Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ވޯޓުލާ ދުވަހުގެ ކުރީ ދުވަހާ އެކު އަންނަ މަހުގެ 5 ދުވަހަކަށް ކާނިވާ ސަރަހައްދު ދިނުމަށް އެމްޑީޕީން އެދިއްޖެ

30 އޯގަސްޓު 2018 | ބުރާސްފަތި 09:07

ޕީޕީއެމަށް ކާނިވާ ސަރަހައްދު ދޫކޮށްފައި ވަނީ އެމްޑީޕީން އެދިފައިވަނިކޮށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 އޯގަސްޓު 2018 | ބުރާސްފަތި 09:07
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިންގައި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިންގައި

ކެމްޕެއިން ހަރަކާތް ހިންގުމަށްޓަކައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކުރީ ދުވަހާ އެކު ޖުމްލަ 5 ދުވަހަކަށް ކާނިވާ ސަރަހައްދު ދިނުމަށް އެދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެއެވެ.

އެމްޑީޕީން ބުދަ ދުވަހު ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެޕާޓީގެ ފަރާތުން ކެމްޕެއިން ހަރަކާތެއް ބޭއްވުމަށްޓަކައި 31 އޮގަސްޓްވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން މެންދަމު 00:00 އަށް ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އެދި ފޮނުވި ސިޓީ އާއި އަދި އޭގެ ފަހުން 31 އޮގަސްޓްގެ ބަދަލުގައި 7 ސެޕްޓެމްބަރު ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން މެންދަމު 00:00 އަށް ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އެދި ފޮނުވި ސިޓީތަކަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ޖަވާބެއް މިނިސްޓްރީން ނުދީ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތަށް ކާނިވާ ސަރަހައްދު ދޫކޮށްފައިވާކަން ފާހަގަކުރާ ކަމަށެވެ.

Advertisement - newsAdvertisement

ސިޓީގައި ބުނެފައި ވަނީ ދައުލަތުގެ ބިންތައް ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް އެބިންތަކުގައި ސިޔާސީ ޕާޓީތަކުންނާއި އަދި އިންތިޚާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ސިޔާސީ ޙަރަކާތް ހިންގުމަށް ފުރުސަތު ދޭންވާނީ ހަމަހަމަ ކަމާއެކީގައި ކަމަށް ދަންނަވާ ކަމަށެވެ.

ވީމާ އެ ޕާޓީން ކެމްޕެއިން ހަރަކާތެއް ބޭއްވުމަށްޓަކައި ސެޕްޓެމްބަރު މަހުގެ 6، 8، 13، އަދި 20 ވަނަ ދުވަހުގެ ހަވީރު 16:00 އިން 00:00 އަށް އަދި ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ކާނިވާ ސަރަހައްދު ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވުން އެދި ދަންނަވާ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވާއިރު ގުޅިފައިވާ ޕާޓީތަކަށް އަދި ވަނީ މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވޭ ގޮތް ނުވެފައެވެ. އެކަމަށްޓަކައި މިހާތަނަށް ތަނަކަށް އެދިފައިވާއިރު ދަރުބާރުގެ ދީފައި ވަނީ ޖަލްސާ ބާއްވަން ތަން ދިނުމަށް އެދިފައިވާތާ އެތައް ދުވަހެއް ވެފައިވަނިކޮށް ޖަލްސާ ބާއްވަން ހަމަޖައްސާފައިފައިވާ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެފަހަރު ވަނީ ތައްޔާރުވުމަށް ލިބުނު ވަގުތުކޮޅު ކުޑަކަމުން ޖަލްސާ ކެންސަލް ކޮށްފައެވެ.

ހަމައެކަނި މާލޭގައި އެއްވެވޭ ސަރަހައްދެއްގެ ގޮތުގައި ކާނިވާ ސަރަހައްދު ކަނޑައަޅާފައިވާއިރު އިދިކޮޅު ފަރާތްތަކަށް އެތަން އަދި ދުލެއް ނުކުރެއެވެ. ނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ދަނީ ދޭތެރެ ދޭތެރެއިން އެތަނުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގަމުންނެވެ. އަދި އަންނަ ހަފުތާގައި ބޮޑު އިވެންޓެއް ޕީޕީއެމުން އެ ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް