Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަންޓް ބިލް ބޮޑުވުން

އޭޕްރީލް މަހުގެ ބިލްތައް ބޮޑުވީ، ހޫނު ގަދަވުމުގެ ސަބަބުން: ސްޓެލްކޯ

ކަރަންޓް ބިލް ބޮޑުވުމަށް ދިމާވާނެ ފަދަ އިދާރީ އެއްވެސް ބަދަލެއް ނުގެންނަން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 3 ޖޫން 2017 | ހޮނިހިރު 16:03
ސްޓެލްކޯ ބިލްޑިން

ސްޓެލްކޯ ބިލްޑިން

އޭޕްރީލް މަހުގެ ކަރަންޓް ބިލް ބޮޑުވީ އެދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށް ވުމުގެ ސަބަބުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯގެ މީޑިޔާ އޮފިޝަލް އިބްރާހިމް ރައޫފް ވިދާޅުވީ، އޭޕްރީލް މަހުގެ ބިލް ބޮޑުވާނެ ފަދަ އިދާރީ ގޮތުން ގެންނަން ޖެހޭ އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ. އަދި ކަރަންޓް ބިލް ބޮޑުވެއްޖެ ނަމަ ބޮޑުވެފައި ވާނީ، މޫސޫމީ ބަދަލުތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޕްރީލް މަހުގެ ކަރަންޓް ބިލް ބޮޑުވެފައިވާ އިރު ގާތްގަނޑަކަށް، 700ރ. އާއި 500ރ. ބައެއް ކަރަންޓް ބިލްތަކުން ވަނީ ބޮޑުވެފަ އެވެ.

ރާއްޖެ އެމްވީއާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ ގެތަކުގައި އަބަދު ވެސް ހުންނަނީ އެއާކޯން ޖައްސާފައި ކަމަށާއި އޭޕްރީލް މަހު ވެސް އެހެން މަސްތަކުގައި ބޭނުން ނުކުރާ އެއްޗެއް ބޭނުންކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން އެއާކޯން ވެސް ނިއްވާފައި ޖައްސަންޖެހުމުން ބިލް ބޮޑުވުން އެކަށީގެންވާ ކަމަށް އެމީހުން ބުންޏެވެ.

ރައޫފް ވިދާޅުވީ، ކަރަންޓް ބިލަށް 700ރ. އާއި 500ރ އަށް ބޮޑުވެގެންދާ ވަރަށް، ފިއުލް ސަރޗާޖު ބޮޑު ނުވާ ކަމަށެވެ. ފިއުލް ސަރޗާޖަށް އެންމެ ފަހުން ބަދަލު އައިސްފާ ވަނީ މިދިޔަ އޭފްރީލް މަހުގެ 23 ވަނަ ދުވަހު އެވެ. އެގޮތުން ވިއްކާ ކަރަންޓަށް ފިއުލް ސަރޗާޖު ގޮތުގައި ނަގަމުންދާވަރު ކޮންމެ ޔުނިޓަކުން 8 ޕަސެންޓް ވަނީ ކުޑަކުރެވިފަ އެވެ.

މިގޮތަށް ފިއުލް ސަރޗާޖު އަގުހެޔޮވެފައި ވަނީ، ޑީސަލް ލިބެން ހުންނަ އަގު ހެޔޮވުމުގެ ސަބަބުންނެވެ. އެގޮތުން، ޑީސަލް ގަންނަން ލިބެން ހުރީ، 09.18ރ. އަށް ކުޑަކުރެވިފަ އެވެ. މިއީ ކުރިން ވިއްކަން ލިބޭ އަގަށްވުރެ 10 ލާރި ކުޑަ އަދަދެކެވެ.

ސްޓެެލްކޯ އިން މިހެން ބުނި ނަމަވެސް އޭޕްރީލް މަހުގެ ބިލް ބޮޑުވުމުގެ ސަބަބުން، ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް ފަރާތްތަކުން ވަނީ ކަރަންޓް ބިލްތައް ތަފާތު ފެންނަ ގޮތަށް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ. މިދިޔަ ދެ މަސް ދުވަހަކީ، މާލެއިން ކަަރަންޓް ގިނައިން ކެނޑުނު ދުވަސްވަރެކެވެ. މިކަމާ ގުޅިގެން ވެސް މާލޭގައި ދިރިއުޅޭ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު