހޭ ކަމަށެވެ. މި ބައިތުގެ ޝަރަހައަށް ބަލާއިރު އިބޫ ވިދާޅުވެފައި އެވަނީ ކުރިމަގު އަލިކުރުމަށްޓަކައި ކުރެވޭނެ އެތައް ކަމަކާއި ތަފާތު ގޮތްތައް ފެންނަން އޮންނާނެ ކަމަށާއި ދަތި އުނދަގުލުން އަރައިގަތުމަށް ވިސްނުން އިސްކޮށްގެން ނޫނީ ކަންކަން ކޮށްގެން ނުވާނޭ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް

އިބޫ ޓްވީޓް ކުރެއްވި ޅެންބައިތާ އެކު އިބޫގެ އެއްބަނޑު އެއްބަފާ ދައްތަ އައިމިނަތު ސޯލިހް ވަނީ އިބޫ ޓްވީޓް ކުރެއްވި "ހިތްމަތާ މިންނަތް ކުރޭ" ޅެމުގެ ނުވަ ވަނަ ބައިތު ޓްވީޓް ކުރައްވާފައެވެ. "ހިތް މިއަދު އޮނބިނޯވެގެން އެކުރާ ދުޢާ ފުދުމަށް އަދައި، ހިންމަތެއް ކުރެވޭ ފަދަ ޙިކްމަތްތަކެއް ސިކުޑިން ނެރޭ" އައިމިނަތު ސޯލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މި ބައިތައް ބަލާއިރު މާނަ ކުރެވެނީ ހިތްއެދޭ ކަންތައް ހާސިލުކުރަން ބޭނުންވެގެން ދުޢާ ކުރަމުންދާއިރު، އިތުރަށް އެކަން އިސްލާހު ކުރުމަށް ކުރެވޭނެ ކަންތައްތަކެއް ފަރުވާތެރިކަމާ އެކު ވިސްނާ ކަމަށެވެ.

އިބޫގެ މަންމަ ފަރާތު ބޮޑުބޭބެ ދަރި، ހުޝާމް މުހައްމަދު ޓްވީޓްކޮށްފައި ވަނީ "ހިތްމަތާ މިންނަތް ކުރޭ" ޅެމުގެ ހަތް ވަނަ ބައިތެވެ. "ދަތިތަކާ ބުރަ އުފުލުމަށް ފަހުގައި އުފާ ލިބެވޭނެކަން، ދަތިވިޔަސް ހިތް، ސަބްރުވެރި ގޮތުގައި ގަބޫލު ނިކަންކުރޭ" ހުޝާމްގެ ޓްވީޓްގުގައި ވެއެވެ.

އިބޫގެ އާއިލާގެ ބަސް ވިކޭ މީހެއް ކަމަށްވާ، އަދި އިބޫ ފުރަތަމަ މަޖިލީސް ގޮނޑިއަށް ވާދަކުރެއްވުމަށް ނަން ހުށައެޅުއްވުމަށް އިސްނެންގެވި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު މާހިރު އީސާ ވެސް ވަނީ ހަމަ އެ ޅެމުގެ ޅެން ބައިތެއް ރޭގެ ވަގުތެއްގައި ޓްވީޓް ކުރައްވާފައެވެ. އެއީ ވެސް އައިމިނަތު ފާއިޒާ ހައްދަވާފައިވާ "ހިތްމަތާ މިންނަތް ކުރޭ" ޅެމުގެ ބައިތެކެއެވެ. މާހިރު ޓްވީޓްކުރި ބައިތުގައި ވަނީ "ނޫރު ކެނޑިގެން ހިތުގެ ދާހިނދު ވިސްނުމެއް ފިކުރުނުކޮށް، ހޫރުމަށް ވުރެ ލާޒިމީ ރޫހެއް ގެނައުމޭ ހަމަ ދިރޭ" އެވެ. މާހިރަކީ އެމްޑީޕީ ސަރުކާރުގައި އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް

އިބޫގެ ބައްޕައަކީ ވެސް ޅެންވެރިއެކެވެ. ޅ. ހިންނަވަރުގައި އެތައް އަހަރެއް ވަންދެން ބޮޑު ކަތީބުކަން ކުރެއްވި އިބޫގެ މަންމަ ފަރާތު ބޮޑުބޭބެ މުހައްމަދު ހުސެއިންފުޅަކީ ވެސް މޮޅު ޅެންވެރިއެކެވެ. އަދި އިބޫގެ ބައްޕަ ފަރާތު ބޮޑުބޭބެ އަބްދުﷲ ސޯލިހަކީ ވެސް މުޅި އުތުރުން ފާހަގަ ކޮށްލެވޭ ޅެންވެރިއެކެވެ.

ކޮންމެއަކަސް "ހިތްމަތާ މިންނަތް ކުރޭ" މި ޅެމުގެ ކޮންމެ ބައިތަކުން ވެސް މި ދަނޑިވަޅަށް ފުދޭ ވަރަށް ގިނަ ގޮތްތަކަށް މާނަ ކުރެވިދާނެއެވެ. ނަޝީދަށް ކުރިމަތި ނުލެއްވޭ ނަމަ ނެރޭ ކެންޑިޑޭޓަކީ އިބޫ ކަމަށް އަޑުތައް ފެތުރެމުންދާ އިރު އަދި އެކަމާ ގުޅިގެން އެތައް ބައެއްގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެދި މީސްމީޑިއާގައި ބަހުސް ކުރިއަށްދާ މި ދަނޑިވަޅުގައި ޅެންބައިތަކުން ނަމަވެސް، އިބޫއަށް ރައްޔިތުން ކުރިމަތިކުރުވާ ސުވާލުތަކުގެ ޖަވާބުތައް ބޭނުންވެއެވެ. އިބޫ ވިދާޅުވަނީ "ވިސްނުން އިސްކުރުމަށެވެ."

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

20 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު