Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ބަޔާން

މާރާމާރީއަށް ހިތްވަރު ދޭ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނަން: ފުލުހުން

1 ސެޕްޓެމްބަރު 2018 | ހޮނިހިރު 03:58

ނިމުނު ހަފްތާގައި އެކަނިވެސް ވަނީ 4 މާރާމާރީ ވަނީ ހިންގާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 ސެޕްޓެމްބަރު 2018 | ހޮނިހިރު 03:58
ކެމްޕެއިން ހަރަކާތުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުމާލެއަށް ވަޑައިގަތުމުން ޒުވާނަކު ހަމަލާ ދިނުމަށް މަސައްކަތް ކުރަނީ

ކެމްޕެއިން ހަރަކާތުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުމާލެއަށް ވަޑައިގަތުމުން ޒުވާނަކު ހަމަލާ ދިނުމަށް މަސައްކަތް ކުރަނީ

މާރާމާރީއަށް ހިތްވަރުދޭ ފަރާތްތަކަށް ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ އެމްއެމްއޭ ހިމެނޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއާ ގުޅިގެން 18 އަހަރުގެ ޒުވާނަކު މަރުވުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްއެމްއޭ ހިމެނޭ ސަރަޙައްދުގައި ހިންގި މާރާމާރީގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށެވެ.

Advertisement - newsAdvertisement

ނުރައްކާތެރި މާރާމާރީތައް ހުއްޓުވައި، މިފަދަ ޢަމަލުތައް ހިންގުމަށް ހިތްވަރުދޭ ފަރާތްތައް ހޯދައި، މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްޞަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާ ކަމަށާއި ނުރައްކާތެރި ޢަމަލުތަކަށް މަގުފަހިވާ ގޮތަށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ޢަމަލުތަކަށް ހިތްވަރު ދޭ ފަރާތްތަކަށް ޤާނޫނީ ނިޒާމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ދިވެހިރާއްޖެ ހަލަބޮލިކޮށް، ވަކިން ހާއްޞަކޮށް ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމަށްޓަކައި ކުށްކުރުމުގެ ރޫޙް މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މާރާމާރީއަށް ހިތްވަރުދޭ ފަރާތްތަކަށް ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައިވާއިރު ނިމުނު ހަފްތާގައި އެކަނިވެސް ވަނީ 4 މާރާމާރީ ހިންގައި އަނިޔާވި މީހުންނަށް ބޮޑެތި ޒަޚަމްތައް ލިބިފައެވެ.

ރ. އިންނަމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުމާ ދިމާކޮށް، "ވިޔާނުދާ ނުރައްކާތެރި" ކަންކަން ހިންގަން ފަށާފައިވާ ކަމަށެވެ. އޮގަސްޓް 26 ގައި އިސްކަންދަރު ސްކޫލް ފުރަގަހުން އޮންނަ ސީރާޒީ ގޯޅި ތެރޭގައި ހިނގި މާރާމާރީއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ކަމަށާއި ނަމަވެސް އެ އަމަލަކީ ވަކި ބަޔަކު ކުރުވާ ކަމެއް ކަމަށް ވިދާޅުނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

23 ފެބުރުއަރީ 2017
މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް