Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން ޖަލުގައި

ރައީސް މައުމޫންގެ ބޭސްތައް އެމަނިކުފާނަށް ނޭނގި ފުލުހުން އަތުލައިފި!

23 އޯގަސްޓު 2018 | ބުރާސްފަތި 17:42

ރައީސް މައުމޫން ހުންނެވި ތަނެއް ވަކީލުންނަށް ކަށަވަރެއް ނޫން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 23 އޯގަސްޓު 2018 | ބުރާސްފަތި 17:42
ކަރެކްޝަނަލް ސަރވިސަސްއިން ރައީސް މައުމޫން މާލެއަށް ގެންނަނީ

ކަރެކްޝަނަލް ސަރވިސަސްއިން ރައީސް މައުމޫން މާލެއަށް ގެންނަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބުރާސްފަތި ދުވަހު ބަދަލުކުރުމަށްފަހު، ފުލުހުން އެމަނިކުފާނުގެ ބޭސްތައް އަތުލާފައިވާކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްކަންވެސް ކުރައްވާފައިވާ ޝަމީމް ވިދާޅުވީ ރައީސް މައުމޫން ދޫނިދޫ ޖަލަށް ބަދަލުކުރުމަށްފަހު ފުލުހުން އެމަނިކުފާނުގެ ދަބަސްކޮޅުން އެބޭސްތައް ނަގާފައިވާކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ބޭސް ފަރިއްކުޅުއްވަން ބެއްލެވިއިރު ބޭސްތައް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ. ރައީސް މައުމޫންގެ ބޭސްތައް ފުލުހުން ނެގީ އެމަނިކުފާނަށް ނޭނގިކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޝަމީމް ވިދާޅުވީ ރައީސް މައުމޫނާއި ބައްދަލުކުރުމަށް ކަރެކްޝަނަލް ސަރވިސަސްއަށް ފޯމު ހުށަހެޅުމުން އެމަނިކުފާނު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް އެތަނުން ބުނިކަމަށެވެ. އެހެންނަމެސް ބައްދަލުވުން ހަމަޖައްސައިދިނުމަށް ފުލުހުންގެ ކިބައިން އެދުމުން، ރައީސް މައުމޫން ހުންނެވީ ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ބުނިކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް މައުމޫން ހުންނެވީ ސީދާ ކޮން ތަނެއްގައިކަމެއް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނަށް އެނގިވަޑައިނުގަންނާކަމަށް ވިދާޅުވެ، ކަރެކްޝަނަލް ސަރވިސަސްއިން ރައީސް މައުމޫން 'ވަގަށް ނަގާފައިވާ' ކަމަށް ޝަމީމް ސިފަކުރެއްވިއެވެ.

ކަރެކްޝަނަލް ސަރވިސްއިން ބުނީ ރައީސް މައުމޫނު ދޫނިދޫ ޖަލަށް ބަދަލު ކޮށްފައިވަނީ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ޚާއްސަ ހާލަތެއްގައި ކަމަށެވެ. ރައީސް މައުމޫން ދޫނިދޫ ޖަލަށް ބަދަލުކުރެވިފައިވަނީ އެމަނިކުފާނުގެ ސިއްހީ ޙާލަތު އިންތިހާއަށް ގޯސްވުމާއި ގުޅިގެން މާލެއިން ޑޮކްޓަރުން މާފުއްޓަށް ގެންގޮސް އެމަނިކުފާނަށް ފަރުވާ ދީފައިވަނިކޮށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް