Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަތިކުރުމުގެ ފިޔަވަޅު

އިންތިޚާބުގެ ކުރިންވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެ: އީޔޫ ޕާލަމެންޓް މެމްބަރުން

23 އޯގަސްޓު 2018 | ބުރާސްފަތި 12:18

މިހާރުވެސް އިންތިޚާބު އޮތީ އޮޅުވާލާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 23 އޯގަސްޓު 2018 | ބުރާސްފަތި 12:18
ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރު ތޮމާސް ޒެކޮވްސްކީ

ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރު ތޮމާސް ޒެކޮވްސްކީ

ޙާލަތު ގޯސްވާނަމަ ރިޔާސީ އިންތިޚާބުގެ ކުރިންވެސް ރައީސް ޔާމީނާއި ގާތް ފަރާތްތަކާއި، އިންތިޚާބުގެ މިނިވަންކަން ނަގާލާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފާނެކަމަށް ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލިސް (އީޔޫ ޕާލަމެންޓް) ގެ މެމްބަރުންނާއި ވިލާތުގެ އިއްތިޙާދުގެ އެހެން ބައެއް އިސްވެރިން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ އާއި އެހެން ބައެއް މީޑިއާތަކުގެ ނޫސްވެރިންނާއި ފޯނުން ވާހަކަ ދައްކަވަމުން ވިލާތުގެ އިއްތިޙާދުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކޮމިޓީ (އީ.އީ.އެސް.ސީ)ގެ މެމްބަރު މަޑީޝަރްމާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ މާކުރިން މިހާރުވެސް އިންތިޚާބު އޮތީ އޮޅުވާލާފައި ކަމަށެވެ. މަޑީ ޝަރްމާއަކީ މިމަހުގެ މެދުތެރޭ ރާއްޖޭގެ ޙާލަތު ވަޒަންކުރެއްވުމަށް ރާއްޖެއަށް ވަޑައިގެންނެވި އީޔޫގެ އިސްބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އެކަމަނާ ވިދާޅުވީ އިންތިޚާބުގެ ކުރިން ހިނގަމުންދާ ކަންކަމާއިމެދު އީޔޫ ޕާލަމެންޓުން ކަންބޮޑުވާކަމަށާއި، އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް ހިނގާފައިވާ ކަންކަމާއިމެދު ކަންބޮޑުވާކަމަށެވެ.

Advertisement - newsAdvertisement

އަދި އިންތިޚާބުގެ ކުރިންވެސް ޙާލަތު ގޯސްވާނަމަ ވިލާތުގެ އިއްތިހާދުން ރާއްޖޭގެ އިސް ފަރާތްތަކާއި ދެކޮޅަށް ޓާގެޓެޑް ސެންކްޝަންސް އަޅާފާނެކަމުގެ އިންޒާރު އެކަމަނާ ދެއްވިއެވެ. ޝަރްމާ ވިދާޅުވީ އިންތިޚާބުގެ ކުރިން ފިޔަވަޅު ނޭޅިނަމަވެސް، އިންތިޚާބުގައި ނަހަމަ ކަންތައްތަކެއް ހިންގައިފިނަމަ ފިޔަވަޅުތައް އަޅަން ޔޫރަޕިއަން ކައުންސިލުން ނިންމާނެކަމަށެވެ.

މީގެ އިތުރުން ވިލާތުގެ އިއްތިޙާދުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކޮމިޓީ (އީ.އީ.އެސް.ސީ)ގެ ކުރީގެ ރައީސް ހެންރީ މަލޯސީ ވިދާޅުވީ އެބޭފުޅުން ރާއްޖެއަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި ނޫންކަމަށާއި، ރާއްޖެއަށް ވަޑައިގަތީ އަމިއްލަ ހައިސިއްޔަތުންކަމަށެވެ. އަދި ދަތުރަށްފަހު އެބޭފުޅުން ދެއްކެވި ވާހަކަފުޅާއި ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ފިިޔަވަޅުތަކާއި ބެހޭ އޮފީސް (އީ.އީ.އެސް.އޭ) އިން ނެރުނު ބަޔާނުގައި ހުރި ވާހަކަތަކާއި މާބޮޑު ތަފާތެއް ނެތްކަމަށެވެ. މަލޯސީ ވިދާޅުވީ ރާއްޖެއަށް ވަޑައިގެން ބެއްލެވި ބެއްލެވުމުން ރާއްޖޭގެ ޙާލަތު ކުރިން ލަފާކުރެވުނު މިންވަރަށް ވުރެ ގޯސްކަން ފާހަގަކުރެއްވުނުކަމަށެވެ.

މީގެ އިތުރުން ދަތުރުފުޅަށްފަހު ދެއްކެވި ވާހަކަތަކަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޒާރު އެކިއެކި މެސެޖްތައް ލިބިވަޑައިގެންނެވިކަން މަލޯސީ ފާހަގަކުރެއްވިއެވެ.

ރާއްޖެ ޓީވީއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރު ތޮމާސް ޒެކޮވްސްކީ ވިދާޅުވީ ވިލާތުގެ އިއްތިޙާދުން ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓެއް ތައްޔާރުކޮށްފައިވާކަމަށެވެ. ފިޔަވަޅު އެޅުމާއި ބެހޭ އޮނިގަނޑެއް އެކުލަވާލާއިރު، އެއޮނިގަނޑުގެ ދަށުން ފިޔަވަޅު އަޅާނެ ބަޔަކު ކަނޑައަޅާފައިވާނެކަމަށް ވިސްނާލުމުން އެނގޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވިލާތުގެ އިއްތިޙާދުން ދިވެހި ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރަށް ވާގިވެރިވާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާ އޮނިގަނޑުގެ އެނެކްސްއަށް ނަމެއް އިތުރުކޮށްފައި ނުވާކަމަށް އީޔޫ އިން ވަނީ ރަސްމީކޮށް ބުނެފައެވެ. ޑިޕޮލޮމެޓިކް ބަހުރުވައިން ނެރުނު ބަޔާނުގައި އީޔޫއިން ދައްކާފައިވާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއްކަމަށާއި، ލިސްޓަށް ބައެއްގެ ނަންތައް އިތުރުކޮށްފައިވާކަމަށް ބުނެފައި ނުވާނެކަމަށް އީޔޫ ޕާލަމެންޓް މެމްބަރުން ފާހަގަކުރައްވައެވެ.

ޑިޕްލޮމެޓުން ފާހަގަކުރައްވާ ގޮތުގައި ފިޔަވަޅު އަޅާ ލިސްޓަށް އިތުރުކުރާނެ މީހުންގެ ނުރަސްމީ ލިސްޓެއް ވިލާތުގެ އިއްތިޙާދުން ގެންގުޅޭނެއެވެ. އަދި އީޔޫ ޕާލަމެންޓްގެ ނުފޫޒު ގަދަ މެމްބަރުންނާއި ސަރުކާރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލި ޤަރާރު އީޔޫ ޕާލަމެންޓުން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ފާސްކުރުމަށް މަސައްކަތްކުރި މެމްބަރުންނަށް އެފަދަ ނުރަސްމީ ލިސްޓެއް ފެނިފައި އޮތުމުގެ ފުރުސަތު ބޮޑުކަމަށް ޑިޕްލޮމެޓުން ފާހަގަކުރައްވައެވެ.

އަނެއްކޮޅުން ދިވެހި ސަރުކާރުން ގެންދަނީ އީޔޫގެ ރަސްމީ ބަޔާންތަކުގައި ބޭނުންކޮށްފައި ހުރި ޑިޕްލޮމެޓިކް ބަހުރުވައިގެ ފައިދާ ނަގައި، ފިޔަވަޅު ނާޅާނެކަމަށް ބުނަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި ފްރޭމް ކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

04 އެޕްރީލު 2017
ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި ފްރޭމް ކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި
02 އެޕްރީލު 2017

ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

02 އެޕްރީލު 2017
ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް
27 މާރިޗު 2017

ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

27 މާރިޗު 2017
ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!
23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
12 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި

12 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް