Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިނަމާލެ ބްރިޖް

ބްރިޖަކީ ދެ ރައީސުންގެ ގުޅުމުގެ ސަބަބުން އުފަންވި ބްރިޖެއް: މުއިއްޒް

30 އޯގަސްޓު 2018 | ބުރާސްފަތި 21:34

އެއްވެސް މީހަކަށް މި ހަޤީޤަތް ބަދަލުނުކުރެވޭނެކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 30 އޯގަސްޓު 2018 | ބުރާސްފަތި 21:34
ބްރިޖް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒް ވާހަކަދައްކަވަނީ

ބްރިޖް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒް ވާހަކަދައްކަވަނީ

ސިނަމާލެ ބްރިޖަކީ ޗައިނާގެ ރައީސާއި, ރައީސް އަބްދުﷲ ޔަމީން އާއި ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުން އުފަންވި ބްރިޖެއް ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖަކީ އެއްވެސް އިރެއްގައި އެއްވެސް ޒަމާނެއްގައި ކުރެވުނު ކަމަކުން އަދި މަގުފަހިވިކަމަކުން ލިބިފައި އޮތް ބްރިޖެއް ނޫން ކަމަށެއެވެ. ކޮންމެ މީހަކު ކޮންމެތާކު ކޮންމެވާހަކައެއް ދެއްކިޔަސް މި ހަޤީޤަތް ބަދަލުނުވާނެ ކަމަށް މުއިއްޒް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މުއިއްޒް މިފަދައިން ވިދާޅުވެ، ވާހަކަފުޅުދެއްކެވިއިރު، ބްރިޖްގެ ޝުކުރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހައްޤުވާނެކަމަށާއި، ބްރިޖްގެ މޭސްތިރިޔަކީ ރައީސް ނަޝީދުކަމަށް ކުރީގެ ރައީސް ވަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ބްރިޖްގެ އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަމަށާއި، އެކަން ކުރެއްވީ ރައީސް މައުމޫންގެ ލަފާފުޅާއެކު އެމަނިކުފާނުކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މައުލޫމާތުވާގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ބްރިޖް އަޅާނެ ގޮތާއި ގުޅޭގޮތުން ހާއްސަ ދިރާސާތަކެއް ކުރެވިފައިވެއެވެ. އަދި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ކެބިނެޓުން ހުއްދަވެސްދީފައިވެއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖް ފެނިވަޑައިގަންނަވާނަމަ ފަސްދާނުލެވިފައިވާ ދިވެހި ކާބަފައިންގެ ލޯފުޅުން އުފަލުގެ ކަރުނަ ހިލިގެންދާނެ ކަމަށެއެވެ. އަދި ބްރިޖް އެޅުމުގައި ކުރަންޖެހުނު ދިރާސާތަކަކީ އުދަގޫކަމެއް ކަމަށާއި އެއީ އެކަމުގެ އިލްމާއި ތަޖްރިބާ އާއި ފާއިސާއާއި ޚަރަދާއި ކަންކަމަށް ބަލާއިރު ބުރަ މަސައްކަތެއް ކަމަށް ހީފުޅުކުރެއްވުނު ނަމަވެސް އެއީ ކުރެވޭނޭ ކަމެއް ކަމަށާއި ވާނޭ ކަމެއް ކަމަށް ރައީސް ޔާމީން ދައްކުވައިދެއްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ދުރުފެނިވަޑައިގަންނަވާ، ހުރަސްތަށް ގިރާކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެމަނިކުފާނަކީ ތަހައްޖީތަކާއި ގެއްލުންތަށް ފުޑުފުޑުކޮށްލައްވަން ދެނެވަޑައިގަންނަވާ ބޭފުޅެއް. ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމަނިކުފާނާއި ކުރިމަތިވި ހުރިހާ ހަނގުރާމަތަކެއްގައިވެސް ޒަހަމްވެވަޑައިގެން ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދެއްވަން ބޭނުންފުޅުވަނީ އެކަން އެދިވަޑައިގަންނަވަނީ. މިއީ ނަނާ ހުވަފެނެއް ނޫން. އެކަމަކު މިއީ ބިނާ ހުވަފެނެއް. މިއީ އަތްލެވޭ ހަޤީޤަތް. އުފާލިބޭ މަންފާ ލިބޭ އަވަސް ފަހި ރާސްތާ ، އެހެންކަމުން ރައީސް ޔާމީނުގެ މި ދުރުފެނިވަޑައިގަންނަވާ ކުޅަދާނަފުޅުކަމަށްޓަކާ އުފާކުރާން.އެމަނިކުފާނުގެ ހަރުދަނާ ޚާރިޖީ އިޤްތިސާދީ ސިޔާސަތަށް ޝުކުރުދަންނަވަން" މުއިއްޒު ވިދާޅުވިއެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވާފައިރު މި ރަސްމިއްޔާތަށް 3 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށާއި، މިއީ ބޭކާރު ޚަރަދެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 ޖޫން 2017

އޭޕްރީލް މަހުގެ ބިލްތައް ބޮޑުވީ، ހޫނު ގަދަވުމުގެ ސަބަބުން: ސްޓެލްކޯ

03 ޖޫން 2017
އޭޕްރީލް މަހުގެ ބިލްތައް ބޮޑުވީ، ހޫނު ގަދަވުމުގެ ސަބަބުން: ސްޓެލްކޯ
27 މެއި 2017

އުފަންވިއިރު ގޮހޮރާއި ފުރަމޭ ބޭރުގައި އޮތް ކުއްޖާ މަރުވެއްޖެ

27 މެއި 2017
އުފަންވިއިރު ގޮހޮރާއި ފުރަމޭ ބޭރުގައި އޮތް ކުއްޖާ މަރުވެއްޖެ
21 މެއި 2017

ވިއްސާރަވުމުގެ ސަބަބުން ދެ ފްލައިޓަކަށް އެއަރޕޯޓުގައި ނުޖެއްސުނު

21 މެއި 2017
ވިއްސާރަވުމުގެ ސަބަބުން ދެ ފްލައިޓަކަށް އެއަރޕޯޓުގައި ނުޖެއްސުނު
20 މެއި 2017

އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ

20 މެއި 2017
އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ
10 އެޕްރީލު 2017

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

10 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ
04 އެޕްރީލު 2017

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

04 އެޕްރީލު 2017
ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް