Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިލެކްޝަން ކޮމިޝަންގެ ސާރވާ ހެކް ކުރުމުގެ ފުރުސަތު ބޮޑު: ފުވާދު

27 އޯގަސްޓު 2018 | ހޯމަ 08:01

2013 ވަނަ އަހަރު ސާރވާ ހެކް ކުރުމަށް މަސައްކަތް ކުރި ބޭފުޅުންނަކީ މިއަދުގެ އިލެކްޝަން ކޮމިޝަނުގެ ގާތް އެކުވެރިން

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޯގަސްޓު 2018 | ހޯމަ 08:01
ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ފުވާދު ވާހަކަ ދައްވަނީ

ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ފުވާދު ވާހަކަ ދައްވަނީ

އެންމެ ފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އިލެކްޝަން ކޮމިޝަންގެ ސާރވާ ހެކްކުރަން އުޅުނު މީހުންނަކީ މިހާރު އިލެކްޝަން ކޮމިޝަންގެ ގާތް ރަހުމަތްތެރިން ކަމަށާއި، ކޮމިޝަންގެ ސާރވާ ހެކްކުރުމުގެ ފުރުސަތު ބޮޑު ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޓެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުވާދު ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އޮޅުވާލުމަށް ގިނަ ބަޔަކު މަސައްކަތް ކުރި ކަމަށާއި، އޭރުގެ އިލެކްޝަން ސާރވާ ހެކް ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. ހެކް ކުރުމަށް ބަޔަކު މީހަކު މަސައްކަތް ކުރާކަން އެނގުނު ހިސާބުން އިލެކްޝަންގެ މުއައްޒަފުން ވަރަށް ބޮޑަށް ފާރަވެރިވެ ކުރިމަތިވި ހުރިހާ ހަމަލާތަކުން ސާރވާ ސަލާމަތް ކުރި ކަމަށް ފުވާދު ވިދާޅުވިއެވެ. ފުވާދު ވިދާޅުވީ ސާރވާ ހެކް ނުކުރެވުމުން އޭރު ބައެއް ފަރާތްތަކުން އިލެކްޝަން ކޮމިޝަންގެ އިދާރާއަށް ވަދެ ހަމަނުޖެހުން ހިންގުމަށް ވެސް މަސައްކަތްކުރި ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިއަދު ފަރާތްތަކަކީ ރައީސް ޔާމިން ސަރުކާރުގެ އިސް ބޭފުޅުން ކަމަށާއި، އެއީ މިއަދުގެ އިލެކްޝަން ކޮމިޝަންގެ ގާތް އެކުވެރިން ކަމަށެވެ. އެހެންކަމުން މިއަދު ކޮމިޝަންގެ ސާރވާ ހެކްކުރުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ އިލެކްޝަން ކޮމިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވަރަށް ގާބިލް މުވައްޒަފުން ކަމަށާއި، ސާރވާ ހެކްކުރާ ނަމަ އެނގޭނެ ކަމަށެވެ. ނަމަވެސް ދެލޯ މަރައިގެން ތިބޭ ނަމަ ނޭނގި ހިގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ ފޯމުތައް ރައީސް ޔާމީންގެ ކެންޕޭން އޮފީހަށް ދާކަން ފާހަގަކުރައްވައި ފުވާދު ވިދާޅުވީ އިލެކްޝަނުން ކުރާ މަސައްކަތްތަކީ މިހާރު އަރަތެއް ކަހަލަ މަސައްކަތްތަކެއް ކަމަށެވެ. ރީ-ރަޖިސްޓްރޭޝަން ހުށަހެޅި ގިނަ ފޯމްތައް ބާތިލް ވެގެންދިއުން އެއީ އަރަތެއް ކަމަށެވެ.

"5526 ފޯމު އެބޭފުޅުން އެރިޖެކްޓް ކުރެއްވީ ޝައްކުވާތީއޭ ނުނިއްޔާ އެބޭފުޅުން އެބައްލަވާ ގޮތަކަށް ބެއްލެވީމަ ކޮލިފައި ނުވެގެން. އެހެން ކަމަށް ވަންޏާ ދެން އެބޭފުޅުން ޕްރޮސަސް ކުރައްވާނީ ސައްހަ ކަމަށް ބައްލަވާ ފޯމޭ. އެހެންވީމަ އެގޮތަށް ބައްލަވައިގެން ރަޖިސްޓްރީކުރީމަ ތިނަދޫގައި ހުންނަ މީހަކު ކުޅުދުއްފުއްޓަށް ކުޅުދުއްފުށީގައި ހުންނަ މީހަކު ހިތަދޫއަށް ހިތަދޫގައި ހުންނަ މީހަކު ލަންޑަނަށް މިކަހަލަ ގޮތަކަށް މީހުން ބަދަލުވަމުން މިދަނީ،" ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގެ ގިނަ ކަންކަމަކީ އަރަތަކަށް ބަދަލުވާ ކަންކަން ކަމަށާއި، ރިޔާސީ އިންތިޚާބު ވެސް އަރަތަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ފަސްކޮށްފާނެ ކަމުގެ ބިރު އެބަ އޮތްކަން ފާހަގަކުރައްވައި ފުވާދު ވިދާޅުވީ ރައީސް ޔާމިން ބޮޑަށް ބޭނުންފުޅު ވަނީ އިންތިޚާބު ނުބާއްވައި އިންތިޚާބު ލަސް ކުރަން ކަމަށާއި، މިއަދުގެ އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަނީ ރައީސް ޔާމީން އަންގަވާ ގޮތަށް ކަމަށެވެ.

މީގެ އިތުރަށް ފުވާދު ވިދާޅުވީ ގާނޫނާއި ގަވާއިދު އޮންނަނީ ފޮތުގައި ކަމަށާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"މަކަރު ހައްދަވާ އޮޅުވާލައި، ގަޑުބަޑު ކުރެއްވުމުގެ ފުރުސަތު ކުޑަ ކުރެވޭނެ އޮޕަޒިޝަންގައި ތިބި މީހުން ރަނގަޅަށް ފާރަވެރިވެއްޖެއްޔާ. އެބޭފުޅުން ހިފަންޖެހޭ ތަންތަނުގައި ހިފަންޖެހޭނެ. ގުނަން ޖެހޭނީ އެވޯޓު ކަރުދާސް މޮނިޓަރުންނަށް ދައްކަން ޖެހޭނެ. ރަނގަޅަށް ފާރަވެރިވެއްޖެއްޔާ ރަނގަޅު ނަތީޖާ ހަމަ ނެރެވޭނެ. އެކަމަކު ދެން ވަރަށް ދަތިކަމަކަށް ވަނީ އިލެކްޝަން ކޮމިޝަނުން މިހާރު އެތިއްބެވި ގޮތުގައި ތިއްބަވަނިކޮށް އިންތިޚާބު ރަނގަޅަށް ބޭއްވުން،" ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ މިހާރު އޮތް އިލެކްޝަން ކޮމިޝަނުން ކުރާނެ ނުކުރާނެ ކަމެއް ބުނަން ނޭނގޭ ކަމަށާއި، އިންތިޚާބުގައި އައިޕެޑް ބޭނުން ކުރަން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ.

އިލެކްޝަން ކޮމިޝަނަކީ އުފެދުމުގައި ބާތިލް ކޮމިޝަނެއް ކަމަށާއި، ރައީސް ޔާމިން ބޭނުންފުޅުވާ މީހުން މަގާމްތަކަށް އައްޔަންކުރެއްވި ނަމަވެސް ދިވެހި ރައްޔިތުން އެކަން ބަލައި ނުގަންނާނެ ކަން މިއަދު ހާމަވަމުން އަންނަ ކަމަށް ފުވާދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް