Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބު ބޭސްފަރުވާ

އަދީބުގެ އިންސާނީ ޙައްޤެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅު ތަހުޤީޤުކުރަން ހުށަހަޅައިފި

27 އޯގަސްޓު 2018 | ހޯމަ 13:56

ރައީސް އެހެން ވިދާޅުވީ ތ. ގުރައިދޫގައި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 27 އޯގަސްޓު 2018 | ހޯމަ 13:56
ޕީޕީއެމްގެ ސިޔާސީ ޙަރަކާތެއްގައި އަދީބާއި ރައީސް ޔާމީން

ޕީޕީއެމްގެ ސިޔާސީ ޙަރަކާތެއްގައި އަދީބާއި ރައީސް ޔާމީން

ކުރީގެ ރައީސް އަހުމަދު އަދީބުގެ އިންސާނީ ޙައްޤެއް ނޯންނާނެ ކަމަށް ވިދާޅުވެ، ތ. ގުރައިދޫގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު ތަހުޤީގު ކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.

ގުރައިދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތް މީހެއްގެ އެއްވެސް އިންސާނީ ހައްގެއް ނޯންނާނެ ކަމަށެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަތައް ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަދީބާއި އެމަނިކުފާނާ ދެމެދު ހިނގާފައި ވަނީ "އަމިއްލަ ކަމެއް" ކަމަށާއި އެކަން ހަނދާން ނައްތާލާފައި ބޭސްފަރުވާއަށް ފޮނުވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އަދީބު ނެންގެވި ފައިސާ އަނބުރާ ދެއްކުމުން ނޫނީ ބޭސްފަރުވާއަށް ދިޔުމަށް ފުރުސަތު ދެވެން ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު އާންމުން ތަންތަނުގައިވެސް ބުނަން، އޭނާ (އަހުމަދު އަދީބު) ސަރުކާރުން ނެގި ފައިސާ އަނބުރާ ސަރުކާރަށް ދެއްކިއްޔާ ނޫނީ އޭނާ ރާއްޖޭން ބޭރަށްދާކަށް ހުއްދައެއް ނުދޭނަމޭ، އަޅުގަނޑާއި ދޭތެރޭ ހިނގާފައިވާ ކަމަކީ އަމިއްލަ ކަމެއް، އެކަމަކު ދައުލަތުން ނެގި ފައިސާ ދައުލަތަށް ދޭށޭ އަޅުގަނޑު މިބުނަނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދިނިއްޔާ ނޫނިއްޔަކާ ކިތަންމެ ބަލިވިޔަސް އޭނާގެ އިންސާނީ ޙައްގެއް އޮންނާނެ ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރާނަން" ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސްގެ ވާހަކަފުޅު ތަހުޤީގުކޮށް ދިނުމަށް އެދި އަދީބުގެ ޤާނޫނީ ވަކީލުންގެ ފަރާތުން، ފުލުހުންގެ އިދާރާ ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުހުންނެވި އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އަދީބަށް ދިމާވެފައި ސިއްޙީ ހާލަތާއި ދިމާވެފައިވާ ބަލިތަކަށް ރާއްޖޭން ބޭރުން ފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. ބޭސްފަރުވާގެ ޙައްޤަކީ ދިވެހިރާއްޖޭ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކުން، ލިބިދިނުން ލާޒިމްކުރާ އަސާސީ ޙައްޤެއް ކަމަށާއި އެކަން ނިގުޅައިގަތުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

އަދީބުގެ ވަކީލުންގެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ފާޅުކަން ބޮޑު ގޮތެއްގައި އަދީބުގެ އިންސާނީ ޙައްޤެއް ނޯންނާނެ ކަމާއި އަދީބު ޖަލަށްލެވި އެކަހެރި ކުރެވިފައި ވަނީ ޒަތީ ސަބަބަކަށް ޓަކައިކަން ފާޅުގައި ހާމަކުރައްވަމުންދާ ކަމަށެވެ. އަދި ބޭސްފަރުވާއަށް ދެވޭނީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް މިހާތަނަށް އަދީބުގެ މައްޗަށް އެއްވެސް ކޯޓަކުން ދައުލަތަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވާ ނުވާކަން ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

އަދީބުގެ ވަކީލުންގެ ސިޓީގައި އަދީބު ބޭސްފަރުވާއިން މަހުރޫމްކޮށް އިންސާނީ ޙައްޤަށް އަރައިގަތުމަކީ ޖިނާޢީ ކުށަކަށް ވާތީ އާއި އެކަންކަން ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ޔާމީން ކަމަށް އަމިއްލަފުޅު އިއުތިރާފުން އެގެން އޮންނަކަން ފާހަގަކޮށް އެމައްސަލަ ތަހުގީގުކޮށް ދިނުމަށް އެދިފައިވެއެވެ.

އަދީބުގެ މައްޗަށް 33 އަހަރަށް ވުރެ ގިނަ ދުވަހުގ ޖަލު ހުކުމެއް ހިންވާފައިވާ އިރު ސިއްހީ ގިނަ މައްސަލަތަކެއް އަދީބަށް ކުރިމަތިވެފައިވާ ކަމަށް އާއިލާ އާއި ވަކީލުން ފާހަގަކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް