Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝައިނީގެ ފާޑުކިޔުން މައުމޫނަށް

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

ރައީސް މައުމޫނަކީ އެއްވެސް މިންވަރަކަށް އިހުލާސްތެރި ބޭފުޅެއް ނޫން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 4 އެޕްރީލު 2017 | އަންގާރަ 03:24
ފިޝަރީޒް މިނިސްޓަރ ޝައިނީ، ކުރީގެ ނަިއބް ރައީސް އަހުމަދު އަދީބާއެކުގައި:ޝައިނީ ވަނީ ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި

ފިޝަރީޒް މިނިސްޓަރ ޝައިނީ، ކުރީގެ ނަިއބް ރައީސް އަހުމަދު އަދީބާއެކުގައި:ޝައިނީ ވަނީ ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި

ރައީސް އަބްދުﷲ ޔާމީނަށް 2013 ވަނަ އަހަރު އެންމެ ގިނަ ވޯޓު ލިބިވަޑައިނުގެންނެވި ސަބަބަކީ ރައީސް މައުމޫނު އަބްދުއްޤައްޔޫމް، ރައީސް ޔާމީނާއެކުގައި ހުންނެވުމުން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ، ޗެނަލް 13 ގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ރައީސް މައުމޫނަކީ އެއްވެސް މިންވަރަކަށް އިހުލާސްތެރި ބޭފުޅެއް ނޫން ކަމަށެވެ. އެ މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، އާއިލީ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަތުމުން ރައީސް މައުމޫނު ގޭގައި އޮންނެވި ނަމަ މާ ރަނގަޅުވާނެ ކަމަށެވެ. އުމުރުން ދުވަސްވެ، ހަށިކޮޅުން ބާރުދިޔަ ދުވަހު ނިކުންނަވައިގެން އުޅުއްވަނީ އަމިއްލަ އެދުމައިގެންކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

"އަމިއްލަ އެދުން ބޮޑުކަމުން ކީއްވެގެންތޯ އަމިއްލަ ދަރިފުޅަށް ވެރިކަން ހޯދައިދެއްވަން މަސައްކަތް އެ ކުރައްވަނީ. އަމިއްލަަށް ކުރާ މަސައްކަތެއްދެއްތޯ މިއީ" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ރައީސް މައުމޫނު އަމިއްލަ ދަރިޔަކު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރައްވާ ކަމަށް މިނިސްޓަރު ޝައިނީ ތުހުމަތުކުރެއްވިއިރު، އިޝާރަތްކުރައްވާފައިވަނީ މިހާރު ސިޔާސީ މަޝްރަހުގައި އެންމެ ހަރަކާތްތެރި އެއް ބޭފުޅަކަމުގައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށެވެ. ނަމަވެސް ފާރިސް މައުމޫނު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިކަމަށް ވާދަކުރެއްވުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިނުގެންނެވި ސަބަބަކީ 30 އަހަރުވަންދެން ރައްޔިތުންނަށް ތަރައްޤީއެއް ގެނެސްދެއްވާފައިނުވާ ބޭފުޅަކު ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނެވުމުގެ ސަބަބުންކަމަށެވެ. ޝައިނީ މިހެން ވިދާޅުވިއިރު، އެ ބޭފުޅުން އެންމެ ގިނައިން ރައީސް މައުމޫނަށް މުހާތަބު ކުރައްވާފައި ވަނީ "ރަން 30 އަހަރުގެ ވެރިޔާ" އެވެ. އަދި 2013 ވަނަ އަހަރު ރައީސް ޔާމީނަށް ވޯޓު ދެއްވަންޖެހޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ރައީސް މައުމޫނު އަބްދުއްޤައްޔޫމްގެ ތާއީދު އެމަނިކުފަނަށް އޮތުންކަން ރައީސް އަބްދުﷲ ޔާމީން ވެސް، ޕްރައިމަރީގަ އާއި ރިޔާސީ އިންތިހާބުގެ ތެރޭގައި ވިދާޅުވެފައިވެއެވެ. އޭރު ރައީސް ޔާމީން ކެމްޕޭން ކުރެއްވީ އެ މަނިކުފާނުގެ ފޮޓޯފުޅަށް ވުރެ ރައީސް މައުމޫނުގެ ފޮޓޯފުޅު ބޮޑުކޮށްގެން ކަމަށްވާތީ، އިދިކޮޅު ފަރާތްތަކުންނާއި ޕީޕީއެމްގެ އެތައް މެމްބަރުންނެއް ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫނުގެ ހިޔަނީގައި ކަމަށެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު