Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓު ގުނުމުގައި އަމަލުކުރާނީ މީގެކުރިން އަމަލު ކުރިގޮތަށް، ވޯޓުލާ މަރުކަޒުތަކުން އިއުލާން ކުރުމުގެ ކުރިން ކޮމިޝަނަށްވެސް ނަތީޖާ ނޭނގޭނެ: އިލެކްޝަންސް

26 އޯގަސްޓު 2018 | އާދީއްތަ 14:27

ވޯޓުލާ ނިމުމަށްފަހު، އެ މަރުކަޒެއްގައި ނަތީޖާ އިއުލާން ކުރުމަށްފަހު، އެމަރުކަޒުގައި ނަތީޖާ ޝީޓް ތަތްކުރާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 އޯގަސްޓު 2018 | އާދީއްތަ 14:27
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް

އަންނަ މަހު 23 ބޭއްވާ ރިޔާސީ އިންތިހާބުގައި އަމަލު ކުރަމުން ދަނީ މީގެކުރިންވެސް ބޭއްވި އިންތިހާބުތަކުގައި އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ކަމަށާއި ހާއްސަކޮށް، ވޯޓު ލުމަށްފަހު، ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާނީ މީގެކުރިން ބޭއްވި އިންތިހާބުތަކުގައި އެކޮމިޝަނުން އަމަލުކޮށްފައިވާ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މަސައްކަތް ކުރަމުންދާ މަރުކަޒު (ބައު ޖަމާލުއްދީން) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ތަކުރާރުކޮށް ވިދާޅުވީ ވޯޓުލާ ނިމުމަށްފަހު، ވޯޓު ގުނާނީ މޮނީޓަރުންނާއި އޮބްޒާރުންގެ ކުރިމަތީގައި ކަމަށާއި ވޯޓު ގުނުމަށްފަހު، ނަތީޖާ ޝީޓް އެ މަރުކަޒެއްގައި ތަތްކުރާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށްވެސް ނަތީޖާ ނޭނގޭނެ ކަމަށާއި މީގެކުރިން ކަންކަން ހިނގާފައިވާ ގޮތަކަށްބަލާއިރު، އިލެކްޝަންސް ކޮމިޝަނަށް ލިބުމާއި އެކޮމިޝަނުން ނަތީޖާ އިއުލާނު ކުރުމުގެ ކުރިން މީޑިއާތަކަށް އެ ނަތީޖާތައް ލިބި، އާއްމު ކުރުމުންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ވޯޓުލާ މަރުކަޒުތަކުގައި ޓެބްލެޓްތަކެއް ބޭނުން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ ޓެބްލެޓްތައް ބޭނުންކުރަނީ ކުރިން ބޭނުން ކުރަމުންދިޔަ ނޯޓްބުކްތަކުގެ ބަދަލުގައި ކަމަށެވެ. އެބަދަލު ގެނައީ ޔޫސަރފްރެންޑްލީ ޓެކްނޮލޮޖީއެއް ބޭނުންކޮށް، ވޯޓްލާން އަންނަ މީހުން ވެރިފައި ކުރުމުގައި އަވަސް ކުރުމުގެ ނިޔަތުގައި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ އެ ޓެބްލެޓްތަކުގައި ވޯޓާސް ލިސްޓްގެ އިތުރު އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ވޯޓު އޮޅުވާލެވޭނެ ފަދަ އެއްވެސް އެޕްލިކޭޝަނެއް ނުހިމެނޭނެ ކަމަށެވެ.

ޝަރީފް ވަނީ ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއް އެކޮމިޝަނުން އޮޅުާވާނުލާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ޝަރީފް ވިދާޅުވީ ރީ-ރެޖިސްޓްރީ ކުރުމާއި މޯނީޓަރުންނަށް ވުމަށްޓައި އެކޮމިޝަނަށް ހުށަހަޅާފައިވާ ބައެއް ފޯމުގައި ބޮޑެތި އޮޅުވާލުންތައް އެބަހުރި ކަމަށެވެ. އެކަންކަން އެކޮމިޝަނުގެ ކޮޕްލެއިންސް ބިއުރޯއިން ބެލުމަށްފަހު، އިތުރަށް ތަހުގީގު ކުރަންޖެހޭނަމަ ތަހުގީގު އިދާރާތަކަށް ހުށަހަޅުއްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް